Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެކްޓަން މިޝަން

ކަނޑުގެ ދިރާސާ ހެދި ބޯޓުން ތެލުގެ ފައިސާ ދައްކައިފި

ހޯކްސް ޕްރައިވެޑް ލިމިޓެޑަށް ދައްކަން ޖެހޭ 186،900 ޑޮލަރު ދައްކާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2022 | ބުދަ 10:42
އޮޑިސީ ބޯޓު

އޮޑިސީ ބޯޓު

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ ކުރުމަށް ގެނައި އުޅަނދަށް ޑީސަލް ސަޕްލައި ކުރި ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އެ ބޯޓުގެ ވެރިފަރާތުން ދައްކައިފިއެވެ.

"އާރްވީ އޮޑެސީ" ބޯޓުގެ ވެރިފަރާތް ކަމަށްވާ އެމެރިކާގެ ދި އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހޯކްސް ޕްރައިވެޑް ލިމިޓެޑަށް ދައްކަން ޖެހޭ 186،900 ޑޮލަރު މިހާރު އެއްކޮށް ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކުމުން ހޯކްސް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

ކޯޓު އަމުރު އައުމުގެ ކުރިން، ނެކްޓަން އިން އެ ބޯޓު ޗާޓަރު ކުރި މުއްދަތު މިދިޔަ ހުކުރު ދުވަހަށް ހަމަވި ކަމަށް ވެސް ބުންޏެވެ. ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ "ނެކްޓަން މޯލްޑިވްސް މިޝަން" އަށް ގެނައި އެ ބޯޓުން ހޯކްސް ކުންފުންޏަށް ދައްކަން ޖެހޭ 186،900 ޑޮލަރު ދައްކާފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. އަދި ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ވަނީ އެ ބޯޓު ފުރުން މަނާކޮށް، ވަގުތީ އަމުރެއް ވެސް ނެރެފައެވެ.

ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ރިސާޗު ފައުންޑޭޝަން، ނެކްޓަންއާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ފެށި ސަރވޭ ނިމިފައިވާއިރު ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުން ކަނޑުތަކުގައި ކުރި ދިރާސާގައި، ކަނޑުގެ 500 މީޓަރުގެ ފުނުން ދިރުންތަކުން ފުރިގެންވާ ސަރަޙައްދެއް ވަނީ ހޯދާފައެވެ.

މި ދިރާސާއާ ގުޅޭގޮތުން ނެކްޓަންއާއި ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ބުނީ "ދަ ޓްރެޕިންގ ޒޯން" ގެ ނަމުން ނަންދެވިފައިވާ މި ސަރަޙައްދަކީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ސަރަޙައްދަކަށްވުން އެކަށީގެންވާ ކަމަށެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންޓިސްޓެއް ކަމަށްވާ ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓު ޕްރޮފެސަރ ލޫސީ ވުޑޯލް ވިދާޅުވީ ދިރާސާގައި ނަގާފައިވާ ވީޑިއޯތަކާއި، އަޑިއަށް ދަތުރުކުރި ސަބްމަރސިބަލްތަކުން ނެގި ސާމްޕަލްތަކުން، ސަރވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގުނު ސޯނާ މެޕިން މަސައްކަތްތަކުން ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ތާށިވެފައިވާ އެކި ބާވަތުގެ ކުދި ދިރުންތައް ކައި ހެދުމަށް، މިޔަރާއި އެ ނޫންވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭކަން ދައްކައިދީފައިވާކަމަށެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގައާއި، މަރުވެފައިވާ ދިރުން ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި، ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، ކުދި ދިރުންތައް ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެއްގެ ގޮތުގައި ބެލެވޭ ކަމަށް ނެކްޓަންއިން ބުނެފައިވެއެވެ. މި"ވަރޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ނުވަތަ މައިގްރޭޝަން ކަމަށް ނެކްޓަންއިން ފާހަގަކުރެއެވެ. ރައްކާތެރި ފުން ސަރަޙައްދަށް ހިޖުރަ ނުކުރެވި ތާށިވާ މިދިރުންތައް ވާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ، އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯއާއި، އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށްކަމަށް ފާހަގަކޮށްފައިވެއެވެ.

ކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަޙައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައި ވީނަމަވެސް، ރާއްޖެ ފަދަ ޤައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓަރުތަކާއި މި ތާށިވުން މީގެ ކުރިން ގުޅުވިފައި ނުވާކަން މި ދިރާސާއިން ވަނީ ހޯދިފައެވެ.

މި ދިރާސާގައި އެއްކުރެވުނު ވީޑިއޯ އަދި ބަޔޮލޮޖިކަލް މަޢުލޫމާތު އެނަލައިޒް ކުރުމުގެ މަސައްކަތް ރާއްޖޭގައާއި، އޮކްސްފޯޑުގައި ހުންނަ ނެކްޓަންގެ ހެޑްކުއާޓާސްގައި އަދި ދިރާސާގައި ބައިވެރިވި އެހެން ޕާޓްނަރުންގެ ލެބޯޓްރީތަކުގައި ކުރިއަށްދާކަމަށް ނެކްޓަންއިން ބުނެފައިވެއެވެ. މި ދިރާސާގެ ނަތީޖާތަކަކީ ރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކަށް ވެސް ފައިދާކުރާނެ މައުލޫމާތުތަކެއް ކަމަށާއި، މިއީ މަސްވެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް ވެސް މުހިންމު މައުލޫމާތުތަކެއްކަން ނެކްޓަންއިން ވަނީ ފާހަގަކޮށްފައެވެ.

ނެކްޓޮން

ކޮމެންޓް

އިތުރަށް ކިޔާލަން

ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް

ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް

12 އޮކްޓޯބަރު 2022
ނެކްޓަންގެ މިޝަންއިން "ދަ ޓްރެޕިންގ ޒޯން" ހޯދައިފި

ނެކްޓަންގެ މިޝަންއިން "ދަ ޓްރެޕިންގ ޒޯން" ހޯދައިފި

10 އޮކްޓޯބަރު 2022
ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ

ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ

06 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު