Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަމަނުޖެހުން

ދުނިޔެއަށް ހަމަޖެހުން ގެންނަން ރަޝިއާއާއެކު މަސައްކަތް ކުރާނަން: ޝީ

17 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:11

ހަމަނުޖެހުން ގެއްލިފައިވާ ދުނިޔެއަށް ސުލްހަ ގެނެސްދިނުމަށް ރަޝިއާއާއެކު މަސައްކަތް ކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:11
ޝީއާއި ޕޫޓީން އެއް މާލަމަކުން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ ޔޫކްރައިން ހަނގުރާމައިގެ ކުރިން

ޝީއާއި ޕޫޓީން އެއް މާލަމަކުން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ ޔޫކްރައިން ހަނގުރާމައިގެ ކުރިން

ހަމަނުޖެހުމާއި ނުތަނަވަސްކަމުގައި އޮތް އަދުގެ ދުނިޔެއަށް ހަމަޖެހުން ގެނެސް، ހެޔޮ ފާލަކަށް ކަންކަން އެޅުވުމަށްޓަކާ ރަޝިއާއާއެކު މަސައްކަތް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް، ޗައިނާގެ ރައީސް ޝީ ޖީންޕިންގް، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންއަށް، ބުރާސްފަތި ދުވަހު ދަންނަވައިފިއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިންގައި ވަރުގަދަ ހަނގުރާމައެއް ފެށިފަހުން ފުރަތަމަ ފަހަރަށް އެއް މާލަމެއްގައި ޕޫޓިންއާ ބައްދަލު ކުރައްވާ، ވާހަކަފުޅުދައްކަވަމުން ޝީ ވަނީ، އެއް-ފަރާތެއްގެ ނުފޫޒު އޮތް ތަނަކަށް ދުނިޔެ ހެދުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ފެއިލް ވާނެ ކަމަށް ޕޫޓިން ވިދާޅުވި ފަހުން، "ޒަމާންވީ އެކުވެރިޔާއާ" ބައްދަލުވެވަޑައިގަތުމުން އިންތިހާއަށް އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - worldAdvertisement

ވެރިކަމުގެ 3 ވަނަ ދައުރަކަށް އަމާޒު ހިއްޕަވާފައިވާ ޝީ މިސްރާބު ޖައްސަވާފައި ވަނީ ޗައިނާ ދުށް އެންމެ ނުފޫޒު ގަދަ ލީޑަރު ކަމަށްވާ މާއޮ ޒޭޑުންގ އަށްފަހު ޗައިނާގެ ވެރިކަމުގައި ހުންނެވި އެންމެ ބާރުގަދަ ލީޑަރަށް ވެވަޑައިގަތުމަށެވެ. ޕޫޓިންއާ ބައްދަލު ކުރައްވާ ޝީ ދެއްކެވި ވާހަކަފުޅުގައި، ޔޫކްރައިންގެ ނަންވެސް ވިދާޅުވެފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ޗައިނާއިން ނެރުނު ބަޔާނުގައިވެސް ޔޫކްރައިންގެ ވާހަކައެއް ނެތެވެ. ނަމަވެސް، ރަޝިއާގެ އަސާސީ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި، ޗައިނާއަށް ވަރުގަދައަށް އެއްބާރުލުން ދިނުމަށް ޗައިނާ ތައްޔާރު ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، ޕޫޓިންގެ ވާހަކަފުޅުގައި ޔޫކްރައިންގެ މަސްރަހަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޔޫކްރައިންގެ މަސްރަހުގައި ހިނގަމުންދާ ކަންކަމާ މެދު ޝީގެ ހިތްޕުޅުގައި ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް އުފެދިފައި ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ. ޔޫކްރައިންގެ މަސްރަހާ ގުޅިގެން، ޗައިނާގެ ލީޑަރު ގެންގުޅުއްވާ ހަމަހަމަ އުސްލޫބަށް ޕޫޓިން ވަނީ ތަޢުރީފު ކުރައްވާފައެވެ.

އަދާ ޖެހުނުއިރުވެސް ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރަނިވި ރޫޙެއްގައި ޗައިނާއިން ވާހަކަދައްކާފައެއް ނުވެއެވެ. އަދި އެއީ ހަނގުރާމައެއް ކަމަށްވެސް ރިޢާޔަތް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޗައިނާއިންވެސް އެ ކަމަށް ރިޢާޔަތް ކުރަނީ، ރަޝިއާގެ ސަރުކާރުންވެސް މުޚާތަބު ކުރަމުން ދާ ފަދައިން، "ހާއްސަ އަސްކަރީ އޮޕަރޭޝަން" ގެ ނަމުންނެވެ.

ޝީ އާއި ޕޫޓީން އެއް މާލަމަކުން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ ޔޫކްރައިން ހަނގުރާމައިގެ ކުރިންނެވެ. އެ ފަހަރު، 2 ޤައުމުގެ ލީޑަރުންވެސް ވަނީ، ހުޅަނގާ ދެކޮޅަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގައި "ހައްދެއް ނެތް" މިންވަރަށް، އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމަށް އެއްބަސްވެވަޑައިގެން، އެކަން އިއުލާން ކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ވަރުގަދަ ލޮޅުމެއް އަރާފައި ވާ އިރު، ޗައިނާއަކީވެސް އެކަމާ އިންތިހާއަށް ކަންބޮޑުވާ ޤައުމެކެވެ. އަދި ހުޅަނގުން ކުރިމަތިކޮށްފާނެ ފިއްތުންތަކާއި އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބިރުން، ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ޗައިނާއިން މަސައްކަތެއް ކޮށްފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރުއަރީ 24، 2022 ވަނަ ދުވަހު ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައާ ގުޅިގެން، ހުޅަނގުގެ ބާރުތަކުން ދަނީ ރަޝިއާއާ ދެކޮޅަށް، ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އޭގެ ރައްދުގައި، ރަޝިއާއިންވެސް ދަނީ ހުޅަނގަށް އެކި ގޮތް ގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ހަނގުރާމައިގެ އަސަރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށްވެސް ދަނީ ފޯރަމުންނެވެ.

ޗައިނާޗައިނާގެ ރައީސް ޝީ ޖީންޕިންގްރަޝިޔާ-ޔޫކްރެއިން ހަނގުރާމަވްލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި

24 ސެޕްޓެމްބަރު 2026
ޖީ20 ސަމިޓަށް ރަޝިޔާގެ ޕުޓިންއަށް ޓްރަމްޕް ދައުވަތު އަރުވައިފި
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
21 ސެޕްޓެމްބަރު 2026

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

21 ސެޕްޓެމްބަރު 2026
ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'
19 ސެޕްޓެމްބަރު 2026

ޔޫކްރެއިނުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަމުން: ޕުޓިން

19 ސެޕްޓެމްބަރު 2026
ޔޫކްރެއިނުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަމުން: ޕުޓިން
17 ސެޕްޓެމްބަރު 2026

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2026
ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް
14 ސެޕްޓެމްބަރު 2026

ބެއިޖިންގގައި ޑްރޯން ގެންގުޅުން މަނާކުރާ ހަރުކަށި އާ ގަވާއިދެއް ނޮވެމްބަރު މަހު ތަންފީޒުކުރަނީ

14 ސެޕްޓެމްބަރު 2026
ބެއިޖިންގގައި ޑްރޯން ގެންގުޅުން މަނާކުރާ ހަރުކަށި އާ ގަވާއިދެއް ނޮވެމްބަރު މަހު ތަންފީޒުކުރަނީ
12 ސެޕްޓެމްބަރު 2026

އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު

12 ސެޕްޓެމްބަރު 2026
އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
11 ސެޕްޓެމްބަރު 2026

އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ

11 ސެޕްޓެމްބަރު 2026
އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް