Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފޮނިތޮށިން ލިބޭ ފައިދާ

ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް

ފޮނިތޮށި ތަފާތު އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2022 | ބުދަ 08:36
ފޮނިތޮށި- ފޮނިތޮށި ތަފާތު އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރޭ

ފޮނިތޮށި- ފޮނިތޮށި ތަފާތު އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރޭ

ދިރާސާތަކުން ދައްކާ ގޮތުގައި ފޮނިތޮށި ކެއުމަކީ ބައެއް ބާވަތްތަކުގެ ބެކްޓީރިއާއިން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން އަނގައިގެ އިންފެކްޝަންތަކާއި، ހިރުގަނޑުގެ މައްސަލަތަކާއި، ދަތުގެ މައްސަލަތަކުގެ އިތުރުން، އަނގައިން ނުބައިވަސް ދުވުން ފަދަ ކަންކަމުން ދުރުވުމަށް ނިކަން މޮޅު ފަރުވާއެކެވެ.

ފޮނިތޮށި ނުވަތަ އިނގިރޭސި ބަހުންނަމަ "ސިނަމަން" ގައި އެކުލެވޭ "ސިނަމަލްޑިހައިޑް" އަކީ އޭގެ ޒާތުގައިވެސް ބެކްޓީރިއާއިން ދިފާއުވުމުގެ ބާރު ލިއްބައިދޭ މާއްދާއެކެވެ. އޭގެ ސަބަބުން އަނގައިގައި ހުންނަ ބެކްޓީރިއާވެސް މަރާލައެވެ.

އޭގެ އެއް މިސާލަކީ ސިނަމަން ރަހަ ލިއްބައިދޭ ޗުއިންގަމެވެ. އެއީވެސް އަނގައިގައި ހުންނަ ނުބައިވަސްގަނޑު ކަނޑުވާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ސިނަމަލްޑިހައިޑްގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށްވެސް މަގުފަހިކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރު މަތިވުން ދުރުކޮށްދީ ލޭގެ ހިނގުންވެސް ފަސޭހަ ކޮށްދެއެވެ. ހަމައެއާއެކު، ހަށިގަނޑުގެ ޓިޝޫތައް މަރާމާތު ކުރުމުގައި އެހީވެދޭއިރު، އެކަމުގެ ސަބަބުންވެސް ހިތުގެ ޓިޝޫތައް ފަސޭހައިން މަސައްކަތް ކުރުމަށް މަގުފަހިކޮށްދެއެވެ.

ދުފުމުގެ އިތުރުންވެސް ފޮނިތޮށި ތަފާތު އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރެއެވެ.

ހޫނު ކަޅު ސަޔަށް އަޅައިގެންވެސް ފޮނިތޮށި ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކަޅުސައި ނުވަތަ ގްރީންޓީ ބޯއިރު، އެއް ނުވަތަ ދެ ސައި ސަމުސާގެ ހިމުންކުރި ފޮނިތޮށި އެޅިދާނެއެވެ.

ފޮނިތޮއްޓަކީ ފިހެގެން ކެއުމަށް ބޭނުންކުރާ ފޮނި ކާއެއްޗެހީގެ ރަހަވެސް އިތުރަށް ފުރިހަމަ ކޮށްލާ އެއްޗެކެވެ. ބޭކިންގ ރެސިޕީތަކަށް ފޮނިތޮށި އިތުރު ކޮށްލުމަކީ ކޮށްލެވިދާނެ ކަމެކެވެ.

ސީރިއަލް ކެއުމުގައިވެސް ފޮނިތޮށި އިތުރު ކޮށްލެވިދާނެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ސީރިއަލް ނުވަތަ އޯޓްމީލް ބޭނުންކޮށްގެން ހެނދުނުގެ ނާސްތާ ނަގާއިރު، އެ ތައްޓަށް ކުޑަ ފޮނިތޮށިކޮޅެއް އެޅުމަކީ ސިއްޙީ ގޮތުންވެސް އޭގެ ފައިދާ ލިއްބައިދޭނެ ކަމެކެވެ.

ސޫޕް ތައްޔާރުކުރާއިރުވެސް މީހުން ފޮނިތޮށި ބޭނުން ކުރެއެވެ. އެގޮތުން ސޫޕް ތައްޔާރުކުރާއިރު، ފޮނިތޮށި ކޮޅެއް ބިންދާލުމަށްފަހު ސޫޕްގެ ތެރެއަށް އަޅައިގެން ހޫނު ކުރެވިދާނެއެވެ.

އެންމެ ސައިސަމުސަލެއްގެ މުގުރި ފޮނިތޮށިންވެސް ހަށިގަނޑަށް ބޭނުންވާ 68 އިންސައްތަ ފައިދާ ލިއްބައިދެއެވެ.

ފޮނިތޮއްޓަކީ ބޭސްވެރިކަމުގައިވެސް ބޭނުންކުރާ އެއްޗެކެވެ. އެހެންނަމަވެސް ފޮނިތޮށި ބޭނުން ކުރުމުގައިވެސް ވަކި މިންގަނޑެއް ގެންގުޅެން ޖެހެއެވެ. ސަބަބަކީ މާ ގިނައިން ފޮނިތޮށި ބޭނުން ކުރުމަކީ ފުރަމޭއަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަކަށްވާތީއެވެ.

ހެލްތްލައިންކޮމަން ހެލްތު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2023

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

07 އޮކްޓޯބަރު 2023
ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟
15 ޖެނުއަރީ 2023

ބަރަބޯ އޮށުގެ ފައިދާ

15 ޖެނުއަރީ 2023
ބަރަބޯ އޮށުގެ ފައިދާ
04 ނޮވެމްބަރު 2022

ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ

04 ނޮވެމްބަރު 2022
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ
15 ސެޕްޓެމްބަރު 2022

ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ

15 ސެޕްޓެމްބަރު 2022
ކަންކަން ހަނދާން ނެތޭނަމަ މޭބިސްކަދުރު ކެވިދާނެ
02 އޯގަސްޓު 2022

ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ

02 އޯގަސްޓު 2022
ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު