Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޗައިނާ ގުޅުން

އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ

11 ސެޕްޓެމްބަރު 2026 | ހުކުރު 03:54

ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއާއި ބައެއް އެހެން ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ. މި ސަމިޓަކީ ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒުގަދަ، މިނިވަން ސިޔާސަތުތަކެއް ކުރިއަރުވާ މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ރަޝިޔާއިން ސިފަކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 11 ސެޕްޓެމްބަރު 2026 | ހުކުރު 03:54
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވަނީ | އަނަދޮލޫ

މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ ހަވާސާގައި، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރައްވާ، ފުޅާ މަޝްވަރާތަކެއް ބޭއްވުމަށް އެއްބަސްވެވަޑައިގަނެފައިވާ ކަމަށް ކްރެމްލިނުން ހާމަކޮށްފި އެވެ. ރަޝިޔާގެ ރައީސްގެ މުޝީރު ޔޫރީ އުޝަކޮވް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެ ގައުމުގެ ރައީސުން މި ބައްދަލުވުން ބޭއްވުމަށް އެއްބަސްވެވަޑައިގެންނެވީ މިދިޔަ ހަފުތާގައި ކިރްގިސްތާނުގެ ވެރިރަށް ބިޝްކެކްގައި ބޭއްވި ޝެންގހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ކަމަށެވެ. މި އަހަރުގެ އޭޕެކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 18 އިން 19 އަށް ޗައިނާގެ ސިޓީއެއް ކަމަށްވާ ޝެންގޒެންގަ އެވެ.

އުޝަކޮވް ވިދާޅުވީ، އޭޕެކް ސަމިޓުގެ ތެރެއިން ޕުޓިންއާއި ޝީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ ތިން ގައުމުގެ ގުޅިފައިވާ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އިތުރުން، 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ޕުޓިން އިންޑިޔާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުޝަކޮވް ވިދާޅުވީ، ރަޝިޔާގެ ރައީސް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ނިއު ދެއްލީއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ހުކުރު ދުވަހު ޕުޓިން އިންޑިއާއަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ކަމަށް އުޝަކޮވް ވިދާޅުވި އެވެ. އަދި، ސަމިޓުގެ ހަވާސާގައި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާއާއި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިތުރުން އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއެކު ވެސް ޕުޓިން ބައްދަލުވުންތައް ބާއްވަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިކްސް ބިޒްނަސް ފޯރަމްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް މި ސަމިޓުގެ ހަވާސާގައި ޝީއާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވާ ކަމަށް އުޝަކޮވް ވިދާޅުވި އެވެ. ނަމަވެސް، ރަސްމީ އެޖެންޑާގެ ބޭރުން ދެ ރައީސުން ބައްދަލުވެ، މުއާމަލާތް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބްރިކްސްއަކީ "ވަރަށް މަގުބޫލު ބްރޭންޑެއް" ކަމަށާއި، އެއީ "ހަގީގީ މަލްޓިލެޓެރަލިޒަމް" ނުވަތަ ގިނަ ގައުމުތައް ބައިވެރިވާ ނިޒާމަކާ ގުޅިފައިވާ ޖަމާއަތެއް ކަމަށް އުޝަކޮވް ސިފަކުރެއްވި އެވެ. އަދި، ބްރިކްސްއަކީ މިހާރު ދުނިޔޭގެ ބާރުތައް ބެހިފައިވާ ނިޒާމުގެ މުހިންމު އެއް މަރުކަޒު ކަމަށާއި، ދުނިޔެ ހިންގުމުގެ ނިޒާމުގައި އެ ޖަމާއަތުގެ ނުފޫޒު ގަދަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ބްރިކްސްގެ ގައުމުތަކުން މަސައްކަތް ކުރަނީ މިނިވަން އަދި އަމިއްލަ ސިޔާސަތުތަކެއް ކުރިއެރުވުމަށް. އަދި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ އަސާސީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް އެންމެން ގުޅިގެން ހައްލު ހޯދުމަށް އެ ގައުމުތަކުން އިސްކަންދޭ،" އުޝަކޮވް ވިދާޅުވި އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޗައިނާރަޝިޔާއިންޑިއާބްރިކްސް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ޗައިނާގެ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެ

10 ސެޕްޓެމްބަރު 2026
ޗައިނާގެ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެ
10 ސެޕްޓެމްބަރު 2026

އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާއިން ވިސާ ހޯދަން ލުއިތަކެއް ދެނީ

10 ސެޕްޓެމްބަރު 2026
އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާއިން ވިސާ ހޯދަން ލުއިތަކެއް ދެނީ
10 ސެޕްޓެމްބަރު 2026

"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2026

ނިއު ދެއްލީގައި އިމާރާތެއް ވެއްޓި ހަ މީހުން މަރުވެއްޖެ، ގިނައީ ދަރިވަރުން ކަމަށް ބެލެވޭ

07 ސެޕްޓެމްބަރު 2026
ނިއު ދެއްލީގައި އިމާރާތެއް ވެއްޓި ހަ މީހުން މަރުވެއްޖެ، ގިނައީ ދަރިވަރުން ކަމަށް ބެލެވޭ
07 ސެޕްޓެމްބަރު 2026

ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

07 ސެޕްޓެމްބަރު 2026
ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
06 ސެޕްޓެމްބަރު 2026

ނޭޕާލްގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ ތެރެއިން ދިރިތިއްބާ އިތުރު ދެ މީހުން ސަލާމަތްކޮށްފި

06 ސެޕްޓެމްބަރު 2026
ނޭޕާލްގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ ތެރެއިން ދިރިތިއްބާ އިތުރު ދެ މީހުން ސަލާމަތްކޮށްފި
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި
04 ސެޕްޓެމްބަރު 2026

ނޭޕާލް ފެންބޮޑުވުމުގެ ހާދިސާގައި ހޮހަޅައެއްގައި ތާށިވި ދެ މީހުން ސަލާމަތްކޮށްފި

04 ސެޕްޓެމްބަރު 2026
ނޭޕާލް ފެންބޮޑުވުމުގެ ހާދިސާގައި ހޮހަޅައެއްގައި ތާށިވި ދެ މީހުން ސަލާމަތްކޮށްފި
03 ސެޕްޓެމްބަރު 2026

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

03 ސެޕްޓެމްބަރު 2026
ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު
29 އޯގަސްޓު 2026

އިކުއެޑޯގެ ކުރީގެ ރައީސް މޮރޭނޯގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް، މި ކުށް އާއިލާގެ އެހެން މެމްބަރުންނާއި، ޗައިނާގެ ކުރީގެ ސަފީރުގެ މައްޗަށްވެސް ސާބިތުވި

29 އޯގަސްޓު 2026
އިކުއެޑޯގެ ކުރީގެ ރައީސް މޮރޭނޯގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް، މި ކުށް އާއިލާގެ އެހެން މެމްބަރުންނާއި، ޗައިނާގެ ކުރީގެ ސަފީރުގެ މައްޗަށްވެސް ސާބިތުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް