Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިވަރުންގެ މުޒާހަރާ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ހޯމަ ދުވަހުން ފެށިގެން ދަރިވަރުން ދަނީ މުޒާހަރާ ކުރަމުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 15 ޖެނުއަރީ 2017 | އާދީއްތަ 22:30
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަން ފަށައިފި އެވެ.

ޔުނިވަރސިޓީގައި މެޑިސިން ކިޔަވަމުންދާ ދަރިވަރަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ދަރިވަރުން މުޒާހަރާ ކުރަމުން ދަނީ އެގައުމުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ދަރިވަރުން ރަޖިސްޓްރީކޮށް ދީފައި ނުވާތީއެވެ.

ކަނޑައެޅިފައި އޮންނަ އުސޫލުން ބަންގްލަދޭޝްގެ މެޑިކަލް ބޯޑުގައި ދަރިވަރުން ރެޖިސްޓްރީ ކުރަނީ ޔުނިވަރސިޓީގެ ފަރާތުންނެވެ.

އެހެން ނަމަވެސް އެ ޔުނިވާރސިޓީގެ 25 އަދި 26 ވަނަ ބެޗްގެ ދަރިވަރުން ޔުނިވަރސިޓީގެ ފަރާތުން ރަޖިސްޓްރީ ކޮށްދީފައި ނުވާއިރު އެކަން ދަރިވަރުންނަށް އަންގާފައިވެސް ނުވާ ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ.

މިހިނގާ ޖެނުއަރީ މަހުގެ 23 ގައި އެމްބީބީއެސް އިމްތިހާންތައް ފަށާއިރު ބަންގްލަދޭޝް މެޑިކަލް ކައުންސިލްގައި ރެޖިސްޓްރީ ނުކޮށްދޭ ހާހެއްހާ ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިޔާ ސްރީ ލަންކާ އަދި ބޫޓާންގެ ދަރިވަރުން ހިމެނެއެވެ.

އެކަމަށް ހައްލެއް ގެނައުމަށް އެހެން ގައުމުތަކުގެ ސަރުކާރުން ޔުނިވާރސިޓީ އާއި ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ބުންޏެވެ.

ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަ ނުވަނީސް ޔުނިވާރސިޓީގައި ކިޔެވުމުގެ ހަރަކާތްތަކާއި އިމްތިހާންތައް ބޭއްވުމަށް ދަރިވަރުންނަށް ފުރުސަތެއް ނުދޭނެ ކަމަށް ވެސް އެ ދަރިވަރު ބުންޏެވެ.

މި މައްސަލާގައި ބަހެއް ހޯދުމަށް ފޮރިން މިނިސްޓްރީއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު