Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލަށް އާކޯޗެއް

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

މަޝްވަރާތަކަށް ދަނީ ތައްޔާރުވަމުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 13:05
ޔުވެންޓަސްގެ މެޗެއްގައި އެލެގްރީ އިރުޝާދު ދެނީ

ޔުވެންޓަސްގެ މެޗެއްގައި އެލެގްރީ އިރުޝާދު ދެނީ

މި ސީޒަނުގައި ހޯދަމުންދަ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިއުން އަމާޒުވެފައިވާ އާސެނަލްގެ ކޯޗު އާސެން ވެންގާގެ ބަދަލުގައި އެކުލަބަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ދަ ސަން އިން ރިޕޯޓްކޮށްފިއެވެ.

މިހާރު އިޓަލީގެ ޔުވެންޓަސްއަށް ކޯޗުކޮށްދެމުން އަންނަ އެލެގްރީ ކޯޗިންގެ ދައިރާ ނުކުތީ 2003 ވަނަ އަހަރުއެވެ. ނަމަވެސް ގިނަ ބަޔަކަށް އޭނާ އެނގުނީ 2010 ވަނަ އޭސީ މިލާނާ ޙަވާލުވި ހިސާބުންނެވެ.

އަނެއްކޮޅުން އާސެނަލާ 1996 ވަނަ އަހަރު ހަވާލުވި ވެންގާއަށް މިފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވުމުން ސަޕޯޓަރުން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

މިދިޔަ 21 އަހަރު އާސެނަލްއާ އެކު ވެންގާ ހޭދަކުރި ނަމަވެސް ފާއިތުވެދިޔަ 13 އަހަރު އެކުލަބަށް އެއްވެސް ކާމިޔާބީއެއް އޭނާއަށް ހޯދައިދެވިފައެއް ނުވެއެވެ.

ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒްވި ހިސާބުން ވެންގާ ވަނީ ތަފާތު ބަހަނާތައް ދައްކަން ފަށާފައެވެ. އެގޮތުން ވަރަށް އަވަހަށް އާސެނަލްގައި ދެމިހުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބުނުމަށް، ފަހުން އޭނާގެ އުމުރުގެ މީހުންނަށް ރިޓަޔަމަންޓަކީ މަރުވުން ކަމަށް ވެންގާ ބުނެފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ ނިޔަލަށް އާސެނަލްއާއެކު ވެންގާ ހަދާފައިވާ އެއްބަސް ހަމަވުމަކަށް އަންނައިރު އެކުލަބުން އޭނާއަށް އިތުރު 2 އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފައިވެއެވެ.

އިނގިރޭސި ނޫސް ދަ ސަން އިން ބުނާގޮތުގައި އާސެނަލުން ވަނީ އެލެގްރީގެ މަންދޫބުންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.

އާސެނަލް އިން އެލެގްރީ އާ ވާހަކަ ދެއްކުމަށް ތައްޔާރުވަމުން އަންނައިރު، ޕްރެމިއާ ލީގުގައި ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން އެލެގްރީ ފާޅުކޮށްފައި ވެއެވެ.

މިލާނުން ވަކިކުރުމުން 2014 ވަނަ އަހަރު ޔުވެންޓަސްއާ ހަވާލުވެ އެލެގްރީ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.

މިސީޒަނުގައި ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ބާސެލޯނާ އަތުން ވަނީ 3-0 އިން މޮޅުވެފައެވެ.

މީގެ އިތުރުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ ބޮޑު ލީޑެއް ނަގައިގެނެވެ. އަދި އެކުލަބު ވަނީ އިޓާލިއަން ކަޕުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު