Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

މި ބައްދަލު ކުރެއްވުމު ގައި ރާއްޖެ އާއި އިންޑޮނޭޝިއާ އާއި ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2025 | ހޯމަ 17:31
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރެއްވުން - 8-12-2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރެއްވުން - 8-12-2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި އެވެ.

އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކާ ޕުއާން މަހާރާނީ ގެ ދައުވަތަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ އާއި ބައްދަލު ކުރައްވާ ފުޅާ ދާއިރާ އެއްގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހޯމަ ދުވަހު އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހު ގައި ބޭއްވި، މި ބައްދަލު ކުރެއްވުމު ގައި ރާއްޖެ އާއި އިންޑޮނޭޝިއާ އާއި ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެ އެވެ.

މީގެ އިތުރުން ރާއްޖެ އާއި އިންޑޮނޭޝިއާ އާއި ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދު ވާހަަކަ ދެކެވުނު އިރު، ތަފާތު ގިނަ ދާއިރާތަކުން ދެ ގައުމުގެ ދެމެދު ގައި ގުޅުން ބަދަހި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ.

އެގޮތުން ތައުލީމީ ދާއިރާ އާއި، ޞިއްޙީ ދާއިރާ އާއި، މޫސުމީ ދާއިރާ އާއި، އިޤްތިޞާދީ ދާއިރާ އަދި ގުޅިގެން އެކުގައި ކުރިއަށް ދެވޭނެ އެހެން ދާއިރާތަކާ މެދު ވެސް މަޝްވަރާ ކުރެވުނެ އެވެ.

އަދި ދެ ގައުމުގެ ދެމެދު ގައިވާ ޒަމާންވީ ގުޅުމާ އެކު، ދެ ޤައުމު އެކުގައި ކުރިއަށް ދިޔުމުގެ މުހިންމު ކަމާ މެދު ވެސް މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ދިވެހި ސަރުކާރާއި ގުޅިގެން، މަޝްވަރާ ކުރެވުނު ދާއިރާތަކުން އެކުގައި ކުރިއަށް ދިއުމާއި މެދު ޝައުގުވެރިވާ ކަމަށް އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރ ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖޭ ގައި ހުރި ވިފަޔާރީގެ ފުރުޞަތުތައް އިންޑޮނެޝިއާގެ ވިޔަފާރި ވެރިންނަށް ހިއްސާކޮށް އަދި ރާއްޖޭގެ އިންވެސްޓަރ ފޯރަމް އެއް އިންޑޮނޭޝިއާ ގައި ބޭއްވުމަށް ސްޕީކަރ އެދިވަޑައިގެންނެވި އެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ހުރި ފުރުޞަތު ތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެ ދެ ގައުމުގެ އިޤްތީޞާދީ ގޮތުން ބާރުވެރިވެގެންދާނެ ކަމަށް ވެސް ސްޕީކަރ ވިދާޅުވި އެވެ.

މިބައްދަލުވުމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފަ އެވެ.

ފައިސަލް ނަސީމްޕުއާން މަހާރާނީޑިޕްލޮމެޓިކް ގުޅުންއިންޑޮނޭޝިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު