Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖޯން ޓެރީ

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

ހުއްޓާލަނީ ޖުމް 22 އަހަރަށްފަހު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 18 އެޕްރީލު 2017 | އަންގާރަ 13:53
ޖޯން ޓެރީ: ބޭނުންވަނީ ލީގު ތައްޓާއެކު ޗެލްސީއަށް ކުޅުން ހުއްޓާލުން

ޖޯން ޓެރީ: ބޭނުންވަނީ ލީގު ތައްޓާއެކު ޗެލްސީއަށް ކުޅުން ހުއްޓާލުން

މި ސީޒަނަށް ފަހު ޗެލްސީއަށް ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފައިވާ އެ ޓީމުގެ ކެޕްޓަން ޖޯން ޓެރީ އެކުލަބާއި ވަކިވިޔަސް ހިތް އަބަދުވެސް އޮންނާނީ ޗެލްސީއާ އެކު ކަމަށް އޭނާ ބުނެފިއެވެ.

ޗެލްސީގެ ސީނިއާ ޓީމާއި 1998 ވަނަ އަހަރު ގުޅުނު ޓެރީ 19 އަހަރަށް ފަހު އެކުލަބު ދޫކޮށްލާނެކަން ހާމަކޮށްފައި ވަނީ ހޯމަދުވަހުގެ ރޭ ނެރުނު ބަޔާނެއްގައެވެ. އެކަން ޗެލްސީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޗެލްސީއަށް ކުޅުން ހުއްޓާލާކަން އިއުލާންކުރަމުން ޓެރީ ބުނެފައި ވަނީ މި ސީޒަން ތަށްޓަކާ އެކު ނިންމާލަން ކެތްމަދުވެފައިވާ ކަމަށެވެ.

ޓެރީ ބުނެފައި ވަނީ ޗެލްސީއަކީ ދިރިއުޅުމާ ގުޅިލާމެހިފައިވާ ކުލަބެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުލަބަށް ދެވެން ހުރި ފުރިހަމަ އެއްބާރުލުން އަބަދު ވެސް ދޭނެ ކަމަށް އޭނާ ބުންޏެވެ.

ޗެލްސީގެ ޖޫނިއަރ ޓީމުންފެށިގެން އެކުލަބާއިއެކު ޓެރީ ވަނީ ޖުމްލަ 22 އަހަރު ހޭދަކޮށްފައެވެ. ނޮޓިންގހަމް ފޮރެސްޓަށް ލޯން އެއްބަސްވުމެއްގެ ދަށުން 2000 ވަނަ އަހަރު ދާންޖެހުނު ނަމަވެސް އެނޫން އެހެން ކުލަބަކަށް އޭނާ ކުޅެފައެއް ނުވެއެވެ.

ޗެލްސީގައި ހުނަރުން ފުރިފައިވާ ޒުވާން މޮޅެތި ކުޅުންތެރިން ތިބުމުން އެކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ޓެރީ ބުންޏެވެ.

ޗެލްސީއަށް 2000 ވަނަ އަހަރު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޓެރީވަނީ މިހާތަނަށް ޖުމްލަ 66 ލަނޑު ޖަހައިދީފައެވެ. އަދި ޗެލްސީ އާއި ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރަކީ ވެސް ޓެރީއެވެ.

ޗެލްސީއަށް ޓެރީ ކުޅުނު ޖުމްލަ 713 މެޗުގެ ތެރެއިން 578 މެޗު ކުޅެފައި ވަނީ ކެޕްޓަން ބޭންޑް އަޅައިގެންނެވެ.

ޓެރީ ބުނީ ޗެލްސީއަށް ކުޅުން ހުއްޓާލި ނަމަވެސް، އެހެން ކުލަބަކުން ފެނިދާނެ ކަމާ މެދު އެއްޗެއް ބުނަން އަވަސް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި

ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި

08 އެޕްރީލު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު