Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާގެ ކުރިމަގު

ޕީއެސްޖީން އޭނާއާމެދު ގެންގުޅޭ ވިސްނުން ނޭންގުނު ނަމަވެސް ނޭމާ ބޭނުންވަނީ ޓީމުގައި މަޑުކުރަން

މުސްތަޤުބަލާ ބެހޭ ގޮތުން ކުލަބުގެ އެއްވެސް މީހަކު ނޭމާ ގާތު ވާހަކައެއް ނުދައްކާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2022 | ހޯމަ 03:52
ޕީއެސްޖީގެ ތަރި ނޭމާ

ޕީއެސްޖީގެ ތަރި ނޭމާ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އެހެން ޓީމަކަށް ބަދަލުވާން ބޭނުންނުވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރ ބުނެފިއެެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނޭމާ ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބައެއް ކުލަބުތަކުން ވަނީ ޕީއެސްޖީއާ އެކަން ހިއްސާކޮށްފައެވެ. އެވާހަކަތައް ދެކެވެމުން ދަނިކޮށް، ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ނޭމާއަކީ އޭނާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ ބޭނުންވަނީ ނޭމާ ޓީމުގައި މަޑު ކުރަން ކަމަށެވެ. ގަލްޓިއޭ ވަނީ ނޭމާއަކީ ދުނިޔޭގެ ހުރިހާ ކޯޗުން ވެސް ބޭނުންވާ ކަހަލަ ޓޮޕް ކުޅުންތެރިއެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ނޭމާ ބުނީ، އޭނާ ބޭނުންވަނީ ޕެރިސްގައި މަޑުކުރަން ކަމަށެވެ. އޭނާގެ މުސްތަޤުބަލާ ބެހޭ ގޮތުން ކުލަބުގެ އެއްވެސް މީހަކު އޭނާ ގާތު ވާހަކައެއް ނުދައްކާކަން ފާހަގަކޮށް ނޭމާ ބުނީ، ހާލަތު އަދި ބަދަލު ނުވާ ކަމަށެވެ. މީގެ އިތުރުން ނޭމާ ބުނީ ޕީއެސްޖީން އޭނާއާމެދު ގެންގުޅޭ ވިސްނުމެއް ނޭންގުނު ނަމަވެސް، އޭނާ ބޭނުންވަނީ ކުލަބުގައި މަޑުކުރަން ކަމަށެވެ.

ނޭމާ އަންނަނީ ޕީއެސްޖީއާއެކު ކުރިއަށް އޮތް ސީޒަންގެ ފަރިތަކުރުންތަކުގައި ބައިވެރިވެ، އެކުވެރިކަމުގެ މެޗުތަކުގައި ވެސް ކުޅެމުންނެވެ. ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެެސްޖީއަށް ބަދަލުވީ ބޮޑު އަގަކަށެވެ. ޕީއެސްޖީއަށް ބަދަލުވި ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 144 މެޗުގައި 100 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ނޭމާ ވަނީ ކުލަބާއެކު ފްރާންސް ލީގާއި، ފްރާންސް ކަޕާއި އަދި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީނޭމާ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު