Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޮނޭޝިޔާ

މަޖިލިސް މެމްބަރުންގެ އެލަވަންސް މައްސަލައިގައި އިންޑޮނީޝިޔާ ގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނު ވެއްޖެ

އިންޑޮނޭޝިއާގެ މަގުމަތި ހަލަބޮލިވެ، ގިނަ މުޒާހަރާތަކެއް ކުރެވެމުންދާތީ، ސިޔާސީ ވެރިންގެ އިނާޔަތްތައް ކުޑަކުރުމަށް ސަރުކާރުން ނިންމައިފި. ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ސިޔާސީ ނޫން މީހުންގެ މުސާރަ ބޮޑުކުރުމާއި، ޓެކްސް ކުޑަކުރުމާއި، ކޮރަޕްޝަނާ ދެކޮޅު ފިޔަވަޅުތައް ހަރުދަނާކުރުން ކަމަށްވާތީ، މި ކުޑަ ލުޔަކުން ހަމަޖެހުމެއް ނާންނާނެކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 18:18
އިންޑޮނޭޝިއާ ހިނގަމުންދާ މުޒާހަރާތައް މައިތިރި ކުރުމަށް ފުލުހުން މުޒާހަރާ ކުރާ މީހުންނާ ކުރިމަތި ލަނީ

އިންޑޮނޭޝިއާ ހިނގަމުންދާ މުޒާހަރާތައް މައިތިރި ކުރުމަށް ފުލުހުން މުޒާހަރާ ކުރާ މީހުންނާ ކުރިމަތި ލަނީ

އިންޑޮނީޝިޔާ ގެ ގާނޫނު ހަދާ މަޖިލިސް މެމްބަރުންނަށް ދޭން ނިންމި އެލަވަންސް މައްސަލައިގައި އެ ގައުމުގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނު ވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ގައުމީ ފެންވަރުގައި ކުރެވެމުންދާ މުޒާހަރާތައް މައިތިރި ކުރުމުގެ ގޮތުން، ބޮޑުކުރި ބައެއް އިނާޔަތްތައް އަނބުރާ ގެނައުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެ ކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ ހަފްތާގައި، ވެރިރަށް ޖަކާރޓާ ހިމެނޭގޮތަށް އެގައުމުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މުޒާހަރާކުރާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ.

މުޒާހަރާ ކުރަން ޖެހުނު އެތައް ސަބަބެއް ހިމެނޭ ކަމަށް މުޒާހަރާ ކުރާ މީހުން ބުނަމުން ގެންދާއިރު، މައިގަނޑު ޝަކުވާއަކީ މަޖިލިސް މެންބަރުންނަށް އަލަށް ދޭން ފަށާފައިވާ މަހު އެލަވަންސްއާ ގުޅޭ މައްސަލައެވެ.

ރައީސް ޕްރަބޯވޯ ސުބިއާންތޯ އާދީއްތަ ދުވަހު އިއުލާނު ކުރެއްވި ގޮތުގައި، ބައެއް އިނާޔަތްތަކާއި އެލަވަންސްތައް ކުޑަކުރެވޭނެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޗައިނާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއް ކެންސަލްކުރަން ޖެހިފައިވާ އިންޑޮނޭޝިއާގެ ރައީސް ވިދާޅުވި ގޮތުގައި، ބައެއް މުޒާހަރާތައް ސުލްހަވެރި ކަން ފަހަނަ އަޅާ ގޮސް، "ޣައްދާރުވުމާއި ޓެރަރިޒަމް" ގެ ސިފަ ޖެހިފައިވެއެވެ.

އޭ.އެފް.ޕީ ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، އާދީއްތަ ދުވަހު އިންޑޮނޭޝިއާގެ މާލީ ވަޒީރު ސްރީ މުލްޔާނީ އިންދްރަވަތީގެ ގެކޮޅު ހިމެނޭގޮތަށް އެތައް ތަނެއްގައި ލޫޓުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މި އިހުތިޖާޖުތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައި ވަނީ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންގެ އެލަވަންސް 50 މިލިއަން ރުޕިޔާ (3,030 ޑޮލަރު) އަށް ބޮޑުކުރި މައްސަލައަށެވެ - މިއީ ޖަކާރޓާގެ އެންމެ ދަށް މުސާރައަށްވުރެ 10 ގުނަ ބޮޑު އަދަދެކެވެ.

ބުރާސްފަތި ދުވަހު ވެރިރަށުގައި ބޭއްވުނު މުޒާހަރާއެއްގައި 21 އަހަރުގެ ޑްރައިވަރަކު ފުލުހުންގެ އުޅަނދަކުން އަރައި މަރުވުމާ ގުޅިގެން މުޒާހަރާތައް އިތުރަށް ގޯސްވެގެން ދިޔައެވެ. ހުކުރު ދުވަހުގެ ރޭ ސަރަހައްދީ ޕާލިމެންޓް އިމާރާތެއް ގައި އަލިފާން ޖެހުމުގެ ސަބަބުން ތިން މީހުން މަރުވިއެވެ. ހަފްތާ ބަންދުގައި މުޒާހަރާތައް ކުރިއަށް ދިޔައިރު، ޖަކާރޓާގެ މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ގަޔަށް ފުލުހުން ކަރުނަގޭސް ޖެހިއެވެ. އަދި މުޒާހަރާކުރާ ބައެއް ފަރާތްތަކުން ފުލުހުންގެ މަރުކަޒަކަށް މޮލޮޓޯވް ކޮކްޓެއިލް އާއި ފަޓާސް އުކާފައިވެއެވެ.

ރައީސް ޕްރަބޯވޯ މެންބަރުންގެ އެލަވަންސް ކުޑަކުރާނެ ކަމަށާއި، ބޭރު ދަތުރުތައް ވަގުތީގޮތުން ހުއްޓާލެވޭނެ ކަމަށް ވިދާޅުވި ނަމަވެސް، ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ނުރުހުން މަޑުޖެހިދާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގެ އެންމެ ބޮޑު ދަރިވަރުންގެ ޖަމްއިއްޔާ ކަމުގައިވާ އޯލް އިންޑޮނޭޝިއަން ސްޓޫޑެންޓްސް ގެ އެގްޒެކެޓިވްސް ބޮޑީގެ އިސްވެރިޔާ މުޒައްމިލް އިހްސާން ރޮއިޓަރސް އަށް ވާހަކަ ދައްކަމުން ބުނި ގޮތުގައި ސަރުކާރުން އެޅި ފިޔަވަޅު "ފުދޭވަރެއް ނޫން" ކަމަށާއި އިތުރު މުޒާހަރާތަކެއް ކުރުމަށް ވިސްނަމުންދާ ކަމަށެވެ.

"ސަރުކާރުން އަސްލު މައްސަލަތައް ހައްލުކުރަންޖެހޭ،" އޭނާ ބުންޏެވެ. "މަގުމަތީގައި ފާޅުކުރެވޭ ރުޅިވެރި ކަމަކީ ސަބަބެއް ނެތި އުފެދޭ އެއްޗެއް ނޫން." މުޒާހަރާ ކުރާ ފަރާތްތަކުން އެދެނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށާއި، ޓެކްސް ކުޑަކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅު ފިޔަވަޅުތައް ހަރުދަނާ ކުރުމަށެވެ.

އިންޑޮނޭޝިޔާޕްރަބޯވޯ ސުބިއާންތޯޖަކާޓާމުޒާހަރާތައްޕާލިމެންޓް އެލަވަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު