Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓްރާންސްފާ ބާޒާރު

ހަޒާޑް ހޯދުމަށް ރެއާލް އިން މަޝްވަރާތަކަށް ދޮރު ހުޅުވާލައިފި

ފްރާންސްގެ ލިއްލޭ ދޫކޮށްލުމަށްފަހު ހަޒާޑް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 19:34
ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑް

ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑް

ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ހޯދުމުގެ ގޮތުން ރެއާލް އިން އޭނާއާ މަޝްވަރާކުރުމަށް ދޮރުތައް ހުލުވާލައިފި އެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއްކްމަށްވާ މާސާ އިން ބުނީ ހަޒާޑް ހޯދުމަށް ރެއާލް އިން ކުރަމުންދާ މަސައްކަތްތަކަށް ބާރުދިނުމުގެ ގޮތުން އެޓީމުން އޭނާއާއެކު މަޝްވަރާކުރުމަށް އެއްބަސްވެ، ދޮރުތައް ހުޅުވާލާފައިވާ ކަމަށެވެ.

ޕްރިމިއާ ލިގުގައި މި ސީޒަނުގައި މިވީތަނަށް ކުޅުނު 26 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައިވާ ހަޒާޑް ހޯދުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ކަމަށްވެސް ރިޕޯޓްތައްބުނެއެވެ. އެގޮތުން ހަޒާޑް އަކީ ޒިދާން ވަރަށް ގަޔާވާ ކުޅުންތެރިންއެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ބައެއް ރިޕޯޓްތައް ބުނާގޮތުން ރެއާލް އާއި ޗެލްސީން މަސައްކަތްކުރަނީ އަލްވަރާ މޮރާޓާ އާއި ހަޒާޑް ބަދަލުކުރަންށެވެ. އެގޮތުން މި ސީޒަނަށްފަހު މޮރާޓާ ޗެލްސީ އަށް ދާނެ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.

ފްރާންސްގެ ލިއްލޭ އިން 2007 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ހަޒާޑް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 237 މެޗުގައި 66 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް އަދާކުރަމުން އޭނާ ވަނީ އެޓީމަށް ކުޅުނު 76 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްދީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އެޓީމު ކޮލިފައިކޮށްދިނުމުގެ އިތުރުން މުބާރާތުގެ ސެމީ އަށް އެޓީމުގެ ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު