Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހުރިހާ ވެސް ކަމަކީ މޮޅުވުން ނަމަވެސް މެޗުގައި ބަޔާނަށްވުރެ ރަނގަޅަށް ކުޅުނީ ބާސެލޯނާ އިން: ޒަވީ

ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާގެ ކުޅުންތެރިން މެޗުގައި ފިޒިކަލީ ވަރުގަދަވުމުގެ އިތުރުން، ފުރަތަމަ ހާފު ޑޮމިނޭޓުކޮށްގެން ކުޅުނީ ވެސް ބާސެލޯނާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2022 | ބުދަ 03:36
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖެގެ ދެވަނަ މެޗުގައި ބަޔާން މިއުނިކް އަތުން ބަލިވި ނަމަވެސް، މެޗުގައި ރަނގަޅަށް ކުޅުނީ ބާސެލޯނާއިން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބަޔާންގެ ދަނޑުގައި އެ ޓީމުން ވަނީ 0-2 އިން ބާސެލޯނާ ބަލިކޮށްފައެވެ. ފުޓުބޯޅަ މެޗުގައި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ، ޕެޑްރީ އަދި ރަފީނިއާ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިިބިފައެވެ.

މެޗަށްފަހު ވާހަކ ދައްކަމުން ޒަވީ ބުނީ، ހުރިހާ ދިމާލަކުން ބަލާނަމަ، މެޗުގައި ބަޔާނަށްވުރެ ބާސެލޯނާގެ ކުޅުން ރަނގަޅު ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާގެ ކުޅުންތެރިން މެޗުގައި ފިޒިކަލީ ވަރުގަދަވުމުގެ އިތުރުން، ފުރަތަމަ ހާފު ޑޮމިނޭޓުކޮށްގެން ކުޅުނީ ވެސް ބާސެލޯނާއެވެ. ނަމަވެސް ޒަވީ ބުނީ އޭނާ ހުރީ އުނދަގޫވެފައި ކަމަށާއި، ސަބަބަކީ އެ މެޗަކީ މޮޅުވާން ޖެހޭ މެޗަކަށްވުމުން ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ މެޗުން ލިބުނީ އިތުރު ފިލާވަޅެއް ކަމަށާއި، ނަމަވެސް އެއީ އުނދަގޫ ކަމެއް ކަމަށެވެ.

ޒަވީ ބުނީ ބާސެލޯނާގެ ކުޅުން ރަނގަޅުވީ ނަމަވެސް، މުހިންމީ މެޗުން މޮޅުވުން ކަމަށެވެ. އޭނާ ބުނީ މެޗުގައި ދެ ގޯލު ޖެހުމުގައި ވެސް މައްސަލަތަކެއް ހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބާސެލޯނާއިން އެކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ޒަވީ ދެކޭ ގޮތުގައި މެޗުގައި ބާސެލޯނާއިން ދެއްކި ކުޅުމަށް ބަލާއިރު، އެއީ ބާސެލޯނާއަށް މޮޅުވުން ހައްގު މެޗެކެވެ. އޭނާ ބުނީ މެޗުގައި ބާސެލޯނާއަށް ލަނޑު ޖަހާނެ ހަތެއް ނުވަތަ ހަ ފުރުސަތު ލިބުނު ކަމަށާއި، ފުރުސަތުތައް ނުނިންމުމުން މައްސަލަ ދިމާވާނެ ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ މެޗުގައި ދިމާވި ކަންކަން ނަގާނީ ޕޮސިޓިވްކޮށް ކަމަށާއި، މައްސަލަތައް ހައްލު ކުރާނެ ކަމަށެވެ.

ބަޔާން އަތުން ބަލިވުމުން ބާސެލޯނާ އޮތީ ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. ގްރޫޕް ސްޓޭޖުގައި ބާސެލޯނާއަށް ދެން އޮތީ ރަށުން ބޭރުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު