Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުއާންމު ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ހުދު އަދި ބްރައުން ޝުގަރ ގައި ސިއްހީ ގޮތުން ތަފާތެއް ނެތް ކަމަށް ސައިންޓިފިކް ތަހްލީލުތަކުން ވަނީ ހާމަވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 ޖޫން 2022 | ބުރާސްފަތި 09:09
ހަކުރު - ހަށިގަޑަށް ގެއްލުން ކުރާ އެއްޗެއް

ހަކުރު - ހަށިގަޑަށް ގެއްލުން ކުރާ އެއްޗެއް

އާންމުކޮން ކެއުމަށް ބޭނުންކުރާ ހުދު ހަކުރަށް ވުރެ، ބްރައުން ޝުގަރ އޭމިކިޔާ، ރަތްކޮށް ހުންނަ ހަކުރުން ހަށިގަޑަށް ކުރާ ގެއްލުން ކުޑަ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މިއީ ހަގީތަތެއް ނޫންކަން މިހާރު މިވަނީ ހާމަ ވެފައެވެ.

ގަލްފް ހެލްތު ކައުންސިލްއިން އިއުލާންކޮށްފައިވާ ކަމަށް އޮންލައިން ބައެއް ނޫސްތަކުގައިވާ ގޮތުން މިދެބާވަތުގެ ހަކުރުގައި ސިއްހީ ގޮތުން މާބޮޑު ތަފާތެއް ނެތްކަން ސައިންޓިފިކް ހެކިތަކުން ވަނީ ހާމަވެފައެވެ. މިގޮތުން އާންމުކޮން ބޭނުން ކުރާ ހުދު ހަކުރު ސަމުސަލެއްގައި 16 ކެލަރީ ހުންނަ އިރު، ބްރައުން ޝުގަރ ސަމުސަލެއްގައި 15 ކެލަރީ ހުރެއެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި ބްރައުން ޝުގަރއަށް ރަތްކުލަ ގެނުވަނީ އޭގައި "މޮލާސަސް" އެކުލެވޭތީ އެވެ. މޮލާސަސްއަކީ ހަކުރު ސާފު ކުރުމުގެ ޕްރޮސެސްގައި ހަކުރުން ވަކިކޮށްލާ، ދިޔާހަކުރުހެން ހުންނަ ރަތް ދިޔައެވެ. ދެބާވަތުގެ ހަކުރުގެ އަނެއް ތަފާތަކީ ބްރައުން ޝުގަރގެ ފޮނިކަން ގަދަވުމެވެ.

މިފަދަ ބައެއްތަފާތު ތަކާއެކުވެސް ހަށިގަނޑު ފަލަވުމާ ހަކުރުބަލި އަދި ހިތުގެ ބަލިފަދަ ބަލިތަކަށް ދެބާވަތުގެ ހަކުރުންވެސް ކުރުވަނީ ހަމަ އެއް އަސަރުތަކެއް ކަމަށް ގަލްފް ހެލްތު ކައުންސިލްއިން ބުނެފައިވެއެވެ.

ކޮމަން ހެލްތު

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2022

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ
15 ސެޕްޓެމްބަރު 2022

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

15 ސެޕްޓެމްބަރު 2022
ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ
15 ޖުލައި 2022

މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް

15 ޖުލައި 2022
މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް
13 ޖުލައި 2022

ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް

13 ޖުލައި 2022
ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް
11 ޖުލައި 2022

ޒައިތޫނި ތެލުގެ ފައިދާ

11 ޖުލައި 2022
ޒައިތޫނި ތެލުގެ ފައިދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު