Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މައިގްރޭންގެ ސަބަބުތައް

މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް

އާދަޔާ ޚިލާފަށް ބޮލުގައި ރިއްސުމާއި މޭނުބައި ކުރުން ފަދަ ކަންކަން ކުރިމަތިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ޖުލައި 2022 | ހުކުރު 09:30
މައިގްރޭން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަ އަދި އެންމެ އާންމު އެއް ސަބަބަކީ ދިރިއުޅުމުގެ އާދަތައް

މައިގްރޭން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަ އަދި އެންމެ އާންމު އެއް ސަބަބަކީ ދިރިއުޅުމުގެ އާދަތައް

އެކި މީހުންނަށް މައިގްރޭން ތަހައްމަލު ކުރަން ޖެހޭ ސަބަބުތައް ތަފާތެވެ. އަދި އެކި މީހުންނަށް މައިގްރޭންގެ އަސަރު ކުރާ މިންވަރާއި ކުރާ ވަގުތުތައްވެސް ތަފާތެވެ. އިންތިހާއަށް ބޮލުގައި ރިއްސުމާއި މޭނުބައި ކުރުމާއި ހުން އައުމުގެ އިތުރުން ތެދުވެ އުޅެން އުނދަގޫވުމާއި ހަރަކާތް ކުރަން އުނދަގޫވުން ފަދަ ކަންކަމަކީ މައިގްރޭން ބަލި މީހުން އެކި ސްޓޭޖުތަކުގައި ތަހައްމަލު ކުރަންޖެހޭ ކަންކަމެވެ.

މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ބައެއް މީހުންނަށް މައިގްރެއިންގެ ވޭން ތަހައްމަލު ކުރަން ޖެހެއެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ އަސަރު ހަށިގަނޑަށް ކުރުމުން އޭގެ ސަބަބުންވެސް ބައެއް މީހުންނަށް "މައިގްރޭން އެޓޭކް" ކުރިމަތިވެދާނެއެވެ.

މާބޮޑަށް ހޫނު ގަދަވުމާއި އެމީހަކު އެވަގުތު ހުންނަ މާހައުލެއްގެ ވަށައިގެންވާ އަޑުތައް މާ ގަދަވުމަކީ ވެސް އެޓޭކް އައުން އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

މީގެ އިތުރުން މާބޮޑަށް އަލި ގަދަވުމަކީވެސް މައިގްރޭންގެ ހާލަތު ގޯސް ކުރުވާ ކަމެއް ކަމަށް މާހިރުން ބުނެއެވެ. އެގޮތުން މައިގްރޭން ގެ ވޭން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއް ނަަމަ ގިނަ މީހުންނަށް އެއްވެސް ކަހަލަ އަލިކަމެއް ހުންނަ ތަނެއްގައި މަޑު ކުރުމަކީ އިންތިހާއަށް ވޭންހުރި އަދި ކެތްކުރަން އުނދަގޫ ކަމަކަށް ގިނަ ފަހަރު ވެއެވެ.

މި ސަބަބުތަކުގެ އިތުރުން ބައެއް ކަހަލަ ސެންޓާއި މީރުވަސް ދުއްވަން ގެންގުޅޭ ބައެއް ބާވަތްތަކުގެ ސަބަބުންނާއި އެކިކަހަލަ އެލާރޖީ ހުރުމަކީވެސް މައިގްރޭން ބަލި މީހުންނަށް އެޓޭކް ކުރިމަތިވުން އެކަށީގެންވާ ކަންކަމެވެ.

މައިގްރޭން ތަހައްމަލު ކުރާ މީހުންނަށް އާދަޔާ ޚިލާފަށް ބޮލުގައި ރިއްސުމާއި މޭނުބައި ކުރުން ފަދަ ކަންކަން ކުރިމަތިވެއެވެ. ނަމަވެސް އެ ހާލަތު މެދުވެރިވާ ސަބަބު އެކި މީހުންނަށް ތަފާތެވެ.

ބައެއް ފަހަރު ކެއިން ބުއިމުގެ އާދަތަކުގެ ސަބަބުންވެސް މައިގްރޭން އެޓޭކް އައުން އެކަށީގެންވެއެވެ. ހަކުރުގެ ބާވަތްތަކާއި ގިނައިން ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުން ކުރުމަކީ މައިގްރޭން ހުންނަ މީހުންނަށް އެޓޭކް މެދުވެރިވާ ސަބަބެއްކަމަށް ވެއެވެ.

އޭގެ އިތުރުން އެލްކޮހޯލް އެކުލެވޭ ބުއިންތަކާއި ޗޮކްލެޓަކީވެސް މައިގްރޭނަށް މެދުވެރިވާ ސަބަބުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ތަކެއްޗެވެ. ނަމަވެސް ކުރިންވެސް ފާހަގަކުރިހެން މިތަކެތީގެ ސަބަބުން އެކި މީހުންނަށް އަސަރު ކުރާ މިންވަރު ތަފާތެވެ. ދަޅުގައި ބަންދުކުރި މަހާއި ކާކުލައިގެ އިތުރުން ޗީޒްއަކީވެސް ހަމަ މި ލިސްޓުގައި ހިމެނޭ ބާވަތްތަކެވެ.

މި ބާވަތްތައް ބޭނުންކޮށްގެން މައިގްރޭން އެޓޭކް ކުރިމަތިވާނަމަ ރަނގަޅު ގޮތަކީ އެތަކެއްޗާ ދުރުވުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މައިގްރޭން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަ އަދި އެންމެ އާންމު އެއް ސަބަބަކީ ދިރިއުޅުމުގެ އާދަތައް ކަމަށް ޑޮކްޓަރުން ބުނެއެވެ. ހަމަ ނިދި ނުލިބުމަކީ އޭގެ ތެރެއިންވެސް އެންމެ އާންމު އެއް ސަބަބެވެ.

ހަމައެއާއެކު ނިދުމާއި އެއްވަރަށް ގަޑިން ގަޑިއަށް ނުކެއުމާއި ހަށިގަނޑުގެ ފެން މަދުވުންވެސް މައިގްރޭން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން ކަންކަމާ މާ ބޮޑަށް ކަންބޮޑުވުމުގެ ސަބަބުން ބޮލުގައި ރިއްސަން ފެށުމަކީވެސް އާޚިރުގައި އެ ތަދު މައިގްރޭންގެ ތަދަކަށް ބަދަލުވެގެން ދިއުން އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. މައިގްރޭން ބަލި މީހުން ކަންކަމާ މާ ބޮޑަށް ވިސްނައި ފިކުރު ކުރަން ފަށައިފިނަމަ މިހާލަތު މެެދުވެރިވެއެވެ.

ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން ރުއިމަކީވެސް މައިގްރޭން އެޓޭކް އައުން އެކަށީގެންވާ ކަމެކެވެ. ޚާއްސަ ގޮތެއްގައި ކުއްލި ގޮތަކަށް މީހާ މާ ބޮޑަށް ހިތްދަތިވެ ރޯން ޖެހުމަކީ އޭގެ ސަބަބުން ވަރަށް އަވަހަށް މީހާއަށް މައިގްރޭން އެޓޭކް ކުރިމަތިވުން އެކަށީގެންވާ ކަމެކެވެ. މިކަން ވަރަށް ގިނަ މީހުންނަށް ތަޖުރިބާކުރަންވެސް ޖެހެއެވެ.

މި ސަބަބުތަކުގެ އިތުރުން ހަށިގަނޑުގެ އާންމު ސިއްހަތާ ގުޅުންހުރި އެކި ކަންކަމަކީވެސް މައިގްރޭނަށް މަގުފަހިވާ ކަންކަމެވެ. އެގޮތުން ހޯރމޯން މައްސަލަތަކާއި ލޭގެ ޕްރެޝަރާއި ގުޅުންހުރި ސިއްހީ މައްސަލަތަކާއި ލޭގައި ހަކުރު ހުންނަ މިންވަރު ފަދަ ކަންކަމުންވެސް މައިގްރޭން އެޓޭކެއް އައުން އެކަށީގެންވެއެވެ.

މިއިން ކޮންމެ ސަބަބެއް މެދުވެރިވި ނަމަވެސް މައިގްރޭން ބަލި މީހުންނަށް ތަހައްމަލު ކުރަން ޖެހެނީ އާދައިގެ ވޭނެއް ނޫނެވެ. އާދައިގެ ރިހުމެއް ނޫނެވެ. ބައެއް ފަހަރު މި ވޭން އެތައް ގަޑިއިރެއް ވަންދެން ދެމިގެންދާއިރު ބައެއް މީހުންނަށް ކޮޅަށް ތެދުވެ ހުރެލަންވެސް ނުކުޅެދޭ މިންވަރަށް މި ވޭން ހަށިގަނޑުގައި އަށަގެންފައި ހުރެއެވެ.

ވީމާ މައިގްރޭނަކީ އާދައިގެ ބޮލު ރިހުމެއް ކަމަށް ބެލުން ބަދަލުކުރަން ޖެހެއެވެ.

ހެލްތްލައިންކޮމަން ހެލްތު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

07 އޮކްޓޯބަރު 2023
ބަރަބޯ އޮށުގެ ފައިދާ

ބަރަބޯ އޮށުގެ ފައިދާ

15 ޖެނުއަރީ 2023
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

15 ސެޕްޓެމްބަރު 2022
ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ

ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ

02 އޯގަސްޓު 2022

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު