Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަރަކާތުގެ ހަމަނުޖެހުން

ޔޯގާ ހަރަކާތް ހުއްޓުވަން ދިން ހަމަލާއަކީ އިންޑިއާ އައުޓް ކެމްޕެއިނަށް ރައްޔިތުންގެ ތާއިދު ނެތުމުން ކުރި ކަމެއް – އެމްޓީޑީ

ކެމްޕޭނުގައި، އިންޑިއާ އާއި ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ދީނީ އެކި ޖަމާއަތްތަކަށް ހިތްވަރުދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޖޫން 2022 | ބުދަ 09:43
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ވަދެ ހިންގި ހަމަނުޖެހުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ކުށްވެރިކޮށްފިއެވެ.

އެ އަމަލު ކޮށްވެރިކޮށް އެމްޓީޑީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިންޑިއާ އިން އދ އަށް ބައިނަލްއަގުވާމީ ޔޯގާ ދުވަސް ގޮތުގައި 21 ޖޫން ހަމަޖައްސަން 2014 ވަނަ އަހަރު ހުށަހެޅި ގަރާރު ރައީސް އަބްދުﷲ ޔާމީނުގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ކޯ ސްޕޮންސަރ ކުރައްވައި ވޯޓްލައިގެން ފާސްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި 2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަހަކީ ދިވެހި ސަރުކާރާއި އިންޑިއަން ހައިކޮމިޝަން އަދި އދ އާއި ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އިންޑިއާއާމެދު ހިންގަވާ ޒާތީ ކެމްޕޭނުގައި، އިންޑިއާއާ ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދީނީ އެކި ޖަމާއަތްތަކަށް ހިތްވަރުދެއްވައި ހައްދުފަހަނައަޅާފައިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް މިކަންކަން ގެންގޮސްފައިވަނީ ރައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕޭން އެއްވަރެއްގައި ހިފަހައްޓާނުލެވި އަދި ރައްޔިތުންގެ ތާއިދު ނެތި ނާކާމިޔާބުވުމުން ކަމަށެވެ.

މެދުއިރުމަތީގެ މުސްލިމް ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް މި ދުވަސް ފާހަގަކުރި ކަމަށާއި، ނަމަވެސް ސިޔާސީ މަންފާއަށްޓަކައި ޕީޕީއެމުން އަޑީގައި އޮވެ މި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ނަން ކިލަނބުކޮށްފައިވާ ކަމަށް އެމްޓީޑީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޓޫރިޒަމަށް ބަރޯސާވާ އަދި ދުނިޔޭގެ އެންމެންނަށް ސުލްހަވެރި މެމާންދާނީކަން ވިއްކަމުން އަންނަ މި ރީތި ގައުމަށް އެތައް ގެއްލުމެއް މިކަމުގެ ސަބަބުން ވާނެކަމަށް ބުނެފައިވެއެވެ. ދުނިޔެއަށް އިގްތިސާދީ ތަދުމަޑުކަމެއް އައިސް އޮތް ދުވަސްވަރެއްގައި އެންމެން ދިވެހި ގައުމާމެދު ފުންކޮށް ވިސްނަން ޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެފަދަ ސުލްހަވެރި އަމާން ޑިމޮކްރަޓިކް މުޖްތަމައުއެއްގައި މި ބާވަތުގެ ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނެތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ރައީސް ސާލިހު ދައުލަތުގެ އިދާރާތައް މެދުވެރިކުރައްވާ ސީރިއަސް ތަހުގީގެއް ފެށުމަށް އަމިއްލަފުޅަށް އިސްނަންގަވާ ވަގުތުން ނިންމެވި ނިންމެވުމަށް އެ ޕާޓީން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މިފަދަ ކަމެއް ރާއްޖޭގައި ތަކުރާރު ނުވާނޭގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު