Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީއަށް އައު ކޯޗެއް ހޯދުން

ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކޮށްފި

5 ޖުލައި 2022 | އަންގާރަ 12:05

ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕީއެސްޖީ 84 މެޗު ކުޅުނު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 ޖުލައި 2022 | އަންގާރަ 12:05
މައުރީސިއޯ ޕޮޗެޓީނޯ

މައުރީސިއޯ ޕޮޗެޓީނޯ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށްފިއެވެ.

ޕޮޗެޓީނޯ މަގާމުން ދުރުކުރީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕޮޗެޓީނޯ މަގާމުން ދުރުކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޕީއެސްޖީއަށް ކާމިޔާބު ނުކުރެވުމެވެ.

ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް އޭނާ ވަނީ 2020 ވަނަ އަހަރުގެ ޓްރޮފީ ޑެސް ޗެމްޕިއަންސް އަދި މިދިޔަ ސީޒަންގެ ކޫޕް ޑި ފްރާންސްއާއި ފްރާންސް ލީގު ކާމިޔާބުކޮށްދީފައެވެ. ޕޮޗެޓީނޯ މަގާމުން ދުރުކުރިކަން ޕީއެސްޖީން ރަސްމީކޮށް އިއުލާނުކުރީ އަންގާރަ ދުވަހު އެކްލަބުން ނެރުނު ބަޔާނެއްގައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްޖީއާ ހަވާލުވި ޕޮޗެޓީނޯ ޓީމަށް ކޮށްދިން މަސައްކަތަށްޓަކައި އެކްލަބުން ޝުކުރު އަދާކުރިއެވެ. ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕީއެސްޖީ 84 މެޗު ކުޅުނެވެ.

ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކޮށްފައިވާއިރު، އެމަގާމަށް ގެނައުމަށް ހަމަޖެހިފައިވަނީ ކްރިސްޓޮފް ގަލްޓިއޭއެވެ. މި ހަފުތާގެ ތެރޭގައި ގަލްޓިއޭއާ ޓީމު ހަވާލުކޮށް އެކަން ރަސްމީކޮށް ހާމަކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގަލްޓިއޭ ވަނީ 2020/21 ވަނަ ސީޒަންގައި ލިލްއަށް ފްރާންސް ލީގު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން، މިދިޔަ އަހަރު އޭނާ ކޯޗުކޮށްދިނީ ފްރާންސް ލީގުގައި ކުޅެމުން އަންނަ ނީސްއަށެވެ. ރިޕޯޓުތައް ބުނާގޮތުން ގަލްޓިއޭއާއެކު ޕީއެސްޖީން ހަދާނީ ދެއަހަރުގެ އެއްބަސްވުމެކެވެ. ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވުމަށްފަހު ގަލްޓިއޭގެ އެންމެ ބޮޑު ޓާސްކަކަށް ވާނީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބުކޮށްދިނުމެވެ.

ޕީއެސްޖީމައުރީސިއޯ ޕޮޗެޓީނޯކްރިސްޓޮފް ގަލްޓިއޭ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް