Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަލްޓިއޭ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވުން

ގަލްޓިއޭ ބޭނުންވަނީ ނޭމާ ޕީއެސްޖީގައި މަޑުކުރަން

ޕީއެސްޖީގެ ކޯޗުކަމަށް ގަލްޓިއޭ ހަމަޖެއްސިކަން އިއުލާންކުރީ އަންގާރަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2022 | ބުދަ 05:43
ޕީއެސްޖީގެ އައު ކޯޗު ގަލްޓިއޭ

ޕީއެސްޖީގެ އައު ކޯޗު ގަލްޓިއޭ

އޭނާ ބޭނުންވަނީ ނޭމާ ޖޫނިއަރ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި މަޑުކުރަން ކަމަށް އެ ޓީމުގެ އައު ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފިއެވެ.

އެ މަގާމަށް ގަލްޓިއޭ ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށްފަހުއެވެ. ޕޮޗެޓީނޯ މަގާމުން ވަކިކޮށްފައިވަނީ ޕީއެސްޖީން އޭނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ.

ޕީއެސްޖީން ވަނީ އެ ޓީމުގެ އައު ކޯޗެއްގެ ގޮތުހައި ގަލްޓިއޭ ހަމަޖެއްސިކަން އަންގާރަ ދުވަހު ރަސްމީކޮށް އިއުލާންކޮށްފައެވެ. ޕީއެސްޖީގެ ކޯޗުކަމާ އޭނާ ހާވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެއެވެ.

ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ ޕީއެސްޖީގެ ސްޕޯޓަރުން އުފާކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭނީ އެންމެން އެކުގައި ކަމަށެވެ. އޭނާ ބުނީ އެކަނި އެ މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގެ ކޯޗުކަމަކީ ވަރަށް ކެތްތެރިވެގެން ކުރެވޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ގަލްޓިއޭ ބުނީ ކުޅުންތެރިން ޕީއެސްޖީއަށް ގެނައުމާ ބެހޭ ގޮތުން އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސްއާ ވާހަކަ ދެއްކިކަމަށެވެ. އޭނާ ބުނީ ތަށި ކާމިޔާބުކުރުމަށް ޕީއެސްޖީއަށްވުރެ ރަނގަޅު އެހެން ޓީމެއް ނޯންނާނެކަމަށެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއާ ގުޅޭ ގޮތުން އޭނާ ބުނީ، ބޭނުންވަނީ ނޭމާ ޕީއެސްޖީގައި މަޑުކުރަން ކަމަށެވެ. ނޭމާއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްކަން ފާހަގަކުރަމުން ގަލްޓިއޭ ބުނީ ދުނިޔޭގެ ހުރިހާ ކޯޗުން ވެސް ނޭމާ ކަހަލަ ޓޮޕް ކުޅުންތެރިން ބޭނުންވާނެ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ ޕީއެސްޖީގައި އޭނާގެ ޕްލޭންގައި ނޭމާއަކީ ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕޮޗެޓީނޯ މަގާމުން ވަކިކޮށް، އެ މަގާމަށް ގަލްޓިއޭ ހަމަޖެއްސުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޕީއެސްޖީއަށް ކާމިޔާބު ނުކުރެވުމެވެ.

ޕީއެސްޖީނޭމާ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު