Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޒައިތޫނި ތެލުގެ ފައިދާ

ޒައިތޫނި ތެލުގެ ފައިދާ

ހުޅަނގަށް ޒައިތޫނި މޭވާ ފެތުރިގެން ދިޔައީ ރޯމަނުންގެ ފަރާތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 08:23
ޒައިތޫނި އެކި ގޮތްގޮތަށް ބޭނުންކުރާއިރު، ޒައިތޫނި ތެލަކީވެސް އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއް

ޒައިތޫނި އެކި ގޮތްގޮތަށް ބޭނުންކުރާއިރު، ޒައިތޫނި ތެލަކީވެސް އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއް

އޮލިވްސް ނުވަތަ ޒައިތޫންޏަކީ މެދު އިރުމަތިން މަޝްހޫރުވެގެން ދިޔަ މޭވާއެކެވެ. މީގެ 8000 އެއްހާ އަހަރު ކުރިން ފެށިގެން އެކި ބޭނުންތަކުގައި ޒައިތޫނި ބޭނުން ކުރަމުންދާއިރު، ޤަދީމީ ގްރީކް މީހުންވެސް ގިނަ އަދަދަކަށް ޒައިތޫނި ބޭނުންކޮށް އުޅުނެވެ.

ހުޅަނގަށް ޒައިތޫނި މޭވާ ފެތުރިގެން ދިޔައީ ރޯމަނުންގެ ފަރާތުންކަމަށް ތާރީޚީ ލިއުންތަކުން ދައްކައެވެ.

ޒައިތޫނި އެކި ގޮތްގޮތަށް ބޭނުންކުރާއިރު، ޒައިތޫނި ތެލަކީވެސް އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ހީޓްއާއި ތަފާތު އެކި ކެމިކަލްތައް ބޭނުން ނުކޮށް، ޤުދުރަތީ އުފެއްދުންތަކާއެކު ތައްޔާރުކުރާ މި ތެލަކީ އޭގައި އެތައް ގިނަ ބޭނުންތަކެއްވެސް ހިފޭ އެއްޗެކެވެ.

ކެއުމުގައި ޒައިތޫނި ތެޔޮ ބޭނުން ކުރުމަކީ ހިތުގެ ބަލިތަކާއި، ޑައިބެޓީސް އާއި، ކެންސަރުގެ އިތުރުން، ނޭވާ ހިއްލުން ފަދަ ކަންކަމާވެސް ދުރުކޮށްދޭ ކަމެއްކަމަށް ދި ހެލްތް ބްލޮގްގައި ޝާއިއުކޮށްފައިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަޓަރާއި، މާޖިރީން ނުވަތަ މަޔޮނައިޒްގެ ބަދަލުގައި ޒައިތޫނި ތެޔޮ ބޭނުން ކުރުމުން ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

ދުވާލެއްގެ މައްޗަށް ސައި ސަމުސަލެއްގެ ޒައިތޫނި ތެޔޮ ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ބޭނުންކުރާނަމަ، ހިތުގެ ބަލިތައް ޖެހުން 15 އިންސައްތައަށް ދަށް ކޮށްދެއެވެ.

ތެޔޮ ހޫނު ކުރުމުން އޭގެ ޒާތައް ބަދަލު އައިސް ކެންސަރާ ހަކުރު ބައްޔާއި ހިތުގެ ބަލި ފަދަ ނުރައްކާތެރި ބަލިތަކަށް މަގު ފަހި ކުރާ ކެމިކަލްތައް އުފެދޭކަން ހާމަވާ އެތައް ދިރާސާއެއް މީގެ ކުރިން ވަނީ ޝާއިއު ކޮށްފައެވެ.

ތަޖުރިބާކާރުން ބުނަނީ، ތެޔޮ ހޫނު ކުރުމުން އުފެދޭ ނުރައްކާތެރި ކެމިކަލްތައް ބިނާ ވަނީ އެ ތެލެއްގެ މޮޅު ދެރަ މިނަށާއި ތެޔޮ ހޫނުވާ ނިސްބަތެއްގެ މައްޗަށް ކަމުގައެވެ.

ތެޔޮ ހޫނު ވުމުން ނުރައްކާތެރި ކެމިކަލްތައް އުފެދޭކަން ފާހަގަ ވެފައިވާއިރު، ޒައިތޫނި ތެޔޮ މި ގޮތުން ނިސްބަތުން އެންމެ ރަނގަޅުވަނީ އޭގައި މަތީ މިންވަރަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވިފައިވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފުރަތަމަ ޒައިތޫނި ތެޔޮ އުފެއްދީ ސްޕެއިނުން ކަމަށްވެއެވެ. އެއަށްފަހު އިޓަލީއާއި ގްރީސްއިންވެސް ޒައިތޫނި ތެޔޮ އުފެއްދިއެވެ. މިހާރު އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައިވެސް ފުޅާ ދާއިރާއެއްގައި ޒައިތޫނި ތެޔޮ އުފައްދާއިރު، އެކި ޤައުމުތަކުގައި އުފައްދާ ތެލުގައިވެސް ތަފާތުތަކެއް ހުރެއެވެ.

ހެލްތްލައިންކޮމަން ހެލްތު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

07 އޮކްޓޯބަރު 2023
ބަރަބޯ އޮށުގެ ފައިދާ

ބަރަބޯ އޮށުގެ ފައިދާ

15 ޖެނުއަރީ 2023
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

15 ސެޕްޓެމްބަރު 2022
ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ

ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ

02 އޯގަސްޓު 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު