Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ވޮލީބޯޅަ ލީގު 2022

ނަލަގެ ތައުރީފު ސިޓީގެ ބިދޭސީ ކުޅުންތެރިންނަށް

ސިޓީގައި ހިމެނޭ ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރ ހަރްދީފް ސިންގް، ވިނީތު ކުމާރު އަދި ސެޓަރ ވިޔާނަކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2022 | އާދީއްތަ 10:05
ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު

ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު

ސްޕޯޓްސް ކުލަބް ސިޓީއަށް ލިބުނު ބިދޭސީ ތިން ކުޅުންތެރިންނަށް އެ ޓީމުގެ ކޯޗު ޙުސެއިން ޝަރީފް (ނަލަ) ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

ވޮލީ ސީޒަނަށް ގެނެވުނު ބަދަލާއެކު ސިޓީއަށް ލިބުނު ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރ ހަރްދީފް ސިންގް، ވިނީތު ކުމާރު އަދި ސެޓަރ ވިޔާނަކުއެވެ. މި ތިން ކުޅުންތެރިންނާއެކު ނުކުމެ ސިޓީން ވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕާއި، ޤަައުމީ ވޮލީ ލީގު ކާމިޔާބުކޮށްފައެވެ. މި ތިން ކުޅުންތެރިން ވެސް އަންނަނީ ސިޓީ ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ދާދި ފަހުން ނިމުނު އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު އިންޓަރނޭޝަނަލް ޓެލެންޓަކަށް ހޮވުނީ ވެސް ސިޓީގެ ވިނީތުއެވެ.

ޤައުމީ ލީގުގެ ތަށި ކާމިޔާބުކުރުމަށްފަހު ނަލަ ބުނީ ލިބުނު ކާމިޔާބަށް ޝުކުރު ކުރާ ކަމަށެވެ. ނަލަ ބުނީ ލިބުނު ކާމިޔާބަކީ ޓީމުހެ ހުރިހާ ކުޅުންތެރިންގެ އިތުރުން، ކޯޗިން ސްޓާފުންނާއި، މެނޭޖުމަންޓު އަދި ސިޓީގެ އެންމެހާ ސަޕޯޓަރުންގެ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ. މީގެ އިތުރުން ނަލަ ބުނީ ނަސީބު ކަންދިމާކުރި ގޮތުން ސިޓީއަށް ލިބުނީ ވަރަށް ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ސިޓީއަށް އެހާ ފަސޭހަކަމާއެކު ދެ މުބާރާތް ކާމިޔާބު ކުރެވުމުގެ އެއް ސިއްރަކީ ވެސް އެއީ ކަމަށެވެ.

މީގެ އިތުރުން ނަލަ ބުނީ ޤައުމީ މުބާރާތަށް ވެސް ނުކުންނާނީ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކޮށްގެން އިރާދަކުރެއްވިއްޔާ މޮޅުވާން ކަމަށެވެ. ނަލަ ބުނީ ޤައުމީ މުބާރާތަކީ ވަރުގަދަ މުބާރާތެއް ކަމަށާއި، ޓީމުތައް ވެސް ވަރުގަދަ ވާނެ ކަމަށެވެ. ނަލަ ބުނީ ސެމީ ފައިނަލްގައި ވާދަކުރަންޖެހޭ ދިވެހި ސިފައިންގެ ކުލަބަކީ މޮޅު ޓީމެއް ކަމަށާއި، މެޗަށް ނުކުންނާނީ އެކަން ދަނެގެން ކަމަށެވެ. މީގެއިތުރުން ޓީމު އެކުލަވާލާނީ ވެސް އެކަން ކަމަށް ބަލައިގެން ކަމަށް ނަލަ ވަނީ ބުނެފައެވެ.

ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ވެސް ވަނީ ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުމާއި، އެ މީހުންގެ އަޚުލާގު ރަނގަޅުކަން ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެސް ލިބޭ ކަމަށެވެ.

މީގެ އިތުރުން މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން ވެސް ވަނީ ސިޓީގެ ކުޅުންތެރިންގެ މޮޅު ކުޅުން ފާހަގަކޮށްފައެވެ. ސިޓީގެ އެންމެ ބޮޑު އެއް ތަފާތަކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންކަމަށް އެ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވެއެވެ.

ސީޒަނުގެ ދެ މުބާރާތް ކާމިޔާބުކޮށް، ޤައުމީ މުބާރާތަށް ނުކުންނައިރު، މިއީ ސިޓީގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ކާމިޔާބު އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު