Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017 | ބުދަ 20:59

ތިން އަހަރު ދުވަސް ވަންދެން ސެންޓޭ ނިއުގައި މަޑުކުރާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 އެޕްރީލު 2017 | ބުދަ 20:59
އަލީ ފާސިރު (ސެންޓޭ) ނިއުގެ އާ ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު ޖާޒީ ދައްކާލަނީ

އަލީ ފާސިރު (ސެންޓޭ) ނިއުގެ އާ ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު ޖާޒީ ދައްކާލަނީ

ފާއިތުވި ސީޒަންގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) 2020 ވަނަ އަހަރުގެ ނިޔަލަށް މިހާރު ވެސް އޭނާ ކުޅެމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި މަޑުކުރުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ބުދަ ދުވަހުގެ ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި އެއްބަސްވުމުގައި ސެންޓޭ ސޮއިކުރި އިރު، އޭނާ އަކީ މި ސީޒަންގައި ނިއުއާ ގުޅުނު އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އަބަދުވެސް ފެންނަމުން ދަނީ އެއް ސީޒަނުން އަނެއް ސީޒަނަށް ކްލަބު ބަދަލުކުރަމުންދާ މަންޒަރު ކަމަށާއި އެހެން ނަމަވެސް ސެންޓޭ ނިންމި ނިންމުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ނިންމި ވަރަށް ޕްރޮފެޝަނަލް ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ނިއުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަށް ސެންޓޭ ނިއުއަށް ސޮއިކުރުމަކީ އެޓީމުގެ މެނޭޖްމަންޓުގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ހިތްވަރެއް ކަމަށާއި އެހެން ކަމުން ސެންޓޭ ނިންމި ނިންމުމަށް ކްލަބުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓް އަދި ކުޅުންތެރިންގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަމުން އަލީ ފާސިރު (ސެންޓޭ) ބުނީ މިފަދަ ފުރުސަތެއް އެ ކްލަބުގެ މެނޭޖްމަންޓާއި ޗެއާމަންގެ ފަރާތުން ހުށަހެޅުމުން އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ސެންޓޭ ބުނީ ކުރިއަށް އޮތް ތިން އަހަރަށް ނިއުއަށް ސޮއިކުރަން ނިންމީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް ނުފެންނަ ވަރުގެ މެނޭޖްމަންޓެއް މިހާރު އެ ކްލަބުގައި އޮތުމުން ކަމަށެވެ. އަދި ސީދާ ޗެއާމަންގެ ބެލުމުގެ ދަށުން އެޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށް ސެންޓޭ ބުންޏެވެ.

ސެންޓޭ ބުނީ އޭނާގެ އެއްބާރުލުމާއެކު ކުރިން ނިއު އޮތް މަގާމަށް ގެންގޮސްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެ ކަމަށާއި އެގޮތުން އޭނާއާ އެކު ޓީމުގެ އެހެން ކުޅުންތެރިން ވެސް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސެންޓޭ އަކީ ފާއިތުވި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ވެސް ހާސިލްކުރި ކުޅުންތެރިޔާ އެވެ. ސެންޓޭ މިދިޔަ އަހަރު ކުޅެފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން
04 ޖޫން 2017

އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި

04 ޖޫން 2017
އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި
02 ޖޫން 2017

މޮނާކޯގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ފަލްކާއޯ ނިންމައިފި

02 ޖޫން 2017
މޮނާކޯގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ފަލްކާއޯ ނިންމައިފި
02 ޖޫން 2017

އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި

02 ޖޫން 2017
އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި
31 މެއި 2017

ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި

31 މެއި 2017
ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި
27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް