Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމޭބިސްކަދުރުގެ ފައިދާ

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

ޔޫވީ ދޯދިތަކުން ހަންގަނޑު ރައްކާތެރި ކޮށްދިނުމަށް އެހީވެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 10:15
މޭބިސްކަދުރުގެ ސަބަބުން ހަންގަނޑުގެ ސެލްތަކުގެ ޑީއެންއޭ ހަލާކުވުން ދުރުކޮށްދޭ

މޭބިސްކަދުރުގެ ސަބަބުން ހަންގަނޑުގެ ސެލްތަކުގެ ޑީއެންއޭ ހަލާކުވުން ދުރުކޮށްދޭ

މެބިސްކަދުރަކީ އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެކެވެ. މޭބިސްކަދުރު ކެއުމަކީ އިރުން ފޮނުވާ އަލްޓްރާ ވައިލެޓް (ޔޫވީ) ދޯދިތަކުން ހަންގަނޑު ރައްކާތެރި ކޮށްދިނުމުގައި ބޭނުންތެރި އެއްޗެއްކަން ދިރާސާތަކުން ދައްކައެވެ. އެގޮތުން މޭބިސްކަދުރުގައި ހުންނަ ޤުދުރަތީ މާއްދާއެއްކަމަށްވާ ޕޮލީފިނޯލްގެ ސަބަބުން ހަންގަނޑަށް އެ ފައިދާތައް ލިއްބައިދޭކަމަށް "ދި ހެލްތް ބްލޮގް" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވެއެވެ.

މޭބިސްކަދުރެކޭ އެއްގޮތަށް މޭބިސްކަދުރުގެ ޖޫސް ބުއިމަކީވެސް ޔޫވީ ދޯދިތަކުން ހަންގަނޑު ރައްކާތެރި ކޮށްދިނުމަށް އެހީވެދޭ އެއްޗެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ޔޫވީ ދޯދިތަކުން ހަންގަނޑު އަންދާ މިންވަރުގައި ތަފާތުތަކެއް ހުންނަކަމަށް މޭބިސްކަދުރު ބޭނުންކުރާ މީހުންނާއި ނުކުރާ މީހުންނާ ދެމެދުގައި ހެދި ދިރާސާއަކުން ދައްކައެވެ.

އެކަމުގެ އިތުރު ތަހުލީލުތައް ކުރުމަށް ހެދި "ސްކިން ބަޔޮޕްސީ" ގެ ނަތީޖާތައް ދައްކާ ގޮތުން، މޭބިސްކަދުރުގެ ސަބަބުން ހަންގަނޑުގެ ސެލްތަކުގެ ޑީއެންއޭ ހަލާކުވުން ދުރުކޮށްދެއެވެ.

އެފަދަ ކަންކަމަކީ ހަމުގެ ބަލިތަކާއި ހަމުގެ ކެންސަރުން ދުރުކޮށްދޭ ކަންކަން ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

އަތްވަށް ނުކުތުމުގެ ކުރިން ސަންސްކްރީން ބޭނުން ކުރުމެކޭ އެއްގޮތަށް ކެއުމުގައި މޭބިސްކަދުރު ބޭނުން ކުރުމަކީވެސް ހަމަ ނުހަނު ފައިދާތައް ލިއްބައިދޭ ކަންކަން ކަމަށް އެ ބްލޮގްގައި ޝާއިއުކޮށްފައިވެއެވެ.

ދިރާސާތައް ދައްކާގޮތުން މޭބިސްކަދުރު ކެއުމަކީ ލޮނުގެ ފެނުންވެސް ވަރުގަދަ ކޮށްދޭ ކަމެކެވެ. އެގޮތުން މޭބިސްކަދުރު ކެއުމުން ލޮލުގެ ރެޓިނާގެ ބާރު ގަދަވެ، ފެނުން އިތުރަށް ރަނގަޅު ކުރުމަށްވެސް ބާރަކަށްވެގެން ދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މޭބިސްކަދުރުގެ ސަބަބުން މި ފައިދާތައް ލިއްބައިދެނީ މޭބިސްކަދުރުގައި ހުންނަ އެންޓި-އޮކްސިޑެންޓް ބާރުގެ ސަބަބުންނެވެ.

ޒުވާން އުމުރުގައި ހަނދާން ނެތުމުގެ މައްސަލަ ދިމާވާ މީހުންނަށްވެސް މޭބިސްކަދުރުގެ ފައިދާތައް ގިނައެވެ. އެގޮތުން 6 މަސް ވަންދެން ދުވާލަކު ދެފަހަރު ކެއުމުގައި މޭބިސްކަދުރުގެ ބާވަތެއް ބޭނުން ކުރުމަކީ ސިކުނޑީގެ އެކި ހިސާބުތަކަށް ބޭނުންވާ މުހިއްމު މާއްދާތައް ލިއްބައިދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެ ހިސާބުތަކުގެ ބްރެއިން-އެކްޓިވިޓީ އިތުރުކޮށްދީ، ސިކުނޑީގެ ސެލްތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެކަމުގެ ސަބަބުން އެހީއަކަށް ވެގެންދެއެވެ.

މޭބިސްކަދުރުކޮމަން ހެލްތު

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2022

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ
15 ޖުލައި 2022

މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް

15 ޖުލައި 2022
މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް
13 ޖުލައި 2022

ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް

13 ޖުލައި 2022
ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް
11 ޖުލައި 2022

ޒައިތޫނި ތެލުގެ ފައިދާ

11 ޖުލައި 2022
ޒައިތޫނި ތެލުގެ ފައިދާ
10 ޖުލައި 2022

ހިތާއި ބިސް

10 ޖުލައި 2022
ހިތާއި ބިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު