Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދުނިޔެ
އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އަވައްޓެރި ޤައުމުތަކުގެ މީހުން އެހީވަނީ

އިންޑޮނޭޝިއާގައި ސަރުކާރާ ދެކޮޅަށް ހިނގަމުންދާ އިހުތިޖާޖުތަކުގައި މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް އަދި ތައިލެންޑުގެ ރައްޔިތުން ޑެލިވަރީ ރައިޑަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކާބޯތަކެތި އޯޑަރުކޮށްދީގެން އެހީތެރިވަމުންދޭ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 02:38
އިންޑޮނޭޝިއާގެ މުޒާހަރާގެ ބައިވެރިން ހުކުރު ދުވަހު ސުރަބަޔާގައި ބޭއްވި މުޒާހަރާތަކުގައި އަންދާ ލޫޓުވާލި ފުލުހުންގެ މައި އޮފީހެއްގެ ކުރިމަތިން ސައިކަލެއްގައި ދުއްވާފައި ދަނީ

އިންޑޮނޭޝިއާގެ މުޒާހަރާގެ ބައިވެރިން ހުކުރު ދުވަހު ސުރަބަޔާގައި ބޭއްވި މުޒާހަރާތަކުގައި އަންދާ ލޫޓުވާލި ފުލުހުންގެ މައި އޮފީހެއްގެ ކުރިމަތިން ސައިކަލެއްގައި ދުއްވާފައި ދަނީ

އިންޑޮނޭޝިއާ ގައި ކުރިއަށް ދާ ސަރުކާރާ ދެކޮޅު މުޒާހަރާ ތަކަށް އަވައްޓެރި ގައުމުތަކުގެ މީހުން އެހީވާން ފަށައިފިއެވެ.

ޑެލިވަރީ ޚިދުމަތުގައި އުޅެމުން ދިޔަ ޑްރައިވަރެއް ފުލުހުން މަރާލުމާ ގުޅިގެން އިތުރަށް ގޯސްވެގެން ދިޔަ އިންޑޮނޭޝިއާގެ މުޒާހަރާތަކަށް ޑެލިވަރީ އެޕްތައް މެދުވެރިކޮށް އެހީތެރިވުމުގެ މަސައްކަތް ދެކުނު އޭޝިއާގެ ގައުމުތަކުގެ އާންމުން ވަނީ ފަށާފައެވެ.

އަވައްޓެރި މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް އަދި ތައިލެންޑުގެ ބައެއް މީހުން ގްރެބް އަދި ގޮޖެކް އެޕްތައް ބޭނުން ކޮށްގެން އިހުތިޖާޖުތަކުގައި މުހިއްމު ދައުރެއް އަދާކުރާ ޑެލިވަރީ ރައިޑަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގެންދަނީ އިންޑޮނޭޝިއާ އިން ކާބޯތަކެތި އޯޑަރު ކުރަމުންނެވެ.

ފާއިތުވި ހަފްތާގައި ގޮޖެކް ޑްރައިވަރު ފުލުހުން މަރާލުމާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިތުރުވެ، އިހުތިޖާޖުކުރާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައި، ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހާފައި ވެއެވެ.

އިންޑޮނޭޝިއާގެ އެކި ސިޓީތަކުގައި ދިރިއުޅުމުގެ އަގުބޮޑުވުމާއި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ދޭ ބޮޑެތި އިނާޔަތްތަކާއި، އިޖުތިމާޢީ ހަމަހަމަކަން ނެތުމާ ގުޅިގެން ފެށުނު މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 10 މީހުން މަރުވެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ދެކުނު އޭޝިއާ ސަރަހައްދު ރަމްޒުކުރާ އަކުރުތައް ބޭނުން ކޮށްގެން ހަދާފައިވާ #SEAblings ހޭޝްޓެގް ސޯޝަލް މީޑިއާގައި ވައިރަލްވެ، އަވައްޓެރި ޤައުމުތަކުގެ ބައެއް މީހުން އިންޑޮނޭޝިއާގެ އިހުތިޖާޖު ކުރާ މީހުންނާއި ޑެލިވަރީ ރައިޑަރުންނަށް އެހީތެރިވާން ވަނީ ފަށާފައެވެ.

މުޒާހަރާގައި ބައިވެރިވާ މީހުންނަށް އެހީތެރިވާނެ ގޮތުގެ ގައިޑްތައް ސޯޝަލް މީޑިއާ ގައި ވަނީ ޝާއިޢުކޮށްފައެވެ. މިގޮތުން އިންޑޮނޭޝިއާ ގައި ގްރެބް އަދި ގޮޖެކް މެދުވެރިކޮށް އަވައްޓެރި ގައުމުތަކުގެ މީހުން ކާބޯތަކެތި އޯޑަރުކޮށް، ޑެލިވަރީ ރައިޑަރުންނަށް އެ ކާބޯތަކެތި ބޭނުން ކުރުމަށް ނުވަތަ އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ބަހާލުމަށް ދަނީ ބުނަމުންނެވެ.

ވައިރަލްވި އެއް ވީޑިއޯގައި ޑެލިވަރީ ކުރާ މީހަކަށް ކާނާގެ އޯޑަރު ދިން ސިންގަޕޫރުގެ ފަރާތަކަށް ޝުކުރު އަދާކުރަމުން މީހަކު ރޮމުން އަސަރާއެކު ވާހަކަ ދައްކައިފައިވެއެވެ.

"ގިނަ މަގުތައް ބަންދުކޮށްފައި، ގިނަ ރެސްޓޯރަންޓްތައް ބަންދުކޮށްފައި، ސްކޫލްތައް ބަންދުކޮށްފައި، އޮފީސްތައް ބަންދުކޮށްފައި، އަހަރެމެންނަށް ލިބޭ އޯޑަރުތައް ވަރަށް މަދު. އެކަމަކު އަހަންނަށް ވަރަށް އިހުސާސްވޭ، އަހަރެމެންނާ މެދު ވިސްނާ ރަނގަޅު މީހުން އަދިވެސް ތިބިކަން - މިސާލަކަށް މިކަހަލަ މީހުން." އޭނާ އެ ވީޑިއޯ ގައި ބުނެފައިވެއެވެ.

"މިއަދު މިކަހަލަ ގިނަ އޯޑަރުތައް އައިސްފައިވޭ - މީހުން ކާނާ ނުވަތަ ބުއިންތައް އޯޑަރުކޮށްފައި އެތަކެތި ޑެލިވަރީ ނުކުރުމަށް އަންގައި، އެހެން ޑްރައިވަރުންނާ ހިއްސާކުރުމަށް ވަނީ ބުނެފައި. އަހަރެންގެ ރަހުމަތްތެރިއަކަށްވެސް ކުރިން ލިބުނު އަދި އޭނާ އެހެން މީހުންނާ ހިއްސާކުރި. މިހާރު އަހަރެން ވެސް އަހަރެންގެ ރަހުމަތްތެރިންނާ ހިއްސާ ކުރާނަން."

ރޮއިޓަރސްގެ ރިޕޯޓުގައިވާ ގޮތުން، އިންޑޮނޭޝިއާ އިން ބޭރުގެ ޔޫސަރުންގެ ފަރާތުން - ޚާއްޞަކޮށް ދެކުނު އަދި އިރުމަތީ އޭޝިއާ އިން - އޯޑަރުތައް އިތުރު ވަމުންދާ ކަމަށް ގްރެބް އިން ބުނެފައިވެއެވެ.

ދިރިއުޅުމުގެ އަގުބޮޑުވުމާއި ސިޔާސީ އިސްވެރިންނާ މެދު އާންމުންގެ ހިތްހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން ބޮޑެތި މުޒާހަރާތައް ވެރިރަށް ޖަކާޓާ ގައި އޯގަސްޓް 25 ގައި ފެށުނީ، ޕާލަމެންޓް މެންބަރުންނަށް ދޭ މުސާރަ އާއި ހައުސިންގ އެލަވަންސް ބޮޑުކަމަށް ގިނަ ބަޔަކު ދެކޭތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ހަފްތާ ނިމުނުއިރު، 21 އަހަރުގެ އައްފާން ކުރުނިއަވާން އޯޑަރެއް ޑެލިވަރީ ކުރަން ދަނިކޮށް މުޒާހަރާތަކާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އުޅަނދަކުން އަރައި މަރުވުމާ ގުޅިގެން މުޒާހަރާތައް ހޫނުވެގެން ދިޔައެވެ.

ރައީސް ޕްރަބޯވޯ ސުބިއަންޓޯ އަދި ޕޮލިސް ޗީފް އޭނާގެ މަރަށް މަޢާފަށް އެދުނު ނަމަވެސް - އެކަމުން އިތުރު ނުރުހުން އުފެދި، ވެސްޓް ޖާވާ އިން ފެށިގެން ބާލީ އަދި ލޮމްބޮކް ޖަޒީރާތަކަށް މުޒާހަރާތައް ފެތުރިގެން ދިޔައެވެ.

އާންމުންގެ ރުޅިވެރިކަން މައިތިރިކުރުމަށް ޕްރަބޯވޯ ވަނީ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންގެ ބައެއް އިނާޔަތްތައް ކުޑަކުރާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ.

ނަމަވެސް މުޒާހަރާތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. އެގޮތުން ބުދަ ދުވަހު އެތައް ސަތޭކަ އަންހެނުން އިސްވެ ހިންގި ބޮޑު މުޒާހަރާ ފާހަގަ ކުރެވެއެވެ.

މަސްދަރު: ރޮއިޓާރސް

އިންޑޮނޭޝިއާގެ އިހުތިޖާޖުއިންޑޮނޭޝިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު