Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝިލާޗީ މަރުވުން

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

ޝިލާޗީ އަކީ އިޓަލީގެ ގައުމީ ޓީމަށް މާގިނަ މެޗުތަކެއް ކުޅެދިން ކުޅުންތެރިއެއްނޫނެވެ. އެންމެ 16 މެޗު ކުޅެނުއިރު އޭނާގެ ހުރިހާ މަޝްހޫރު ކަމެއް ގުޅިފައި އޮތީ ވެސް 90 ވަނަ އަހަރުގެ ވޯލްޑްކަޕާ އެވެ. ވޯލްޑްކަޕަށް ފަހު އޭނާ އަށް ގައުމީ ޓީމަށް ޖެހިފައިވަނީ ވެސް އެންމެ ގޯލެކެވެ. އަދި 1991ގެ ފަހުން ގައުމީ ޓީމުން ވެސް އޭނާއަށް ޖާގަ ނުލިބެ އެވެ.

ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2024 | ބުދަ 10:13
އިޓަލީގެ ފޯވަޑް ޝަލްވަޓޯރޭ ޝިލާޗީ

އިޓަލީގެ ފޯވަޑް ޝަލްވަޓޯރޭ ޝިލާޗީ

1990ގެ ވޯލްޑްކަޕުގައި ވިދާލި އިޓަލީގެ މަޝްހޫރު ފޯވަޑް ޝަލްވަޓޯރޭ ޝިލާޗީ އުމުރުން 59 އަހަރުގައި މިއަދު މެންދުރު މަރުވެއްޖެ އެވެ.

އަމިއްލަ ގައުމުގައި ކުޅެ އިޓަލީން ތިން ވަނަ ހޯދި އިޓާލިއާ 90ގެ ވޯލްޑްކަޕްގައި އޭނާ ޖެހި ގޯލުތަލުގެ ސަބަބުން ޝިލާޗީ މަޝްހޫރުވީ ޓޯޓޯ ޝިލާޗީގެ ނަމުންނެވެ. އެ ވޯލްޑްކަޕުގައި އެންމެ ފުރަތަމަ އޭނާ އިނީ ވެސް ބެންޗުގަ އެވެ. ވޯލްޑްކަޕަށް ނެގި ޓީމުގައި ހިމެނުނަސް އޭގެ ކުރިން އޭނާ އަކީ ކާކުކަން ވެސް ގިނަ ބަޔަކަށް ނޭނގެ އެވެ. މަޝްހޫރު އެތައް ފޯވަޑުންނެއް ތިބުމުން ޓީމުގައި އޭނާ، ވީ ހަތަރެއް ނުވަތަ ފަސް ވަނަ ފޯވަޑަށެވެ. އެކަމަކު ރޮބާޓޯ ބާޖިއޯ އާއި ރޮބާޓޯ މަންޗިނީ އާއި ޖިއާން ލޫކާ ވިއާލީ ފަދަ ފޯވަޑުންނަށް ގޯލު ނުޖެހުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޖަހަން ފެށި ގޯލުތަކާއެކު ފުރަތަމަ 11އިން ޖާގަ ކަށަވަރުކުރި އެވެ. އެންމެ ފަހަތަށްލައި އެ މުބާރާތުގައި ހަ ގޯލު ޖަހައި ރަންބޫޓު ވެސް ހާސިލްކުރި އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް އޭނާ އަށެވެ. މިއީ ފަހުގެ ތާރީހުގައި ވޯލްޑްކަޕުގެ އެންމެ މުހިންމު ދެ މަގާމު އެއް ކުޅުންތެރިއަކު ލިބުނު ފަހަރުވެސްމެ އެވެ.

ޝިލާޗީ އަކީ އިޓަލީގެ ގައުމީ ޓީމަށް މާގިނަ މެޗުތަކެއް ކުޅެދިން ކުޅުންތެރިއެއްނޫނެވެ. އެންމެ 16 މެޗު ކުޅެނުއިރު އޭނާގެ ހުރިހާ މަޝްހޫރު ކަމެއް ގުޅިފައި އޮތީ ވެސް 90 ވަނަ އަހަރުގެ ވޯލްޑްކަޕާ އެވެ. ވޯލްޑްކަޕަށް ފަހު އޭނާ އަށް ގައުމީ ޓީމަށް ޖެހިފައިވަނީ ވެސް އެންމެ ގޯލެކެވެ. އަދި 1991ގެ ފަހުން ގައުމީ ޓީމުން ވެސް އޭނާއަށް ޖާގަ ނުލިބެ އެވެ.

އިޓަލީގެ މެސީނާ އަށް 1982އިން 89 އަށް ކުޅެދިނުމަށްގަހު އިޓަލީގެ މަޝްހޫރު ދެ ކުލަބު ކަމަށްވާ ޔުވެންޓަސް އާއި އިންޓަމިލާނުގައި އޭނާ ވަނީ ޔޫއޭފާ ކަޕް ކާމިޔާބުކޮށްފަ އެވެ. ކުޅުން ހުއްޓާލީ 1997ގަ އެވެ.

ޝިލާޗީ މަރުވުމުން މުޅި އިޓަލީގައި ދަނީ ހިތާމަ ފާޅު ކުރަމުންނެވެ. ބޮޑުވަޒީރު ޖިއޯޖިއޯ މެލޯނީ ވިދާޅުވީ ވަލިވެގެންދިޔައީ އެންމެންގެ ހިތްތަކުން ޖާގަ ހޯދި ތަރިއެއް ކަމަށެވެ.

އިޓަލީގެ ރައީސް އާއި ޔުވެންޓަސް އަދި އިންޓަމިލާނުން ވެސް ވަނީ މި ހިތާމައިގައި ބައިވެރިވަ ބަޔާން ނެރެފަ އެވެ.

އިޓަލީގެ ގައުމީ ޓީމުފީފާ ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު