Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025 | ބުރާސްފަތި 08:18

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބިން ހެލުން ހިނގާފައި ވަނީ އިންޑޮނޭޝިއާގެ ހުޅަނގު ސުމަތުރާ ރަށު ކައިރީގައި ބުރާސްފަތި ދުވަހުގެ ހެނދުނު 4:56 ހާއިރު އެވެ.

އިންޑޮނޭޝިއާގެ ސުމާތުރާ ސަރަހައްދަކީ ޕެސިފިކް ރިންގ އޮފް ފަޔަރގައި އޮންނަ ސަބަބުން ބިންހެލުންތަކާއި ވޮލްކޭނޯ ފަދަ ކަންކަން ވަރަށް އާންމުވެފައިވާ ސަރަހައްދެކެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2025 | ބުރާސްފަތި 08:18
ބިން ހެލުން ހިނގި ކަމަށް ބުނާ ސަރަހައްދު

ބިން ހެލުން ހިނގި ކަމަށް ބުނާ ސަރަހައްދު | ޑެއިލީނިއުސް

އިންޑޮނޭޝިއާގެ އުތުރު ސުމަތުރާ ސަރަހައްދުގައި ރިކްޓާ މިންގަނޑުން 6.6ގެ ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި ކަމަށް ރިޕޯޓު ކޮށްފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބިން ހެލުން ހިނގާފައި ވަނީ އިންޑޮނޭޝިއާގެ ހުޅަނގު ސުމަތުރާ ރަށު ކައިރީގައި ބުރާސްފަތި ދުވަހުގެ ހެނދުނު 4:56 ހާއިރު އެވެ. މި ބިން ހެލުން ހިނގާފައި ވަނީ 25.4 ކިލޯ މީޓަރު ފުންކޮށް ކަމަށާއި، ސިމިއުލޫ ރަށުގެ އިރު ދެކުނު ކަނޑުގެ ސިނަބަންގް ރަށުން 45 ކިލޯ މީޓަރު ހުޅުނގު އުތުރުން ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

Advertisement - worldAdvertisement

މި ބިން ހެލުމާ ގުޅިގެން ސްރީ ލަންކާ އަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް މިވަގުތަށް ލަފާ ކުރެވޭ ކަމަށް، ނެޝަނަލް ސުނާމީ އާލީ ވޯނިން ސެންޓަރުން ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް، ކަނޑުގެ ސަރަހައްދާ ކައިރީގައި ދިރިއުޅޭ ރައްޔިތުން ފަރުވާތެރިކަމާ އެކު އިތުރު އަދާހަމަ ތަކަށް އިންތިޒާރު ކުރުމަށް ވެސް އިދާރާ ތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިންޑޮނޭޝިއާގެ ސުމަތުރާ ސަރަހައްދަކީ ބިން ހެލުންތައް ވަރަށް ގިނައިން ހިނގާ ސަރަހައްދެކެވެ. މި ސަރަހައްދު އޮންނަނީ ޕެސިފިކް ރިންގް އޮފް ފަޔަރ ގައި ކަމުން، ބިން ހެލުންތަކާއި ފަރުބަދަތައް ގޮވުން ފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. މި ސަރަހައްދު ގައި ހިނގާ ބިން ހެލުން ތަކަކީ ޓެކްޓޯނިކް ޕްލޭޓްތައް ބައިބައިވުމުގެ ސަބަބުން ހިނގާ ކަންކަމެވެ.

2004 ވަނަ އަހަރު ސުމަތުރާ ކައިރީގައި ހިނގި 9.1 ގެ ބިންހެލުމާއި ގުޅިގެން ހިނގި ސުނާމީ ގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމު ތަކުން 230،000 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑުތައް ދައްކަ އެވެ. އެހެން ކަމުން، މި ސަރަހައްދު ގައި ހިނގާ ބިން ހެލުން ތަކަށް ސަރަހައްދީ ގައުމު ތަކުން ވަރަށް ބޮޑަށް ސަމާލުކަން ދެ އެވެ.

މިފަދަ ބިން ހެލުންތަކާ ގުޅިގެން ސުނާމީ އާލީ ވޯނިން ސިސްޓަމްތައް މިހާރު ވަރަށް ރަނގަޅަށް ޤާއިމު ކޮށްފައިވާ އިރު، އެފަދަ ކާރިސާ ތަކުން ރައްކާތެރި ވުމަށް ބޭނުންވާ ފިޔަވަޅުތައް އަވަހަށް އެޅޭނެ އިންތިޒާމުތައް ގައުމު ތަކުން ހަމަޖައްސާފައިވެ އެވެ.

މިއަދު ހިނގި ބިންހެލުމާ ގުޅިގެން ވެސް ސަރަހައްދީ ގައުމުތަކަށް އަވަހަށް މަޢުލޫމާތު ފޯރުކޮށް ދެވިފައިވާކަން ފާހަގަކުރެވެ އެވެ.

މަސްދަރު: ޑެއިލީ މިރާ

އިންޑޮނޭޝިއާސުމާތުރާބިން ހެލުންސުނާމީސްރީލަންކާ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވަނީ!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ރަން ނަގާ މައިނެއްގެ ތެރޭގައި ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް

26 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ރަން ނަގާ މައިނެއްގެ ތެރޭގައި ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް
23 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ

23 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ
23 ނޮވެމްބަރު 2026

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ

23 ނޮވެމްބަރު 2026
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހުން މަރުވެ، 30 މީހުން ގެއްލިއްޖެ
19 ނޮވެމްބަރު 2026

ސުނާމީ އަރާނެކަމުގެ އިންޒާރުދީ އެންޑީއެމްއޭ ނަމުގައި ދައުރުވަމުން ދަނީ ފޭކް ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފި

19 ނޮވެމްބަރު 2026
ސުނާމީ އަރާނެކަމުގެ އިންޒާރުދީ އެންޑީއެމްއޭ ނަމުގައި ދައުރުވަމުން ދަނީ ފޭކް ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފި
12 ނޮވެމްބަރު 2026

ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

12 ނޮވެމްބަރު 2026
ތަޢުލީމީ ސަނަދުގެ މައްސަލައިގައި އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
08 ނޮވެމްބަރު 2026

ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ

08 ނޮވެމްބަރު 2026
ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ
06 ނޮވެމްބަރު 2026

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

06 ނޮވެމްބަރު 2026
އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި
02 ނޮވެމްބަރު 2026

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާގައި ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

02 ނޮވެމްބަރު 2026
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާގައި ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
31 އޮކްޓޯބަރު 2026

ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި

31 އޮކްޓޯބަރު 2026
ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި
28 އޮކްޓޯބަރު 2026

ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ

28 އޮކްޓޯބަރު 2026
ޕްރަބޯވޯގެ ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން އިހުތިޖާޖަށް ނުކުންނަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް