Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުކުޅު ބިހުގެ އަގު އުފުލުން

މާލޭގައި ކުކުޅު ބިހުގެ ސަޕްލައިދަށްވެ، ބިހުގެ ތާށިކަން ބޮޑުވެއްޖެ

މާލޭގެ ގިނަ ފިހާރަތަކަށް ބިހުގެ އައު ޝިޕްމެންޓެއް ބުރާސްފަތި ދުވަހުގެ ހެނދުނު ލިބޭނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 27 ޑިސެމްބަރު 2023 | ބުދަ 14:34
ކުކުޅު ބިސް

ކުކުޅު ބިސް

މާލެއަށް ކުކުޅު ބިހުގެ ޑިމާންޑާ އެއްވަރަށް ބިސް ނުލިބި، ބިހުގެ ސަޕްލައި ދަށްވެއްޖެއެވެ.

ބުދަ ދުވަހު މާލޭގެ ބައެއް ބޮޑެތި ފިހާރަތަކުން މީހަކަށް ފަސް ބިހުގެ ރޭޓުން ކުކުޅު ބިސް ލިމިޓުކޮށްގެން ވިއްކިއެވެ. އެއާއެކު އާންމުކޮށް 1.75 ރުފިޔާއަށް ލިބޭ ބިހެއް ދެ ރުފިޔާއަށް ނުވަތަ އެއަށްވުރެވެސް ބޮޑުކޮށް ވިއްކިއެވެ.

ބުދަ ދުވަހުގެ ހަވީރުވެސް މާލޭގެ ބާޒާރުމަތީގެ ގިނަ ފިހާރަތަކުން ބިސް ކޭހެއް ވިއްކަމުން އައީ 500 ރުފިޔާއާ 550 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. ބައެއް ތަންތަނުން އެއަށްވުރެވެސް ބޮޑު އަގެއްގައި ވިއްކާއިރު، އެއީ ކޭހެއްގައި ހަމަވާ 210 ބިހުގެ ރޭޓުން ބަލާއިރު، ބިހެއް 2.60 ރުފިޔާއެވެ.

މީގެ ކުރިން އާންމުކޮށް ބިސް ކޭހެއް ވިއްކަމުންދިޔައީ އެންމެ ބޮޑުވެގެން ވެސް 450 ރުފިޔާގެ ރޭޓުންނެވެ. އާންމުކޮށް ސަޕްލައިކުރާ ފިހާރަތަކުން އޭރު ބިސް ކޭހެއް ވިއްކަމުންދިޔައީ 400 ރުފިޔާއާ 420 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

ގިނަ ފިހާރަތަކުން ބިސް ހުސްވެފައިވާއިރު، އެ ފިހާރަތަކުން ފާހަގަކުރިގޮތުގައި ކުކުޅުބިހުގެ ޝިޕްމެންޓެއް ބުދަ ދުވަހުގެ ރޭ، އަދި ބައެއް ފިހާރަތަކަށް ބުރާސްފަތި ދުވަހުގެ ހެނދުނު ލިބޭނެއެވެ. އެއާއެކު ބިހުގެ އަގު އަނބުރައި ކުރިންހުރި އަގަށް ބަދަލުވާނެއެވެ.

ބިސްމާލޭ ވިޔަފާރި ބާޒާރު

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު
14 މާރިޗު 2024

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2024
ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
01 މާރިޗު 2023

އެސްޓީއޯއިން ރޯދައަށް ވިއްކާ ފިޔާ އަދި އަލުވި މިދިޔަ އަހަރަށްވުރެ އަގުހެޔޮ

01 މާރިޗު 2023
އެސްޓީއޯއިން ރޯދައަށް ވިއްކާ ފިޔާ އަދި އަލުވި މިދިޔަ އަހަރަށްވުރެ އަގުހެޔޮ
10 ޖުލައި 2022

ހިތާއި ބިސް

10 ޖުލައި 2022
ހިތާއި ބިސް
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު