Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުޅަހެޔޮ ސިއްޙަތު

ކާ އެއްޗެހީގެ ސަބަބުންވެސް މޫޑް ރަނގަޅު ކޮށްލެވިދާނެ

8 ޖުލައި 2022 | ހުކުރު 08:27

ސަލްމަން އަކީވެސް އޮމެގާ 3 ފެޓީ އެސިޑް އެކުލެވޭ ބާވަތުގެ މަހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2022 | ހުކުރު 08:27
ސްކައިފޯލް ރެސްޓޯރަންޓް

ސްކައިފޯލް ރެސްޓޯރަންޓް

ކެއުމަށް ބޭނުންކުރާ ތަކެތީގެ ސަބަބުންވެސް މީހާގެ މޫޑަށް ބަދަލު އަންނަކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ދި ހެލްތް ބްލޮގްގައި ބަޔާންކޮށްފައިވާ ގޮތުން ސިއްޙަތު ރަނގަޅު ދުޅަހެޔޮ ޑައިޓަކަށް ބަދަލު ކޮށްލުމަކީ މީހާގެ ސިކުނޑިއާއި މޫޑަށްވެސް އޭގެ ރަނގަޅު އަސަރު ކުރާ ކަމެކެވެ.

އެކަމާ ގުޅޭ ދިރާސާއަކާއި ޙަވާލާދީ ހެލްތް ބްލޮގްގައި ރިޕޯޓުކޮށްފައިވާ ގޮތުން، މީހާ ހިތާމަ ކުރުމާއި މާޔޫސްވުމުގެ އިތުރުން، ޑިޕްރެޝަން ފަދަ ނަފްސާނީ ޙާލަތްތަކުން އަރައިގަތުމުގައިވެސް މީހާގެ ކެއުމަށް ބަދަލު ގެނައުން މުހިއްމު ރޯލެއް އަދާ ކުރެއެވެ. މިސާލަކަށް ޖަންކް ފުޑާއި އެކި ބާވަތްތަކުގެ ތައްޔާރީ ކާނާތައް ބޭނުން ކުރުމާއި، ސިއްޙީ ގޮތުން ދުޅަހެޔޮ ކާނާގެ ބާވަތްތައް ބޭނުން ކުރުމުން މީހާގެ ސިކުނޑިއާއި ހިތްހަމަޖެހުމަށް އަސަރު ކުރާ މިންވަރު ތަފާތުކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުން، ކާތަކެއްޗާއި މީހާގެ މޫޑާއި ގުޅޭ ސައިންޓިފިކް ސަބަބުތައްވެސް ބައިވަރެވެ. އެގޮތުން މީހާއަށް އުފާވެރިކަން ގެނެސްދޭ ހޯރމޯނެއްކަމަށްވާ "ސެރޮޓޮނިން" ގެ 90 އިންސައްތަ އުފައްދައިދެނީ ބަނޑުގައި ހިމެނޭ "ގަޓް މައިކްރޯބް" ތަކުންނެވެ.

މިސާލަކަށް ބިހަކީ މީހާގެ ހަށިގަނޑަށް އެމިނޯ އެސިޑް ގެ ބާވަތެއް ކަމަށްވާ "ކްރިޕްޓޮފަން" ލިއްބައިދޭ އެއްޗެކެވެ. އެއީވެސް ސެރޮޓޮނިން އުފެއްދުމުގައި އެހީއަަކަށްވާ މާއްދާއެކެވެ. އޭގެ އެއް މިސާލަކީ ޕިސްޓާޝިއޯ ކެއުމެވެ.

ސަލްމަން އަކީވެސް އޮމެގާ 3 ފެޓީ އެސިޑް އެކުލެވޭ ބާވަތުގެ މަހެކެވެ. އޭގެ ސަބަބުން ސިކުނޑިއާއި، ސިކުނޑީގެ އެކި މަސައްކަތްތަކަށް ލުއި ފަސޭހަވެ، މީހާގެ މޫޑަށްވެސް އޭގެ ރަނގަޅު އަސަރު ކުރެއެވެ.

ކެޝިއު ނަޓްއަކީ ހަށިގަނޑަށް "ޒިންކް" ލިއްބައިދޭ އެއްޗެކެވެ. ސިއްޙީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޒިންކް މަދުނަމަ، ޑިޕްރެޝަނަށް މަގުފަހިވުމަށް އެކަށީގެންވެއެވެ.

ބަރަބޯ އޮށަކީވެސް ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. މެގްނީޝިއަމް މާއްދާއިން މުއްސަނދި ވެފައިވާ ބަރަބޯ އޮށް ކެއުމަކީ މީހާގެ މޫޑާއި ގުޅޭ ގޮތުން އަންނަ ބަދަލުތަކާއި ނުހަނު ބޮޑަށް ގުޅިގެންދާ ކަމެއްކަމަށް ސިއްޙީ މާހިރުން ބުނެއެވެ.

ޔޯގަޓަކީ ހަށިގަނޑަށް ކެލްޝިއަމް ލިއްބައިދޭ އެއްޗެކެވެ. ހަށިގަނޑުން ކެލްޝިއަމް މަދުވުމަކީ ޑިޕްރެޝަނާއި ގުޅުންހުރި އަލާމާތެއްކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

މިއީ ހައްތަހާވެސް މީހާގެ މޫޑު އިތުރަށް ރަނގަޅު ކޮށްލުމަށް ކެއުމުގައި ހިމެނިދާނެ ބާވަތްތަކެވެ.

ކޮމަން ހެލްތުކާބޯތަކެތި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

23 ސެޕްޓެމްބަރު 2025
މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި
18 ސެޕްޓެމްބަރު 2024

މާބޮޑަށް ދެރަވީމަ ކާހިތްވޭތަ؟

18 ސެޕްޓެމްބަރު 2024
މާބޮޑަށް ދެރަވީމަ ކާހިތްވޭތަ؟
24 ޖުލައި 2024

މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!

24 ޖުލައި 2024
މަސްކޮޅެއް ނުކެޔަސް ޕްރޮޓީންސް ހޯދިދާނެ ފަސް ގޮތެއް!
17 މެއި 2024

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

17 މެއި 2024
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
09 މެއި 2024

ބާކީ ހުރި ބަތްކޮޅަށް ގޮތެއް ހެދުމުގެ ކުރިން މި ކިޔާލަބަލަ!

09 މެއި 2024
ބާކީ ހުރި ބަތްކޮޅަށް ގޮތެއް ހެދުމުގެ ކުރިން މި ކިޔާލަބަލަ!
30 ނޮވެމްބަރު 2023

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

30 ނޮވެމްބަރު 2023
ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!
04 ނޮވެމްބަރު 2022

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ
15 ސެޕްޓެމްބަރު 2022

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

15 ސެޕްޓެމްބަރު 2022
ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ
15 ޖުލައި 2022

މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް

15 ޖުލައި 2022
މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް
13 ޖުލައި 2022

ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް

13 ޖުލައި 2022
ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް