Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

ޕޮޗެޓީނޯ ބުނީ، މީގެ ގާތް ގަނޑަކަށް ހަ އަހަރު ނުވަތަ ފަސް އަހަރު ފަހުން، އަލުން އޭނާ ޓޮޓެންހަމަށް ދާން ބޭނުންވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މާރިޗު 2025 | ބުރާސްފަތި 05:46
އެމެރިކާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯ

އެމެރިކާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯ

އަލުން އަނބުރާ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމަށް އިރުޝާދު ދިނުމަކީ އޭނާގެ އުންމީދެއް ކަމަށް، އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އުމުރުން 53 އަހަރުގެ ޕޮޗެޓީނޯ މިވަގުތު އިރުޝާދު ދެމުން އަންނަނީ އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމަށެވެ. މިދިޔަ އަހަރު އެމެރިކާގެ ކޯޗުކަމާ އޭނާ ހަވާލުވީއިރު، އެމެރިކާ އަކީ އޭނާ އިރުޝާދު ދޭ ފުރަތަމަ ޤައުމީ ޓީމެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، މިވަގުތު އޭނާ ހުރީ އެމެރިކާ ޤައުމީ ޓީމުގައި ކަމަށާއި، މިވަގުތު ބޭނުން ވަނީ އެ ޓީމާ އެކު ކުރިއަށް ގޮސް، ކާމިޔާބީތަކެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ.

ނަމަވެސް، އަނެއްކާ ވެސް އަލުން އެނބުރި ޓޮޓެންހަމަށް އިރުޝާދު ދޭން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެގޮތުން ޕޮޗެޓީނޯ ބުނީ، މީގެ ގާތް ގަނޑަކަށް ހަ އަހަރު ނުވަތަ ފަސް އަހަރު ފަހުން، އަލުން އޭނާ ޓޮޓެންހަމަށް ދާން ބޭނުންވާ ކަމަށެވެ.

އެސްޕަންޔޯލް އިން ކޯޗިން ކެރިއަރު ފެށި ޕޮޗެޓީނޯ ވަނީ، ފަސް އަހަރު ވަންދެން ޓޮޓެންހަމަށް އިރުޝާދު ދީފަ އެވެ. އެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން 293 މެޗުގައި ޓޮޓެންހަމަށް އިރުޝާދު ދިނުމަށްފަހު، 2019 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު 293 މެޗުގެ ތެރެއިން، އެ ޓީމު ވަނީ 159 މެޗުން މޮޅުވެފަ އެވެ. 62 މެޗު އެއްވަރުވެފައިވާއިރު، 72 މެޗުން ވަނީ ބަލިވެފަ އެވެ.

މީގެ އިތުރުން އޭނާގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ވަނީ އެ މުބާރާތެއްގެ ފައިނަލްގައި ކުޅެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ކަރަބޯ ކަޕްގެ ފައިނަލްގައި ކުޅުނުއިރު، 2019 ވަނަ އަހަރު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

ޓޮޓްނަމް ހޮޓްސްޕަރމައުރީސިއޯ ޕޮޗެޓީނޯ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު