Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަސަން ލަތީފުގެ ކެމްޕެއިން

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

ހަތް ރަށަކަށް ވަޑައިގެންނެވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ޖެނުއަރީ 2017 | ހޮނިހިރު 16:15
ޅ. ކުރެންދޫގައި ހަސަން ލަތީފު އެމްޑީޕީގެ ސަޕޯޓަރުންނާ ހޮނިހިރު ދުވަހު ބައްދަލުކުރަނީ

ޅ. ކުރެންދޫގައި ހަސަން ލަތީފު އެމްޑީޕީގެ ސަޕޯޓަރުންނާ ހޮނިހިރު ދުވަހު ބައްދަލުކުރަނީ

ނ. އަތޮޅާއި ޅ. އަތޮޅަށް ކުރި ދަތުރުން އެނގިގެން ދިޔަ އެންމެ މުހިއްމު ކަމަކީ އެމްޑީޕީގެ އާއްމު މެންބަރުންނާއި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް އިތުރު ކުރަން ޖެހިފައިވުން ކަމަށް ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅާ ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފު ވިދާޅުވީ، މި ދަތުރުން ވަރަށް މުހިއްމު ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމާ މެދު އާއްމު މެންބަރުންގެ ގިނަ ބަޔަކުގެ މެދުގައި ސުވާލު އުފެދިފައިވާކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އާއްމު މެންބަރުންނަށް އެކަމާ މެދު އުފެދިފައިވާ ސުވާލުތައް ވަރަށް ބޮޑަށް ސާފުކޮށްދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހަސަން ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވަރަށް ހަރަކާތްތެރި ޕާޓީ އަކަށްވާއިރު އޭނާ ޗެއާޕާސަންގެ މަޤާމަށް ވަޑައިގެން އަތޮޅުތަކުގެ އެމްޑީޕީ ގޮފިތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.

މިދަތުރުފުޅުގައި ހަސަން ލަތީފު ވަނީ ދެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފަ އެވެ. އެގޮތުން ނ. އަތޮޅު ކުޑަފަރި، މަނަދޫ، މިލަދޫގެ އިތުރުން ވެލިދޫ އަށް ވަޑައިގަތެވެ. އަދި ޅ. ހިންނަވަރާއި ނައިފަރުގެ އިތުރުން ކުރެންދޫ އަށް ވަަޑައިގަތެވެ. މި ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހަސަން ލަތީފު ވަނީ އެމްޑީޕީގެ އާއްމު މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ މެމްބަރުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ވަނީ ހޯއްދަވާފައެވެ.

ހަސަން ލަތީފު ވިދާޅުވީ، މިފަދަ ދަތުރެއްގެ ސަބަބުން އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ. މިއީ އެ މަނިކުފާނުގެ ކެމްޕެއިން ދަތުރެއް ކަމުގައިވީ ނަމަވެސް ދަތުރުގެ ސަބަބުން މުޅި އެމްޑީޕީގެ ހިންގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ލަތީފު ވިދާޅުވީ، ނ. އަތޮޅާ ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގައި އާއްމު މެންބަރުންގެ ތަރުހީބު ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު އަތޮޅުތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ދަތުރުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބަށް އާއްމު މެންބަރުން އަހްލުވެރި ކުރެވިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި

16 އޯގަސްޓު 2017
ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި
19 ޖުލައި 2017

ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

19 ޖުލައި 2017
ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި
10 ޖުލައި 2017

ސިޔާސީ ޕާޓީއެއްގައި ނަން އޮތް ނަމަ، އުނިކޮށްދެއްވުމަށް އެދި އީސީއަށް މެމްބަރު ސައުދު ސިޓީއެއް ފޮނުއްވައިފި

10 ޖުލައި 2017
ސިޔާސީ ޕާޓީއެއްގައި ނަން އޮތް ނަމަ، އުނިކޮށްދެއްވުމަށް އެދި އީސީއަށް މެމްބަރު ސައުދު ސިޓީއެއް ފޮނުއްވައިފި
05 ޖުލައި 2017

މަސީހުގެ އިތުބާރު ނެތް މައްސަލަ: ކެބިނެޓް މިނިސްޓަރުން ސޯޝަލް މީޑިޔާގައި ވަަރަށް ހަރަކާތްތެރި!

05 ޖުލައި 2017
މަސީހުގެ އިތުބާރު ނެތް މައްސަލަ: ކެބިނެޓް މިނިސްޓަރުން ސޯޝަލް މީޑިޔާގައި ވަަރަށް ހަރަކާތްތެރި!
05 ޖޫން 2017

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ

05 ޖޫން 2017
ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު