Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިސްޓެންސަން އާއި ކެސިއޭ ބާސާއަށް

ބާސެލޯނާއިން ކްރިސްޓެންސަން އާއި ކެސިއޭގެ ސޮއި ހޯދައިފި

ދެ ކުޅުންތެރިން ވެސް ބާސެލޯނާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖުލައި 2022 | އަންގާރަ 05:54
ކްރިސްޓެންސަން

ކްރިސްޓެންސަން

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާސެލޯނާއިން ދެ ކުޅުންތެރިއެއްގެ ސޮއި ހޯދައިފިއެވެ.

ބާސާއިން ސޮއި ހޯދި ކުޅުންތެރިންނަކީ ޗެލްސީއަށް ކުޅެމުން އައި ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އަައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ. މި ދެ ކުޅުންތެރިން ވެސް ބާސާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގައި، ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކްރިސްޓެންސަން ބާސާއާ ގުޅުނުއިރު އޭނާ ޗެލްސީއާއެކު ހަދާފައިވަ އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. 26 އަހަރުގެ ކްރިސްޓެންސަން އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2014 ވަނަ އަހަރު ޗެލްސީއިންނެވެ. ޗެލްސީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 161 މެޗު ކުޅެދީ، ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ޑެންމާކުގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކްރިސްޓެންސަން ވަނީ ގައުމީ ޓީމަށް ކުޅެދިން 56 މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މީގެ އިތުރުން ދެން ބާސާއާ ގުޅުނު 25 އަހަރުގެ ކެސިއޭ ވަނީ އޭސީ މިލާނަށް 224 މެޗު ކުޅެދީ 39 ލަނޑު ޖަހައިދީފައެވެ. އޭސީ މިލާނުން ނިމުނު ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދިއިރު، އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ކެސިއޭ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އައިވަރީ ކޯސްޓްގެ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 58 މެޗު ކުޅެދީ ހަ ލަނޑު ޖަހާފައެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބާސާއިން އަންނަނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލޭންޑުގެ ރޮބާޓް ލެވަންޑޯސްކީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ލެވަންޑޯސްކީ ވަނީ އޭނާ ބަޔާން ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ.

ބާސެލޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު