Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ފުޓުބޯޅަ

މެންޗެސްޓަރ ސިޓީ ދޫކޮށް ރެކޯޑު އަގަކަށް ކެއިރާ ވަލްޝް ބާސެލޯނާއަށް

8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:05

ބޭރުގެ މީޑިއާތަކުގައި ވާގޮތުން ވަލްޝް ބާސެލޯނާއަށް ބަދަލުވާނީ އަންހެނުންގެ ފުޓުބޯޅައިގެ ދުނިޔޭގެ ރެކޯޑު އަގަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:05
ކެއިރާ ވަލްޝް

ކެއިރާ ވަލްޝް

އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިންގްލެންޑުގެ ކެއިރާ ވަލްޝް ދުނިޔޭގެ ރެކޯޑު އަގަކަށް ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން ވަލްޝް ހުރީ މެންޗެސްޓަރ ސިޓީގައެވެ. ވަލްޝް ހޯދުމަށް ބާސެލޯނާއިން މީގެ ކުރިން ކުރި އެތައް ބިޑެއް ސިޓީން ރިޖެކްޓުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސިޓީއާއެކު ވަލްޝް ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ވަލްޝްގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ސިޓީން މިހާރު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އަންހެން ފުޓުބޯޅައިގެ ރެކޯޑު އަގަކީ 2020 ވަނަ އަހަރު ވުލްވްސް ދޫކޮށް ޗެލްސީއަށް ބަދަލުވި ޕާނީލް ހާޑާއެވެ. އެއަހަރު އޭނާ ޗެލްސީއަށް ބަދަލުވެފައިވަނީ ތިން ސަތޭކަ ހާސް ޕައުންޑަށެވެ. ވަލްޝް ބާސެލޯނާއަށް ބަދަލުވާ އަގު ރަސްމީކޮށް އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ބޭރުގެ މީޑިއާތަކުގައި ވާގޮތުން އޭނާ ބާސެލޯނާއަސް ބަދަލުވާނީ އަންހެނުންގެ ފުޓުބޯޅައިގެ ދުނިޔޭގެ ރެކޯޑު އަގަކަށެވެ.

އުމުރުން 25 އަހަރުގެ ވަލްޝް ވަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން އިންގްލެންޑުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިއަހަރު އޮތް އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އިންގްލެންޑަށް ކާމިޔާބުކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ވެސް މޮޅު ކުޅުމެއް އޭނާ ދެއްކިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

ވަލްޝް އޭނާގެ ސީނިއަރ ކެރިއަރު ފެށީ 2014 ވަނަ އަހަރު ސިޓީއިންނެވެ. އެ މުއްދަތުގައި އޭނާ ވަނީ ސިޓީއަށް ކުޅެދިން 211 މެޗުގައި ނުވަ ލަނޑޫ ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު އަންހެން އެފްއޭ ލީގު ކަޕާއި، އެފްއޭ އަންހެން ސުޕަ ލީގު އަދި އަންހެނުންގެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

ބާސެލޯނާމެންޗެސްޓަރ ސިޓީކެއިރާ ވަލްޝް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް