Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ސާފް ޗެމްޕިއަންޝިޕް

ރާއްޖޭގެ އަންހެން ޓީމުވެސް ބަންގްލަދޭޝް އަތުން ބަލިވެއްޖެ

ރާއްޖެއިން މިފަހަރުގެ މުބާރާތަށް ދިޔައީ ސެމީ ފައިނަލް ކުޅުމުގެ އަޒުމުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2022 | ބުދަ 18:34
މުބާރާތުގައި ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ:ސާފް

މުބާރާތުގައި ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ:ސާފް

މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބަންގްލަދޭޝްއާއި ބައްދަލުކުރި މެޗުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ނޭޕާލުގެ ދަޝްރަތު ރަންގަސާލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދީ 3-0ންނެވެ. ބަންގްލަދޭޝްގެ ތިން ލަނޑުވެސް އެޓީމުން ޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބަންގްލަދޭޝްއަށް ލީޑު ނަގައިދިނީ ކެޕްޓަން ސަބީނާ ހާތުންއެވެ. އޭގެ ދެމިނެޓު ފަހުން ބަންގްލަދޭޝްއަށް ލީޑު ފުޅާކޮށްދިނީ މޮނިކާ ޗަމަކާއެވެ. ބަންގްލަދޭޝްގެ ތިންވަނަ ލަނޑުޖެހީ ފުރަތަމަ ލަނޑު ޖެހި ސަބީނާއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ހިމެނޭ ގްރޫޕުގައި ދެން އޮތީ ޕާކިސްތާނާއި އިންޑިއާއެވެ. މި ދެޓީމު ބައްދަލުކުރި މެޗު އިންޑިއާއިން ކާމިޔާބުކުރީ 3-0ންނެވެ.

ރާއްޖެއިން މިފަހަރުގެ މުބާރާތަށް ދިޔައީ ސެމީ ފައިނަލް ކުޅުމުގެ އަޒުމުގައެވެ. ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެމެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ސެމީއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. މުބާރާތުގައި ރާއްޖެ ދެން ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާއެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ފިރިހެން ޓީމުވެސް މިހާރު އަންނަނީ ސްރީ ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންނެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ޒުވާން ޓީމު ބަލިވީ 5-0ންނެވެ.

ސާފް ޗެމްޕިއަންޝިޕްގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު