Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑްކަޕް 2022

ޕޮގްބާ އުޅުނީ އެމްބާޕޭއަށް ފަންޑިތަހަދަން، ފްރާންސަށް ނުތަވަސްކަން!

ފަންޑިތަ ހަދަން ޕޮގްބާ މަސައްކަތް ކުރިކަން ފަޅާއަރުވާލީ އޭނާގެ ބޭބެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 02:41
ޕޮގްބާ (ވ) އާއި އެމްބާޕޭ: މި ދެ ކުޅުންތެރިންގެ މައްސަލަ ދަނީ ތަހުގީގުކުރަމުން

ޕޮގްބާ (ވ) އާއި އެމްބާޕޭ: މި ދެ ކުޅުންތެރިންގެ މައްސަލަ ދަނީ ތަހުގީގުކުރަމުން

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފަށަން ބާކީ އޮތީ އެންމެ ދެ މަހާއި ދުވަސްކޮޅެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ގަތަރުގައި ފަށަން މިހާ ކުޑަތަންވެފައިވާއިރު ހުރިހާ ގައުމަކުން ވެސް ތައްޔާރުވަމުންދަނީ އެންމެ ފަހުގެ ކަންކަން ނިންމައި ދޯހާ އަށް މިސްރާބުޖެހުމަށެވެ. މިގޮތުން ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ޓީމު ފައިނަލް ކުރުމެވެ.

މި މަސައްކަތުގައި އުޅެނިކޮށް އެންމެ ބޮޑު ސިހުމެއް ކުރިމަތިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށެވެ. ތަށި ދިފާއުކޮށް ތިން ވަނަ ފަހަރަށް ދުނިޔޭގެ ތަށި ހޯދަން ތައްޔާރުވާއިރު ފްރާންސްގައި އޮތީ ހުރިހާ ގޮތަކުން މިކަން ކުރެވޭހާ ވަރުގަދަ ސްކޮޑެކެވެ. ނަމަވެސް ޓީމުތެރޭގައި މިހާރުވަނީ އާދަޔާހިލާފު ނުތަނަވަސްކަމެއް އުފެދިފަ އެވެ. އެއީ މިޑްފީލްޑަރު ޕައުލް ޕޮގްބާ، ޓީމުގެ އެންމެ މުހިންމު ފޯވަޑް ކޭލިއަން އެމްބާޕޭ އިންޖަރީކޮށް މުބާރާތުން ބޭރުކޮށްލަން މަސައްކަތްކުރި ވާހަކަ ފަޅާއެރުމުންނެވެ. ޕޮގްބާ މިވަގުތު ހުރީ އަނިޔާގައެވެ. މި އަނިޔާގެ ސަބަބުން އޭނާ އަށް ނޮވެމްބަރު 20ގައި ފަށާ މުބާރާތް ނުކުޅެވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. އެމްބާޕޭ އަށް އަނިޔާކުރަން ޕޮގްބާ މަސައްކަތްކުރި ވާހަކަ ދެއްކީ އޭނާގެ ބޭބެ އަދި ގިނީގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔާ މަތިއަސް ޕޮގްބާ އެވެ. މިކަން ސާބިތުކޮށްދިނުމަށް އޭނާ ހުރީ ވީޑިއޯތަކެއް ވެސް އާއްމުކުރަން ތައްޔާރަށެވެ. މިހާ ސާފުކޮށް އޭނާ މިވާހަކަ ދެއްކުމުން ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މި މައްސަލަ ތަހުގީގުކުރަން ނިންމައިފަ އެވެ.

މަތިއަސް ބުނާ ގޮތުގައި އެމްބާޕޭ އަށް އަނިޔާގެ މައްސަލަތައް ކުރިމަތިކުރުވަން ޕޮގްބާ ކުރަން އުޅުނު ކަމަކީ އިސްލާމްދީނުގައި އެކަމެއް ކުރުން ހުއްދަނޫން އަމަލެއް ކަމަށްވާ ފަންޑިތަހެދުމެވެ. އަދި ފަންޑިތަ ހެދުމަށް ޕޮގްބާ އެދުނީ ފަންޑިތަ އާއި ސިހުރުހާހޫރު ދަންނަ އެދުރެއްގެ ކައިރިން ކަމަށް ވެސް ބޭބެ މަތިއަސް ބުނެ އެވެ.

އެމްބާޕޭ އާއި ޕޮގްބާ އަކީވެސް އެމީހުންގެ އާއިލާ އެފްރިކާގެ ދަރިކޮޅާ ގުޅިފައިވާ އަދި މުސްލިމް އާއިލާއެއްގެ ދެކުޅުންތެރިންނެވެ. ގިނީ އަށް އުފަންވި ޕޮގްބާ އަކީ މުސްލިމެކެވެ. އޭނާގެ އަންހެނުން މާރިއާ ޒުލާއީ ސަލައޫސްއަކީ ބޮލީވިއާގެ މޮޑެލްއެކެވެ. މިދެމީހުންގެ ކައިވެންޏަށްފަހު މާރިއާ ޒުލާއީ ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ. އަދި ޕޮގްބާ އަކީ ކޮންމެ އޮފް ސީޒަނެއްގައިހެން އުމްރާ އާއި ހައްޖުގެ އަޅުކަމުގައި މަޝްއޫލުވެ އުޅޭ ދީނީ ރުކުންތަކަށް ފަރުވާތެރި ކުޅުންތެރިއެކެވެ. އެމްބާޕޭ އަކީ ކެމަރޫނަށް އުފަންވި އޭނާގެ ބައްޕަ ފަދައިން ކްރިސްޓިއަނެކެވެ. މަންމަ އަކީ އަލްޖީރިއާގެ މުސްލިމެކެވެ. އެމްބޭޕާ ލިބުނީ މި ދެމަފިރިން ފްރާންސްގެ ޕެރިހަށް ހިޖުރަކުރިފަހުންނެވެ.

ފްރާންސްގައި އުޅެބޮޑުވެ އެ ގައުމު ތަމްސީލުކުރި މި ދެ ކުޅުންތެރިންނަކީ އެންމެ ފަހުގެ ވޯލްޑްކަޕް ފްރާންސަށް ހޯދައިދިން ޓީމުގައި ކުޅުނު މުހިންމު ދެ ކުޅުންތެރިން ވެސްމެ އެވެ. އަދި ގަތަރު ވޯލްޑްކަޕުގައި ވެސް ކުޅެވޭނަމަ ކޯޗު ޑިޑިއޭ ޑެޝޯންގެ ޕްލޭނުގައި މި ދެ ކުޅުންތެރިންނަށް އޮތީ ކުރިއަށްވުރެ ވެސް މުހިންމު ރޯލެކެވެ.

ޕޮގްބާގެ ބޭބެ ކުރިއަށްއޮތްތާންގައި ކަންކުރާނެ ގޮތަކާއި ދައްކާނެ ހެކިތަކެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ ވާހަކަތަކާއެކު ވެސް ފްރާންސްގެ ފެޑަރޭޝަނުގެ ފުރިހަމަ ތާއީދު އަދިމިހާތަނަށް ޕޮގްބާ އަށް އެބައޮތެވެ. ނަމަވެސް އޭނާގެ ބޭބެ ދެއްކި ވާހަކަތަކުގައި ކިރިޔާ ވެސް ހަގީގަތެއްވާކަން ތަހުގީގުން ސާބިތުވެއްޖެނަމަ ކޯޗު ޑެޝޯން ޓީމުން ޕޮގްބާ ވަކިކުރާނެ އެވެ. އަދި ކައިރި މުސްތަގްބަލެއްގައި އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބުމަކީވެސް ވަރަށް ގާތުގައިވާ ކަމެކެވެ. ސަބަބަކީ މިފަދަ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ޒީރޯ ޓޮލަރެންސްގެ އުސޫލު ގެންގުޅެން ފްރާންސްގެ ފުޓްބޯޅަ ފެޑަރޭނުން ބޭނުންވާތީ އެވެ.

މި އުސޫލު ގެންގުޅެން ފްރާންސަށް މަޖުބޫރުވީ ވެސް ކުޅުންތެރިންގެ ތެރޭގައި ޖެހުނު މިފަދަ މައްސަލައަކާހުރެ އެވެ. 2010ގެ ވޯލްޑްކަޕާ ދިމާކޮށް ފޯވަޑް ކަރީމް ބެންޒެމާ އާއި ސާމިރު ނަސްރީ އަދި މެތިއު ވަލްބުއޭނާގެ މެދުގައި ޖެހުނު މައްސަލަ ތަހުގީގުކޮށް ނިމުނުއިރު ކުށްވެރިވެ ޖަލުހުކުމެއް އައީ ބެންޒެމާ އަށެވެ. އެއީ ބަރަހަނާ ވީޑިއޯތަކެއް މެދުވެރިކޮށް ވަލްބުއޭނާ ބްލެކްމެއިލްކުރަން އުޅުމުގެ ކުށުގަ އެވެ. މިކަމާހެދި މި ދެ ކުޅުންތެރިންނަށް ވެސް ގައުމީ ޓީމުގެ ދޮރު ތާއަބަދަށް ބަންދުކުރަން ކޯޗު ޑެޝޯން ނިންމި އެވެ. އަލުން ބެންޒެމާ އަށް ގައުމީ ޓީމުން މިދިޔަ އަހަރު މެދުތެރޭގައި ޖާގަދޭން ފެށީ އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު އެވެ. ރަނގަޅު ފޯމެއްގައި ހުރެ މުޅި ޔޫރަޕް ފަތަހަކުރަން ފެށުމުން ފާޑަކަށް މަޖުބޫރުވެގެންނެވެ.

ޕޮގްބާ އާއި އެމްބާޕޭގެ މައްސަލަ ސާބިތުވެއްޖެނަމަ މިކަންވެގެންދާނީ ބެންޒެމާ އާއި ވަލްބުއޭނާގެ މައްސަލައަށްވުރެ ބޮޑަށް ފްރާންސަށް ވޯލްޑްކަޕުގެ ކުރިން ކުރިމަތިވާނެ ބޮޑު ސުނާމީއަކަށެވެ.

ފީފާ ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު