Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު20 އަހަރުން ދަށުގެ ޓީމް

އުމުރުފުރައަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ޒުވާން ޓީމްގެ ނަތީޖާއަށް އަސަރުކުރި- ޝާކިއްޓެ

27 ސެޕްޓެމްބަރު 2022 | އަންގާރަ 03:14

ތައްޔާރުވާން އެކަށީގެންވާ ވަގުތެއް ނުލިބޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 ސެޕްޓެމްބަރު 2022 | އަންގާރަ 03:14
ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމް އިންޑިޔާއާ ވާދަކުރަނީ: ފޮޓޯ-ސާފް

ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ޓީމް އިންޑިޔާއާ ވާދަކުރަނީ: ފޮޓޯ-ސާފް

ޞަރަހައްދުގެ ޤައުމުތައް ވާދަކުރާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމްގެ ނަތީޖާތަކަށް އަސަރުކުރި އެއް ސަބަބަކީ އުމުރުފުރައަށް ގެނައި ބަދަލުކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފިއެވެ.

ޒުވާން ޓީމްތަކުގެ ނަތީޖާތައް ދަށްވުމުން އެކަމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝާކިއްޓޭ ބުނީ ޚާއްޞަކޮށް ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާތައް ދަށްވި އެއް ސަބަބަކީ އުމުރުފުރައަށް ގެނައި ބަދަލުކަމަށެވެ. ކުރިން 19 އަހަރުން ދަށަށް ބާއްވަމުން އައި މުބާރާތް މިއަހަރު ބޭއްވީ 20 އަހަރުން ދަށަށެވެ. އެއީ ކޯވިޑާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ނުބޭއްވުމުން މެންބަރު ޤައުމުތަކާ މަޝްވަރާކޮށްގެން ސާފުން ނިންނި ނިންމުމެކެވެ. އެނިންމުމުގެ އަސަރު ރާއްޖެއަށް ބޮޑަށް ކުރީ 20 އަހަރުން ދަށުގެ ގިނަ ކުޅުންތެރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅޭތީ, ޒުވާން ޓީމްގެ ޕްރެކްޓިސްއަށް އެކަށީގެންވާ ވަގުތު ނުލިބުމުންނެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ޓީމްތައް ރެލިގޭޝަނުން ސަލާމަތްވާން, އަދި ބައެއް ޓީމްތައް ގަދަ ހައެއް ހޯދަން މަސައްކަތްކުރަމުން ދިޔައިރު ޒުވާން ޓީމްގެ ކުޅުންތެރިން ނުލައިފިއްޔާ ޕްރެކްޓިސްކުރަން ވެސް ޓީމްތައް ހަމަނުވާވަރުގެ ޓީމްތައް ހުރިކަން ޝާކިއްޓޭ ފާހަގަކުރިއެވެ. އެކަމަކު އެހާލަތު އޮތްއިރުވެސް ކްލަބްތަކުން ހަމަ ވަރަށްބޮޑަށް ކުޅުންތެރިން ރިލީޒްކުރިކަމަށާއި, އެކަމަކު މިކަހަލަ މުބާރާތަކަށްދާން ތައްޔާރުވާން ބޭނުންވާވަރަށް ޕްރެކްޓިސްއެއް ނުކުރެވުނުކަމަށް ޝާކިއްޓޭ ބުންޏެވެ.

ޝާކިއްޓޭ ބުނީ 19 އަހަރުން ދަށަށް މުބާރާތް އޮތްނަމަ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންގެ އަދަދު މަދުވެ, ޒުވާން ޓީމަށް ޕްރެކްޓިސް ކުރަން ވަގުތު ލިބޭނެކަމަށެވެ. ސާފްގެ ނިންމުން އައީ ރާއްޖޭގެ ކަލަންޑަރު ހަދާ ސީޒަން ފެށިފަހުންކަން ވެސް އޭނާ ފާހަގަކުރިއެވެ. ރާއްޖެއަށް އެކަށީގެންވާ ވަރަށް މުބާރާތަށް ތައްޔާރު ނުވެވުމުގެ އިތުރުން ސަރަހައްދުގެ އެހެން ޤައުމުތައް, ޚާއްޞަކޮށް އިންޑިޔާ, ނޭޕާލް އަދި ބަނގްލަދޭޝްއިން ދުރާލާ ރަނގަޅަށް ތައްޔާރުވިކަން ޝާކިއްޓޭ ފާހަގަކުރިއެވެ.

މިއަހަރުގެ އޮގަސްޓްމަހު އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބުނީ އެއް ޕޮއިންޓެވެ. އެއީ ސްރީލަންކާއާ އެއްވަރުކޮށް ލިބުނު ޕޮއިންޓެވެ. ޗެމްޕިއަން އިންޑިޔާއާ ރަނގަޅު ވާދައެއްކޮށް ބަލިވީ 1-0 ނެވެ. ބަނގްލަދޭޝްއާއި ނޭޕާލުން ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހިއެވެ. 17 އަހަރުން ދަށުގެ ޓީމް ސެޕްޓެމްބަރު މަހު ކުޅުނު މުބާރާތުގައި ސްރީލަންކާ އަތުންނާއި ޕާކިސްތާން އަތުންވެސް ބަލިވީއެވެ.

ވިހި އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް