Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުރަކަ ހުދުވުން

ނުރައްކާ މިންވަރަށް މުރަކަ ހުދުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

24 ފެބުރުއަރީ 2023 | ހުކުރު 10:52

މިހާރުވެސް ބައެއް ސަރަހައްދުތަކުގެ މުރަކަ ހުދުވާކަން ފާހަގަވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ފެބުރުއަރީ 2023 | ހުކުރު 10:52
މުރަކަ ހުދުވުން

މުރަކަ ހުދުވުން

ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ފަރުތަކުގެ މުރަކަތައް ހުދުވެދާނެކަމުގެ ބިރު ބޮޑުވެފައިވާކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ބުނެފިއެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ބުނީ، ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) ގެ ހޯދުންތަކުން ދައްކާގޮތުގައި އަނެއްކާވެސް ރާއްޖެއިން މިސްރާބު ޖަހާފައިވަނީ މުރަކަ ހުދުވުމާ ދިމާލަށް ކަމަށެވެ.

މިހާރު ކޮރަލް ބްލީޗިން ހާލަތު ހުރީ "ނޯ ސްޓްރެސް" ލެވެލްގައި ކަމަށް ހޯދުންތަކުން ދައްކައެވެ. އެހެންކަމުން ކުރިއަށްއޮތް ހަފްތާތަކުގެ ތެރޭގައި ނުރައްކާ ހާލަތަކަށް ގޮސްދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މިގޮތުން ކުރިއަށްއޮތް 4 ހަފްތާގެ ތެރޭގައި "ވޮޗް" ލެވެލްއަށް ގޮސްދާނެއެވެ. އަދި 9 ހަފްތާއާއި 12 ހަފްތާގެ ތެރޭގައި އެލަރޓް ލެވެލް 1 އަށް ގޮސްދާނެ ކަމަށް މި ހޯދުންތަކުން ދައްކައެވެ.

މިހާރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ މުރަކަ ހުދުވާން ފަށާފައިވާކަމުގެ ރިޕޯޓުތައް ލިބެމުންދާކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ. އަދި އެއްވެސް ސަރަހައްދެއްގެ މުރަކަ ހުދުވަމުންދާކަން ފާހަގަވާނަމަ ފޯމެއްގެ ޒަރިއްޔާއިން އެކަން ރިޕޯޓުކުރުމަށް ވަނީ ހުޅުވާލާފައެވެ.

ކަނޑުއަޑީގެ މުރަކަ ހޫނުވުން ނުވަތަ ގާ ހުދުވުމުގެ މައްސަލަ ދިމާވަނީ ކަނޑުއަޑީގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވާ މިންވަރަކަށް މިފަދަ އެތައް މައްސަލައެއް ކުރިމަތިވެއެވެ. އަދި މިހާރު މިފަދަ މައްސަލަތައް ދިމާވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ފަރުތަކުގެ މުރަކަ އެންމެ ބޮޑަށް ހުދުވީ 1998 ވަނަ އަހަރު ކަމަށް ދިރާސާތަކުން ދައްކައެވެ. އެފަހަރު 80 އިންސައްތަ މުރަކަ ހުދުވިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް

އިތުރަށް ކިޔާލަން

24 މާރިޗު 2023

ކަނޑުގެ ހޫނުމިން މަތިވެ، އެލަރޓް ލެވަލްއަށް ގޮސްދާނެ

24 މާރިޗު 2023
ކަނޑުގެ ހޫނުމިން މަތިވެ، އެލަރޓް ލެވަލްއަށް ގޮސްދާނެ
12 އޮކްޓޯބަރު 2022

ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް

12 އޮކްޓޯބަރު 2022
ނެކްޓަންގެ މިޝަން އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް
04 ޑިސެމްބަރު 2021

މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި

04 ޑިސެމްބަރު 2021
މޫދުގައި އާދަޔާ ޚިލާފަށް ފެހި ގިނަވަމުންދާތީ ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް