Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އޭސީސީން ދަނީ ކަންތައްތައް ހިނގި ގޮތް ބަލަމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2017 | ބުރާސްފަތި 15:12
އެމްޕީއެލް: ރިޒާ އަށް ފައިސާ ދިނީ ބޯޑުން ފާސްކޮށްގެން ކަމަށް އެމްޕީއެލް އިން ބުނޭ

އެމްޕީއެލް: ރިޒާ އަށް ފައިސާ ދިނީ ބޯޑުން ފާސްކޮށްގެން ކަމަށް އެމްޕީއެލް އިން ބުނޭ

ޓަގު ބޯޓެއްގެ މައްސަލައިގައި ސެންޓާ އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކަށް 160 މިލިއަން ރުފިޔާ ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި އިރު، އެމްޕީއެލްގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން ކަމަށް ބުނާ މައްސަލައިގައި ކަންތައްތައް ހިނގާފައިވާ ގޮތް އޭސީސީން ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރިޒާ އަށް ފައިސާ ދީފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި 11 ވަނަ ދުވަހު 2.9 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެ ފައިސާ ދޫކޮށްފައިވަނީ އެމްޕީއެލްގެ ވައުޗަރު ނަމްބަރު 01858/16 ވަނަ ނަމްބަރު ވައުޗަރުންނެވެ. ފައިސާ ދޫކުރި ޗެކް ނަމްބަރަކީ 12263 އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައިވަނީ 160 މިލިއަން ރުފިޔާ ސަލާމަތް ކުރުމަށް ވަކާލާތު ކުރުމަށް ކިތަންމެ ބޮޑު ހޭދައެއް ކުރައްވަން ވެސް ތައްޔާރު ކަމަށެވެ. އެގޮތުން ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި އަދި އެވަރުން މައްސަލަ ނުނިމިއްޖެނަމަ ސުޕްރީމް ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް ޖުނައިދު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޖުނައިދު ވިދާޅުވީ ގާނޫނީ ވަކީލު ރިޒާ އަށް ގާނޫނީ ވަކީލުކަމުގެ ފީއެއްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދިނުމަށް ފާސްކުރީ އެމްޕީއެލްގެ ބޯޑުން ކަމަށެވެ.

ސެންޓާ އެންޓަޕްރައިސަސް އަށް 160 މިލިއަން ރުފިޔާ ދެއްކުމަށް އެމްޕީއެލްގެ މައްޗަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ ދެ މައްސަލައެއްގަ އެވެ. އެގޮތުން އެއް މައްސަލައިގައި 138.9 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވާއިރު، އަނެއް މައްސަލައިގައި ހުކުމް ކޮށްފައިވަނީ 21.1 މިލިއަން ރުފިޔާ ދެއްކުމަށެވެ.

އެ ފައިސާއަކީ 2008 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލް އަށް ޓަގު ބޯޓެއް ބަނުމަށް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށް އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވުމުން ޖޫރިމަނާ އާއި އެހެނިހެން ފީތަކުގެ ގޮތުގައި އަރާފައިވާ ފައިސާއެވެ. އެ ޓަގު ބޯޓުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެން ކަމަށް ބުނެ އެމްޕީއެލް އިން ވަނީ އެ މަސައްކަތް ހުއްޓުވާފަ އެވެ. ފުރަތަމަ މައްސަލައަކީ އެމްޕީއެލްގެ ނަމުގައި އެކުންފުނިން ތިލަފުށީގައި ޓަގްބޯޓެއް ބަނދެ ފޯރުކޮށްދިން ޚިދުމަތާއި، އަދި އެ ޓަގުގެ 60 އިންސައްތަ މަސައްކަތް ނިންމުމާއެކު އެކަމަށް ހުށަހެޅި އިންވޮއިސް އަށް އެންމެ ފަހުން ފައިސާ ދެއްކީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގައި ކަމަށް ވާތީ، އެ އިންވޮއިސްގެ ޓާމްސް އެންޑް ކޮންޑިޝަންސްގެ ދަށުން ފައިސާ ނުދައްކައިވާ 1،065 ދުވަހަށް އިންވޮއިސްގެ ޖުމްލަ އަދަދުގައި ބުނާ 13.8 މިލިއަން ރުފިޔާގެ ދެ އިންސަތައް ސާޗާޖެއްގެ ގޮތުގައި އެކު ޖުމްލަ 293.3 މިލިއަން ރުފިޔާ އެމްޕީއެލްގެ އަތުން ހޯދުމަށް ސެންޓާ އެންޓަޕްރައިސަސް އިން ދައުވާ ކުރި މައްސަލަ އެވެ.

ސެންޓަ އެންޓާޕްރައިސަސް އިން ދައުވާކުރި ދެވަނަ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމަށް އެމްޕީއެލް އިން ޓަގް ބޯޓުގެ މަސައްކަތް ހުއްޓުވާފައި އޮތް މުއްދަތުގައި އެކަމަށް ހިނގި އައިޑަލް ޓައިމް ޗާޖަށް ލިބެންޖެހޭ 13.9 މިލިއަން ރުފިޔާ ހޯދުމަށް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ހުށަހެޅި އިންވޮއިސްގެ ދަށުން އައިޑަލް ޓައިމް ޗާޖުގެ ޕްރިންސިޕަލް އެމައުންޓް ނުދައްކާ އޮތް މައްސަލަ އެވެ. އެކުންފުނިން އެދިފައިވަނީ، ހަތް ދުވަހުގެ މުއްދަތެއްގައި ފައިސާ ނުދައްކައިފި ނަމަ، ފައިސާ ނުދައްކާ އިތުރުވާ ކޮންމެ މަހަކަށް 1.6 އިންސައްތަ ސާޗާޖުގެ ގޮތުގައި އިތުރުވަމުންދާނެ ކަމަށް އިންވޮއިސްގައި ބުނާއިރު، ފާއިތުވި 27 މަހަށް ދައްކަންޖެހޭ 6.4 މިލިއަން ރުފިޔާ އާއި އޭގައި ހިމެނޭ ޖީއެސްޓީގެ ގޮތުގައި 834،959 ރުފިޔާއާއެކު ޖުމްލަ 21.1 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ވަނީ 21.1 މިލިއަން ރުފިޔާއަކީ އެމްޕީއެލް އިން ސެންޓާ އެންޓަޕްރައިސަސް އަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ކަނޑައަޅައި ހުކުމް ކޮށްފަ އެވެ. އަލުން އެ ކޯޓުން މައްސަލަ ބަލައި ހުކުމް ކުރީ، ސެންޓާ އެންޓަޕްރައިސަސްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އަލުން އެ މައްސަލަ ބެލުމަށް ހައިކޯޓުން ސިވިލް ކޯޓަށް އެންގުމުންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ، ސެންޓާ ޕްރައިސަސް އިން ދައުވާ ކޮށްފައިވާ ގޮތަށް 27 މަހަށް ދައްކަންޖެހޭ 6.4 މިލިއަން ރުފިޔާއާއި އޭގައި ހިމެނޭ ޖީއެސްޓީގެ ގޮތުގައި 834،959 ރުފިޔާއާއެކު ޖުމްލަ 21.1 މިލިއަން ރުފިޔާއަކީ އެމްޕީއެލް އިން އެ ކުންފުންޏަށް ދައްކަންޖެހި ނުދައްކައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ އެމްޕީއެލް އަށް އަންގާ އަމުރުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރިޒާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު