Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް

ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ

ބާސެލޯނާގެ ދަނޑަށް 105000 މީހުންނަށް ވަދެވޭނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 2 ނޮވެމްބަރު 2023 | ބުރާސްފަތި 07:07
ބާސެލޯނާގެ ދަނޑު ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް

ބާސެލޯނާގެ ދަނޑު ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް

2030 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގައި ސްޕޭނުގައި ކުޅޭ މެޗުތައް ކުޅޭނެ ސްޓޭޑިއަމުތައް އެ ގައުމުން ނިންމައިފި އެވެ.

މޮރޮކޯ އާއި ޕޯޗުގަލް އަދި ސްޕޭން ގުޅިގެން ބާއްވާ މުބާރާތުގައި ސްޕޭނުގައި ކުޅޭ މެޗުތައް ކުޅުވާނެކަން ކަށަވަރުވާ އެންމެ މަޝްހޫރު ދަނޑަކީ ރެއާލް މެޑްރިޑުގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމެވެ. ކޮވިޑްގެ ތެރޭގައި މަރާމާތުކޮށް ބޮޑު ބަދަލެއް ގެނެސްފައިވާ ސްޓޭޑިއަމުގައި މިހާރު ކުރިއަށްދަނީ އެއްކޮށް ނިންމާލުމުގެ މަސައްކަތެވެ. ސްޓޭޑިއަމުގެ ބޮޑުބައި ނިމިފައިވާތީވެ މިދިޔަ ސީޒަނުން ފެށިގެން ރެއާލް މެޑްރިޑް ވަނީ އެ ދަނޑުގައި އަލުން މެޗުތައް ކުޅެން ފަށައިފަ އެވެ. އަދި ސްޕޭނުން ވިސްނަނީ މި ދަނޑުގައި ވޯލްޑްކަޕުގެ ފައިނަލް މެޗު ކުޅުމަށެވެ.

މިގޮތަށް ނިންމައިފިނަމަ ސްޕޭނުގެ އެންމެ ޖާގަ ބޮޑު ސްޓޭޑިއަމް ކަމަށްވާ ބާސެލޯނާގެ ނޭމްޕް ނޯގައި ސެމީ ފައިނަލް މެޗެއް ވެސް ނުކުޅުމެވެ. އެއީ ތިން ގައުމަކުން މުބާރާތް ބާއްވާތީ އެވެ.

ބާސެލޯނާގެ ކޭމްޕް ނޯ މިހާރު ވަނީ ތަޅާލައިފަ އެވެ. އެ ކުލަބުން މަސައްކަތް ކުރަނީ އަންނަ އަހަރު ނިމެންވާއިރަށް އަލުން ސްޓޭޑިއަމް ބިނާކޮށް، ހުޅުވާލުމަށެވެ. އެއީ 105000 މީހުންގެ ޖާގައާއެކުގަ އެވެ. މިއީ ރެއާލް މެޑްރިޑްގެ ދަނޑަށްވުރެ 24000 މީހުންގެ ޖާގަ އިތުރު އަދަދެކެވެ.

ސްޕޭނުން ވަނީ 10 ސްޓޭޑިއަމެއްގައި މެޗުތައް ކުޅެން ނިންމާފަ އެވެ. ނަމަވެސް ރެއާލްގެ ދަނޑަށްވުރެ ޖާގަ ބޮޑު ދަނޑެއް އޮންނާނެއިރު މަދު ބަޔަކަށް ވަދެވޭ ސްޓޭޑިއަމެއްގައި ފައިނަލް ކުޅުމާމެދު މިހާރު ބައެއް ފަރާތްތަކުން ވަނީ ހިޔާލުތަފާތުވެފަ އެވެ.

ފީފާ ވޯލްޑް ކަޕްބާސެލޯނާރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު