Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެކްޓަންގެ މިޝަން

ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް

ކުރިއަށް އޮތް ތާނގައި މި ދިރުންތަކަށް ތަފާތު ދިރާސާތައް ކުރުމަށް މިއީ ލިބުނު އިތުރު ފުރުސަތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2022 | ބުދަ 00:59
 މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް އާއި ސީނިއަރ ރިސާޗް އޮފިސަރު މުހައްމަދު އަހްސަން

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް އާއި ސީނިއަރ ރިސާޗް އޮފިސަރު މުހައްމަދު އަހްސަން

ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިމާލް ވިދާޅުވީ މި މަސައްކަތް ރޭވިއިރު ނިންމާފައިވަނީ އަމަލީ ގޮތުން ދިވެހިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

Advertisement - newsAdvertisement

މިހާ ފުންމިނަށް ދިޔުމަކީ ވަރަށް މަދުން ލިބޭ ފުރުސަތެއް ކަމަށާއި ވަރަށް ތަފާތު އިހުސާސެއް ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ އަޑީގައި ކަޑުގެ ދިރުން ހުރި ގޮތާއި ގާތަކަށް ހުންނަ ތަފާތު ގޮތްތައް ފެނުނު ކަމަށް ވެސް ވިދާޅުވިއެވެ.

ތަފާތު މަންޒަރުތައް ފެނުނުކަން ފާހަގަކުރައްވާ ޝިމާލް ވިދާޅުވީ އެ ކުޑަ ސަރަހައްދުތަކުގައި ވެސް އެކި ކަހަލަ ތަފާތު ދިރުންތައް ހުރި ކަމަށެވެ.

އަދި ކުރިއަށް އޮތް ތާނގައި މި ދިރުންތަކަށް ތަފާތު ދިރާސާތައް ކުރުމަށް މިއީ ލިބުނު އިތުރު ފުރުސަތެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސީނިއަރ ރިސާޗް އޮފިސަރު މުހައްމަދު އަހްސަން ވިދާޅުވީ އެތަނުން މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށާއި ބައްދަލުވުންތައް ބާއްވާ، އެކްސްޕެޑިޝަން ރޭވުމުގައި ހަރަކާތްތެރިވި ކަމަށެވެ.

މި ދިރާސާގެ މައިގަނޑު މަޤްސަދަކަށްވީ ކަނޑުގައިވާ ދިރުންތަކާއި އޮތް ގުޅުންތަކާއި އަސަރު ކުރާ މިންވަރު ބެލުން ކަމަށް ވެސް ވިދާޅުވިއެވެ.

ދިރާސާ ކުރިއިރު ކޮން ދިމާލަކަށްތޯ ދާނީ ނިންމީ މޫސުމާއި ކަނޑުގެ އޮޔެވަރުކަން ފާހަގަކުރައްވާ އަހްސަން ވިދާޅުވީ ސަބްމާސިބަލް ކަނޑަށް ބޭލުމުގެ ކަންތައްތައް ކުރެވޭނީ މޫސުމަށް ބެލުމަށްފަހު ކަމަށެވެ. އަދި ރަށަކަށް ދިޔުމަށްފަހު ޑައިވް ކުރާ ސަރަހައްދުތައް ކަނޑައެޅީ ވެސް ވަރަށް ބެލުމަށްފަހު ކަމަށެވެ.

ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުން ކަނޑުތަކުގައި ކުރި ދިރާސާގައި، ކަނޑުގެ 500 މީޓަރުގެ ފުނުން ދިރުންތަކުން ފުރިގެންވާ ސަރަޙައްދެއް ވަނީ ހޯދާފައެވެ.

މި ދިރާސާއާ ގުޅޭގޮތުން ނެކްޓަންއާއި ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ބުނީ "ދަ ޓްރެޕިންގ ޒޯން" ގެ ނަމުން ނަންދެވިފައިވާ މި ސަރަޙައްދަކީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ސަރަޙައްދަކަށްވުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގައާއި، މަރުވެފައިވާ ދިރުން ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި، ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، ކުދި ދިރުންތައް ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެއްގެ ގޮތުގައި ބެލެވޭ ކަމަށް ނެކްޓަންއިން ބުނެފައިވެއެވެ.

މި"ވަރޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ނުވަތަ މައިގްރޭޝަން ކަމަށް ނެކްޓަންއިން ފާހަގަކުރެއެވެ. ރައްކާތެރި ފުން ސަރަޙައްދަށް ހިޖުރަ ނުކުރެވި ތާށިވާ މިދިރުންތައް ވާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ، އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯއާއި، އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށްކަމަށް ފާހަގަކޮށްފައިވެއެވެ.

ނެކްޓޮންމޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުގެ ހޫނުމިން މަތިވެ، އެލަރޓް ލެވަލްއަށް ގޮސްދާނެ

ކަނޑުގެ ހޫނުމިން މަތިވެ، އެލަރޓް ލެވަލްއަށް ގޮސްދާނެ

24 މާރިޗު 2023
ނުރައްކާ މިންވަރަށް މުރަކަ ހުދުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ނުރައްކާ މިންވަރަށް މުރަކަ ހުދުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

24 ފެބުރުއަރީ 2023
ކަނޑުގެ ދިރާސާ ހެދި ބޯޓުން ތެލުގެ ފައިސާ ދައްކައިފި

ކަނޑުގެ ދިރާސާ ހެދި ބޯޓުން ތެލުގެ ފައިސާ ދައްކައިފި

12 އޮކްޓޯބަރު 2022
ނެކްޓަންގެ މިޝަންއިން "ދަ ޓްރެޕިންގ ޒޯން" ހޯދައިފި

ނެކްޓަންގެ މިޝަންއިން "ދަ ޓްރެޕިންގ ޒޯން" ހޯދައިފި

10 އޮކްޓޯބަރު 2022
މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި

މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި

04 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު