Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ފުލުހުންނާއި ފުޓުބޯޅަ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި 129 މީހުން މަރުވެއްޖެ

މި ހާދިސާގައި ޖުމުލަ 129 މީހުން މަރުވެފައިވާއިރު، 180 މީހުންނަށް ވަނީ އަނިޔާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2022 | އާދީއްތަ 04:13
އިންޑޮނޭޝިއާގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން

އިންޑޮނޭޝިއާގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން

އިންޑޮނޭޝިއާ ފުޓުބޯޅަ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ސަޕޯޓަރުންތަކަކާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި 129 މީހުން މަރުވެއްޖެއެވެ.

މި ހަމަނުޖެހުން ހިނގަން ދިމާވި ސަބަބަކީ އަރެމާ އާއި ޕާސެބަޔާ ސުރަބަޔާ ދެމެދު ކުޅުނު މެޗުން އަރެމާ ބަލިވުމުންނެވެ. އެ މެޗު ސުރަބަޔާ އިން ކާމިޔާބުކުރީ 2-3 އިންނެވެ.

މެޗަށްފަހު އަރެމާގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައިގަތުމަށް މަސައްކަތްކޮށްފައެވެ. އެއާއެކު އެ މީހުން ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. ސަޕޯޓަރުން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ވަނީ ޓިއަރ ގޭސް ބޭނުންކޮށްފައެވެ. އަދި ޓިއަރ ގޭސް ބޭނުން ކުރުމުން، ސްޓޭޑިއަމުން ނުކުތުމަށް ސަޕޯޓަރުން އުޅުމުގެ ތެރޭގައި ތޮއްޖެހި، ނޭވާހާސްވެ ހިނގި މި ހާދިސާގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ސަޕޯޓަރުންނާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިިވި ފުލުހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 34 މީހުން މަރުވެފައިވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ބާކީ ތިބި މީހުން މަރުވީ ހަމަނުޖެހުމުގެ ތެރެއިން ދަނޑުގައެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. މި ހާދިސާގައި ޖުމުލަ 129 މީހުން މަރުވެފައިވާއިރު، 180 މީހުންނަށް ވަނީ އަނިޔާވެފައެވެ.

މިކަމާ ގުޅިގެން އެ ޤައުމުގެ ޗީފް ސެކިޔުރިޓީ އޮފިސަރު މަހްފޫދް ވިދާޅުވީ، ދަނޑުގެ ޖާގައަށް ވުރެ ގިނައިން މީހުން އެ މެޗަށް ވަދެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދަނޑުގެ ޖާގަ އަކީ 38،000 މީހުން ކަމަށާއި، ނަމަވެސް 42،000 ޓިކެޓު އެ މެޗަށް ދޫކޮށްފައިވާ ކަމަށެވެ. މި ހަމަނުޖެހުމުގައި މީހުންގެ އިތުރުން ބައެއް މުދާތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އޭގެ ތެރޭގައި 13 އުޅަނދެއް ހިމެނޭއިރު، 10 އުޅަނދަކީ ފުލުހުންގެ އުޅަނދެވެ.

މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ލީގު ވަނީ ހަފްތާއެއްގެ މުއްދަތަށް ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ވަނީ މައާފަށް ވެސް އެދިފައެވެ. އަދި މި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށް ވެސް އެ ޤައުމުގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރު ޒައިނުއްދީން އަމަލީ ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިޔާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
07 ނޮވެމްބަރު 2025

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު