Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބިއްޔާ ސްކޫލް އެޅުން

އަރަބިއްޔާ ސްކޫލު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

އަރަބިއްޔާގެ އައު އިމާރާތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 ޖޫން 2022 | ހުކުރު 03:35
ބައު ޖަމާލުއްދީން

ބައު ޖަމާލުއްދީން

ބައު ޖަމާލުއްދީން އިމާރާތް ހުރިތަނުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި ސްކޫލުގެ މަސައްކަތް ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހު ވަނީ ބައު ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައެވެ. އިމާރާތް ތަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލް ބައު ޖަމާލުއްދީން ހުރިތަނަށް ބަދަލު ކުރަނީ އެ ސްކޫލް ކުރިން ހިންގި އިމާރާތުގައި ކުދިންނަށް ކިޔަވައިދިނުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ. އެގޮތުން، ޗާންދަނީ މަގުގައި ހިންގި އެ އިމާރާތުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުމަކީ ރައްކާތެރިކަމަކަށް ނުވާތީ ވަގުތީ ގޮތުން އެ އިމާރާތް ވަނީ މިހާރު ބަންދުކޮށްފައެވެ.

އިމާރާތް ވަގުތީ ގޮތުން ބަންދު ކުރި ނަމަވެސް އަރަބިއްޔާ ސްކޫލުގެ ކިޔެވުން މެދުުނުކެނޑި އަދިވެސް ކުރިއަށް އެބަދެއެވެ. އެ ސްކޫލް ވަގުތީގޮތުން ހިންގަމުން އަންނަނީ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރީގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ.

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅުކުރަން ފެށީ އެ ސްކޫލްގެ ބެލެނިވެރިންނެވެ. އެއާއެކު ތަނުގެ އެސެސްމަންޓް ހަދައި އެތަން ހުސްކުރަން ސަރުކާރުން ވެސް ނިންމެވީއެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ބައު ޖަމާލުއްދީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ހަމަޖެއްސެވިއެވެ.

700 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ބައު ޖަމާލުއްދީންގައި ހުރި އިމާރާތްތައް ތަޅާލާނެ ބަޔަކު ހޯދަން އިއުލާންކޮށް އެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް މިދިޔަ މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 2.4 މިލިއަން ރުފިޔާއަށެވެ.

އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭ ފަށާނެ ކަމަށް މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތް ނިންމައި އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން އެ އިމާރާތަށް ބަދަލު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ތަޅާލާ ބައު ޖަމާލުއްދީނުގައި އެންމެ ފުރަތަމަ ހިންގަމުން އައީ ޖަމާލުއްދީން ސްކޫލެވެ. އެ އިމާރާތް ބާވުމުން އެ ސްކޫލުގެ އައު އިމާރާތައް ބަދަލު ކުރުމަށްފަހު ބައު ޖަމާލުއްދީންގައި ދެން ހިންގަމުން އައީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެކެވެ. އެއަށްފަހު އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައި އެތަން ބޭނުން ކުރަން ފެށިއެވެ.

އަރަބިއްޔާ ސްކޫލްބާޖަމާލުއްދީން

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
22 ނޮވެމްބަރު 2023

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

22 ނޮވެމްބަރު 2023
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި
20 ނޮވެމްބަރު 2023

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

20 ނޮވެމްބަރު 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި
08 އެޕްރީލު 2023

ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު

08 އެޕްރީލު 2023
ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު