Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާއިން ރަފީނިއާ ހޯދަން މަސައްކަތްކުރުން

ބާސެލޯނާއިން ރަފީނިއާގެ ޑީލް ކާމިޔާބުކޮށްފި

ބާސެލޯނާއަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖުލައި 2022 | ބުދަ 03:41
ރަފީނިއާ

ރަފީނިއާ

ބާސެލޯނާއިން ބްރެޒިލްގެ ވިންގަރ ރަފީނިއާ ހޯދުމުގެ ޑީލް ކާމިޔާބުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބާސާއިން ރަފީނިއާގެ ޑީލް ކާމިޔާބުކުރީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ އާއި އާސެނަލުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރަފީނިއާ ހޯދުމަށް ބާސާއިން ކުރި ބިޑު ލީޑްސް ޔުނައިޓެޑުން ވަނީ ގަބޫލުކޮށްފައެވެ. އޭނާ ހޯދުމަށް ބާސާއިން ކުރި ބިޑުގެ ޖުމުލަ އަގަކީ 67 މިލިއަން ޔޫރޯއެވެ. ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ބާސާއަކީ ރަފީނިއާ ބަދަލުވާން ބޭނުންވި ކުލަބެވެ. އަދި އެ ޓީމާއެކު އޭނާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަފީނިއާ ބާސާގައި މަޑުކުރާނެއެވެ.

މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި ރަފީނިއާގެ އެޖެންޓު ޑެކޯ ވަނީ އޭނާ ބާސާއަށް ބަދަލުވުމަށް މީގެ ފަސް މަސް ދުވަސް ކުރިން އެއްބަސްވެފައެވެ. ޑެކޯއަކީ ކުރިން ބާސާ އާއި ޗެލްސީއަށް ވެސް ކުޅުނު މިޑްފީލްޑަރެކެވެ. ބާސާއަށް ބަދަލުވުުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތަކާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ރަފީނިއާ ބާސާއަށް ދަތުރުކުރުމުގެ ތައްޔާރީތައްވަމުންދާ ކަމަށް ރޮމާނޯ ވަނީ ބުނެފައެވެ.

އުމުރުން 25 އަހަރުގެ ރަފީނިއާ ލީޑްސް ޔުނައިޓެޑަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް 67 މެޗު ކުޅެދީ 17 ލަނޑު ޖަހާފައެވެ. 2019 ވަނަ އަހަރުން ފެށިގެން ރަފީނިއާ އަންނަނީ ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން ނުވަ މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހާފައެވެ.

ކުރިއަށް އޮތް ސީޒަނަށް ބާސާ ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ޓީމުން ވަނީ ޗެލްސީއަށް ކުޅެމުން އައި ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އަައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން އެ ޓީމުން އަންނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ލެވަންޑޯސްކީ ވަނީ ބަޔާން ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ބާސާއަށް ގުޅުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ.

ބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު