Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން އާއި ޝީގެ ކޯލް

ޓައިވާން މައްސަލައާއި ޔޫކްރެއިން މައްސަލައިގައި ބައިޑަން އާއި ޝީ ވާހަކަފުޅުދައްކަވަނީ

27 ޖުލައި 2022 | ބުދަ 03:32

ދެގައުމުގެ އިގްތިސާދާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ

މަޚްތޫމް
މަޚްތޫމް | 27 ޖުލައި 2022 | ބުދަ 03:32
ޓައިވާނާއި ޔޫކްރެއިންގެ މައްސަލަައިގައި ބައިޑަން އާއި ޝީ ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައި

ޓައިވާނާއި ޔޫކްރެއިންގެ މައްސަލަައިގައި ބައިޑަން އާއި ޝީ ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައި | ރޮއިޓާސް

ޓައިވާންގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ރަޝިއާ ޔޫކްރެއިން މައްސަލައިގައި ދުނިޔޭގެ ދެ ބާރުކަމުގައިވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ ޓައިވާން އަދި ޔޫކްރެއިން މައްސަލައިގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ދެ ރައީސުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ސްޕޯކްސްޕާސަން ޖޯން ކަރބީ އަންގާރަ ދުވަހު ނޫސްވެރިންނަށް ވިދާޅުވެފައިވަނީ މި މަޝްވަރާގެ ތެރެއިން ދެގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަރައިރުމުގެ މައްސަލައިގައި ހައްލު ހޯދުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

Advertisement - worldAdvertisement

މިއީ ދެބޭފުޅުންގެ މެދުގައި ބޭއްވޭ ފަސް ވަނަ މަޝްވަރާ ބައްދަލުވުމެވެ. ދެ ރައީސުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާއިރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ސްޕީކަރ ނޭންސީ ޕެލޮސީ ޓައިވާނަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ވަނީ ބައިޑެންގެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. ޗައިނާއިން ބުނާގޮތުން ޓައިވާނަކީ އެގައުމުގެ ބާރު ހިނގާ އެގައުމުގެ ސަރަހައްދެކެވެ.

މިއާއެކު، ޓައިވާންގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސް ކަމާއި، ޔޫކްރެއިން ހަނގުރާމަ އަދި ދެގައުމުގެ ދެމެދުގައި އިގްތިސާދީގޮތުން އުފެދިފައިވާ ނުވަތަނަވަސްކަން މެނޭޖް ކުރާނެ ގޮތްތާއި ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ކަރބީ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި ކޯލް ޝެޑިއުލް ކުރެވިފައިވާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، ދެ ރައީސުން މަޝްވަރާ ކުރައްވާނެ ވަރުގަދަ ކަންތައްތަކެއް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ.

ޗައިނާގެ ވަން-ޗައިނާ ޕޮލިސީގެ ދަށުން އެމެރިކާއާއި ޓައިވާނާ ދެމެދު ސިޔާސީ ގުޅުމެއް ގާއިމްވެފައި ނެތް ނަމަވެސް، އެމެރިކާގެ ގާނޫނުގެ ދަށުން ޓައިވާނަށް ދިފާއީ އެހީތެރިކަން ދިނުން ހިމެނެއެވެ. ދެ ރައީސުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ އިރު، ވައިޓް ހައުސްއިން ވަނީ ނޭންސީ ޕެލޮސީގެ ދަތުރުފުޅާއި ގުޅޭގޮތުން އެމެރިކާގެ ސްޓޭންޑަށް ބަދަލެއް ނާންނަކަމަށް ބުނެފައެވެ.

ސްޕޯކްސްޕާސަން ކަރބީ ވިދާޅުވީ ޕެލޯސީއަކީ ހާލަތެއް މެދުވެރިވެއްޖެނަމަ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއް ކަމަށާއި، އެކަމަނާ ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަކީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީއާ ގުޅުން ހުރި ކަމެއް ކަމަށެވެ. ނަމަވެސް އެކަމަނާގެ ދަތުރުފުޅުތަކާއި ގުޅިގެން ގޮތް ނިންމެވޭނީ ޕެލޯސީއަށް އެކަނި ކަމަށް ވެސް ކަރބީ ވިދާޅުވިއެވެ.

ޗައިނާގެ މުދަލަށް އެމެރިކާއިން އަޅާފައިވާ ބައެއް ޓެރިފްތައް އުވާލާ އެމެރިކާގެ އިގްތިސާދު ކުރިއެރުވުމާއި ގުޅޭގޮތުން ސަރުކާރުގައި ބަހުސް ކުރެވެމުން އަންނަ އިރު، މި ނިންމުން ދެ ރައީސުންގެ ވާހަކަފުޅުގެ ކުރިން ނުނިންމޭނެކަމަށް ވެސް ކަރބީ ވިދާޅުވިއެވެ.

ދެ ރައީސުން ފޯން މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ އިރު، އެމެރިކާގެ ކޮންގްރެސްއިން ވަނީ ޗީޕްސް އެކްޓްގެ ނަމުގައި ގާނޫނެއް ހަދާ މި ގާނޫނުގެ ދަށުން ސެމީކޮންޑަކްޓަރ އިންޑަސްޓްރީއަށް ސަބްސިޑީގެ ގޮތުގައި 52 ބިލިއަން އެމެރިކާ ޑޮލަރު ދިނުމާއި، ޗިޕް ޕްލާންޓްތަކަށް އިންވެސްޓްމަންޓް ޓެކްސް ކްރެޑިޓްގެ ގޮތުގައި 24 ބިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ.

ކުރިންވެސް ރާވާފައިވާ ކޯލް ރައީސް ޝީ އާއެކު ބޭއްވެވުމަށް ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ބައިޑެން ހާމަކުރައްވަފައިވަނީ މި ގާނޫނާއި ގުޅޭގޮތުން ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ނަމަވެސް އެއީ އެމަނިކުފާނު އުއްމީދުކުރައްވާ ގޮތް ކަމަށާއި، އެކަން ހަމަޖެހިގެން ދިއުމުން އެ މައުލޫމާތު ދެއްވާނެކަމަށް އޭރު ވަނީ ވިދާޅުވެފައެވެ. މި ގާނޫނަށް ސެނެޓުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވޯޓަށް އަހާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖޯ ބައިޑަންޗައިނާގެ ރައީސް ޝީ ޖީންޕިންގްއެމެރިކާޗައިނާ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
18 ސެޕްޓެމްބަރު 2026

އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން

18 ސެޕްޓެމްބަރު 2026
އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
18 ސެޕްޓެމްބަރު 2026

ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ

18 ސެޕްޓެމްބަރު 2026
ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ
17 ސެޕްޓެމްބަރު 2026

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2026
ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް
14 ސެޕްޓެމްބަރު 2026

ބެއިޖިންގގައި ޑްރޯން ގެންގުޅުން މަނާކުރާ ހަރުކަށި އާ ގަވާއިދެއް ނޮވެމްބަރު މަހު ތަންފީޒުކުރަނީ

14 ސެޕްޓެމްބަރު 2026
ބެއިޖިންގގައި ޑްރޯން ގެންގުޅުން މަނާކުރާ ހަރުކަށި އާ ގަވާއިދެއް ނޮވެމްބަރު މަހު ތަންފީޒުކުރަނީ
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026

"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން

12 ސެޕްޓެމްބަރު 2026
"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން
11 ސެޕްޓެމްބަރު 2026

އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ

11 ސެޕްޓެމްބަރު 2026
އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް