Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުގެ ލޮނުގަނޑު ހޫނުވުން

ކަނޑުގެ ހޫނުމިން މަތިވެ، އެލަރޓް ލެވަލްއަށް ގޮސްދާނެ

މުރަކަ ހުދުވުން އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 މާރިޗު 2023 | ހުކުރު 07:39
މުރަކަ ހުދުވުން

މުރަކަ ހުދުވުން

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހޫނުމިން އިތުރުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) ގެ ހޯދުންތަކުން ދައްކާގޮތުގައި ކަނޑުގެ ހޫނުމިން މިހާރުވެސް ދަނީ ވަރަށް ބާރަށް މަތިވަމުންނެވެ.

ކަނޑުގެ ހޫނުމިން މަތިވުމަކީ މުރަކަ ހުދުވުމަށް މެދުވެރިވާ ކަމެއް ކަމުން، މުރަކަ ހުދުުވުންވެސް އިތުރުވެދާނެކަމުގެ އިންޒާރު އެންއޯއޭއޭއިން ވަނީ ދީފައެވެ. މިގޮތުން މިހާރު މުރަކަ ހުދުވުން ހުރީ ވޮޗް ލެވެލްފައި ކަމަށް އެންއޯއޭއޭއިން ބުނެއެވެ. އެހެންނަމަވެސް ކުރިއަށްއޮތް ހަފްތާތަކުގެ ތެރޭގައި އެލަރޓް ލެވެލް 1 ށް ގޮސްދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 9 ހަފްތާއާ 12 ހަފްތާއާ ދެމެދުގައި އެލަރޓް ލެވެލް 2 ށް ގޮސްދާނެ ކަމަށް އެންއޯއޭއޭއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އެއްވެސް ސަރަހައްދެެއްގައި މުރަކަ ހުދުވާކަން ފާހަގަވާނަމަ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓަށް އެކަން ރިޕޯޓުކުރުމަށް އެ އިދާރާއިން އެދެއެވެ. ފޯމެއްގެ ޒަރީއާއިން މިކަން ރިޕޯޓުކުރެވޭނެ އިންތިޒާމު މެރިން ރިސަރޗް އިންސްޓިޓިއުޓުން ވަނީ ހަމަޖައްސާފައެވެ.

މެރިން ރިސަރޗް އިންސްޓިޓިއުޓުން ބުނީ ކަނޑުގެ ހޫނުމިން މަތިވުމަކީ ފަރުތަކުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ކުރާ ކަމެއް ކަމަށެވެ. ކޮންމެ އަހަރެއްގެވެސް މާރޗް މަހާއި މެއި މަހާ ދޭތެރޭގައި ރާއްޖޭގެ ފަރުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަަމަށް މެރިން ރިސަރވް އިންސްޓިޓިއުޓުން ބުނެއެވެ.

ރާއްޖޭގެ ފަރުތަކުގެ މުރަކަ އެންމެ ބޮޑަށް ހުދުވީ 1998 ވަނަ އަހަރު ކަމަށް ދިރާސާތަކުން ދައްކައެވެ. އެފަހަރު 80 އިންސައްތަ މުރަކަ ހުދުވިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2023

ނުރައްކާ މިންވަރަށް މުރަކަ ހުދުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

24 ފެބުރުއަރީ 2023
ނުރައްކާ މިންވަރަށް މުރަކަ ހުދުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
12 އޮކްޓޯބަރު 2022

ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް

12 އޮކްޓޯބަރު 2022
ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް
04 ޑިސެމްބަރު 2021

މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި

04 ޑިސެމްބަރު 2021
މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި
08 ޖުލައި 2017

އަދީބުގެ ލޯ ވަނީ އިންފެކްޓް ވެފައި، ލޮލުގެ ޕްރެޝަރު ވެސް މަތިވެއްޖެ: ވަކީލް

08 ޖުލައި 2017
އަދީބުގެ ލޯ ވަނީ އިންފެކްޓް ވެފައި، ލޮލުގެ ޕްރެޝަރު ވެސް މަތިވެއްޖެ: ވަކީލް
05 ޖުލައި 2017

ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް

05 ޖުލައި 2017
ސުމައިދު ހޯދުމަށް ކަނޑުގެ ސަރަހައްދު އަދިވެސް ދަނީ ބަލަމުން: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު