Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިހުން ލިބޭ ސިއްޙީ ފައިދާ

ހިތާއި ބިސް

އެއީ ހަށިގަނޑަށް ބޭނުންވާ އެތައް ނިއުޓްރިޝަނަކުން މުއްސަނދި ވެފައިވާ އެއްޗެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޖުލައި 2022 | އާދީއްތަ 08:27
ގިނައިން ބިސް ބޭނުން ކުރާ މީހުންގެ ލޭގައި ހަށިގަނޑަށް ފައިދާ ހުރި މެޓަބޮލައިޓްސް ހިމެނޭ މިންވަރު އިތުރު

ގިނައިން ބިސް ބޭނުން ކުރާ މީހުންގެ ލޭގައި ހަށިގަނޑަށް ފައިދާ ހުރި މެޓަބޮލައިޓްސް ހިމެނޭ މިންވަރު އިތުރު

ދުވާލަކު އެއް ކުކުޅު ބިސް ކެއުމަކީ ހިތުގެ ހިނގުމަށް އޭގެ ރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެއީ ހިތުގެ ތަފާތު ބަލިތަކާވެސް ދުރުވުމަށް މަގު ފަހި ކޮށްދޭ ކަމެއްކަމަށް "ދި ހެލްތް ބްލޮގް" ގައި ޝާއިއުކޮށްފައިވާ ލިއުމެއްގައި ބަޔާންކޮށްފައިވެއެވެ.

ބިހަކީ އޭގައި ކޮލެސްޓްރޯލް އެކުލެވޭ އެއްޗެއް ނަމަވެސް، އެއީ ހަށިގަނޑަށް ބޭނުންވާ އެތައް ނިއުޓްރިޝަނަކުން މުއްސަނދި ވެފައިވާ އެއްޗެއްވެސް މެއެވެ.

2018 ގައި 500،000 ބައިވެރިން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކާ ޙަވާލާދީ ހެލްތު ބްލޮގްގައި ރިޕޯޓުކޮށްފައިވާ ގޮތުން، ދުވާލަކު ކުކުޅު ބިހެއް ކާ މީހުންނަށް ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ނިސްބަތުން މަދެވެ. އެކަން އިތުރަށް ކަށަވަރު ކުރުމަށް ދިރާސާ ކުރި ފަރާތްތަކުން ވަނީ އާބާދީއަށް އަމާޒުކޮށްވެސް އެކަމާ ގުޅޭ އިތުރު ދިރާސާތައް ކުރިއަށް ގެންގޮސްފައެވެ.

ދިރާސާކުރި ފަރާތްތަކުން ވަނީ 4778 ބައިވެރިން ބޭނުންކޮށްގެން އަނެއްކާވެސް ތަހުލީލުތަކެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 3401 މީހުންނަކީ ހިތުގެ ކޮންމެސް މައްސަލައެއް ކުރިމަތިވެފައިވާ މީހުންނެވެ. 1377 މީހުންނަކީ ސިއްޙަތު ރަނގަޅު މީހުންނެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި އާދައިގެ މިންވަރަކަށް ކެއުމުގައި ބިސް ބޭނުން ކުރާ މީހުންގެ ލޭގައި "އެޕޯލިޕޯ ޕްރޮޓީން" (އޭ-1) ނަމަކަށް ކިޔާ ޕްރޮޓީންއެއް ހިމެނޭ މިންވަރު ގިނައެވެ. އެއީ ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކޮލެސްޓްރޯލް އުފެއްދުމުގައި މުހިއްމު މާއްދާއެކެވެ.

އެމީހުންގެ ހަށިގަނޑުގައި ލޭ ހޮޅިތަކުން ކޮލެސްޓްރޯލްއާއި އެކި ބްލޮކޭޖްތައް ބޭރު ކުރުމަށް ބޭނުންވާ މާއްދާތައްވެސް ގިނަކަން ދިރާސާގެ ނަތީޖާއިން ވަނީ ދައްކާފައެވެ.

އޭގެ އިތުރުންވެސް ހިތުގެ ބަލިތަކާއި ގުޅުންހުރި 14 "މެޓަބޮލައިޓްސް" އެއް ވަނީ ފެނިފައެވެ. އެގޮތުން ގިނައިން ބިސް ބޭނުން ކުރާ މީހުންގެ ލޭގައި ހަށިގަނޑަށް ފައިދާ ހުރި މެޓަބޮލައިޓްސް ހިމެނޭ މިންވަރު އިތުރުކަން ވަނީ ދިރާސާއިން ދައްކާފައެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގެ އިތުރުންވެސް ބިހަކީ އޭގެ ޒާތުގައި ހަށިގަނޑަށް އެކި ކަހަލަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ބިހުގައި ހިމެނޭ "ކޮލިން" ކިޔާ މާއްދާއަކީ ސިކުނޑީގެ ސެލްތަކުގެ ވަރުގަދަކަން ދެމެހެއްޓުމަށް މުހިއްމު މާއްދާއެކެވެ.

ތަފާތު އެކި ގޮތްގޮތަށް ބިސް ކެއުމުގައި ބޭނުން ކުރެއެވެ. އެގޮތުން ހާޑް ބޮއިލްޑް، ސޮފްޓް ބޮއިލްޑް، ސްކްރޭމްބަލްޑް، ހަމައެއާއެކު، ބިސްގަނޑު ތަފާތު އެކި ގޮތްގޮތަށް ތައްޔާރު ކޮށްގެންވެސް ކެއުމުގައި ބިސް ބޭނުން ކުރެއެވެ.

ކޮމަން ހެލްތުބިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2024
މާލޭގައި ކުކުޅު ބިހުގެ ސަޕްލައިދަށްވެ، ބިހުގެ ތާށިކަން ބޮޑުވެއްޖެ

މާލޭގައި ކުކުޅު ބިހުގެ ސަޕްލައިދަށްވެ، ބިހުގެ ތާށިކަން ބޮޑުވެއްޖެ

27 ޑިސެމްބަރު 2023
އެސްޓީއޯއިން ރޯދައަށް ވިއްކާ ފިޔާ އަދި އަލުވި މިދިޔަ އަހަރަށްވުރެ އަގުހެޔޮ

އެސްޓީއޯއިން ރޯދައަށް ވިއްކާ ފިޔާ އަދި އަލުވި މިދިޔަ އަހަރަށްވުރެ އަގުހެޔޮ

01 މާރިޗު 2023
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

15 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު