Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު އަދީބު

ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު

އަދީބަށް ވަނީ ސިއްހީގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 17:21
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ޖަލުގެ ގޮޅިތެރޭގައި އަނިޔާލިބެމުންދާ ކަމަށާއި، އެމަނިކުފާންގެ ދެ ކޮނޑު ވަނީ ފިހިފައިކަމަށް އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ މާފުށީ ޖަލުގެ ގޮޅީގައި އާދީބު ހުންނެވިއިރު، އެ ގޮޅި ވަރަށް ހޫނު ކަމަށެވެ. އޭސީ ނައްޓާލުމުގެ ސަބަބުން ފިނި ވައިކޮޅެއް ވެސް ލިބޭނީ ތޭރިތަކުން ކަމަށް ސިރާޖް ވިދާޅުވިއެވެ. ޖަލު ގޮޅީގެ ކޮންމެވެސް ތަނެން އަދީބު ގައިގައި ޖެހިފައި ހުރުމުން ، ދެ ކޮޑު ފިހިފައި ހުރި ކަމަށް އެނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

" އަޅުގަނޑު އެންމެ ފަހުން ބައްދަލުކުރަން ދިޔަ ދުވަހު ވެސް ލަކުނު ދެކުނިން، ޖަލުގައި ވަރަށް ތަފާތު ކުރުން ގެންގުޅޭ, 8 ފޫޓް ދިހަ ފޫޓް ގޮޅިއެއް، ފެންވަރަން ޖެހެނީ ބާލިދީން ، ޑޮކްޓަރުން ލަފާ ދީފި ބަރު އެއްޗެހި ނޫފުލަން، ކޮންމެ ދުވަހަކު ވެސް ފެންވަރަށް ވެސް ޖެހެނީ ބާލީދީއަށް ފެންއަޅައިގެން" ސިރާޖް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަދީބަށް ވެސް ބޭސްފަރުވާގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ނުދައްކާ ވާހަކަތައް އެބަ ހުރިކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ އަދީބަށް ކެންސަރުގެ ނުރައްކާ ވެސް އެބަ އޮތް ކަމަށެވެ.

އަދީބުގެ އެއްބަނޑު އެއްބަފާ ބޭބެ މީގެ ކުރިން ވަނީ ކެންސަރު ބަލީގައި މަރުވެފައިވާކަން ފާހަގަކުރަމުން އަދީބު ވިދާޅުވީ އެމަނިކުފާންގެ ހަށިގަނޑުގައި ތިން ސިސްޓެއް އެބަހުރި ކަމަށާއި އެ ސިސްޓް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. މީގެ ކުރިން އަދީބްގެ އާއިލާގެ މެމްބަރަކު ކެންސަރު ބަލީގައި މަރުވެފައިވާއިރު، މި ކަންކަމަށް ރާއްޖޭން ފަރުވާ ދެވެން ނެތް ކަމަށާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދި ފައިވާއިރު، ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ވަނީ އަދީބަށް ޖެހިފައެވެ. މިކަން އައިކެއާ އޮޕްޓިކަލުން ހެދި ޓެސްޓްތަކުން ހާމަވާ ކަމަށާއި އެ ޑޮކިއުމެންޓްތައް ވެސް އެބަހުރި ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދީބް ސިއްހީ މައްސަލަތައް އެޗްއާރުސީއެމްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އާއިލާގެ ފަރާތުން މި މައްސަލަތައް އެޗްއާރްސީއެމަށް ހުށައެޅި ނަމަވެސް މިހާތަނަން މިކަމާއި ގުޅިގެން އަދީބާއި ބައްދަލުކޮށް ހާލު ބައްލަވާފައި ނުވާ ކަމަށް އެނާ ވިދާޅުވިއެވެ.

އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައި ވާއިރު، ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ގެއަށް ބަދަލުކޮށް ދެވެން ނެތް ކަމަށެވެ. ރާއްޖެއިން ބޭރަށް އަދީބު ބޭސްފަރުވާއަށް ދިއުމަށް ހުއްދަ ދީފައެއް ނުވެފައެވެ.

މިކަމާއި ގުޅިގެން ސިރާޖް ވިދާޅުވީ ފަރުވާ ނުދެވި ލަސްވެއްޖެ ޖަލުގެ ގޮޅިތެރޭގައި މަރުވެދާނެ ކަމަށެވެ. އެހެންކަމުން އާއިލާގެ އާދޭހަކީ އަދީބް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ތަހްގީގުކުރާއިރު، ބައެއް މައްސަލަތައް ކްރިމިނަލް ކޯޓްގައި ކުރިއަށް އެބަ ގެންދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު