Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ފުތްބޯޅަ މުބާރާތް

ބޮޑު ތަފާތަކުން އަރަބިއްޔާ ބަލިކޮށް ވިލާ ސްކޫލަށް ހަމަޖެހުމެއް

13 ޑިސެމްބަރު 2022 | އަންގާރަ 15:40

އަރަބިއްޔާ އާއި ވާދަކުރި މެޗު ވިލާއިން ކާމިޔާބުކުރީ 14-0ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 ޑިސެމްބަރު 2022 | އަންގާރަ 15:40
ވިލާ ސްކޫލާއި އަރަބިއްޔާ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ވިލާ ސްކޫލާއި އަރަބިއްޔާ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ބޮޑު ތަފާތަކުން އަރަބިއްޔާ ސްކޫލް ބަލިކޮށް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ހަވީރު އަރަބިއްޔާ އާއި ވާދަކުރި މެޗު ވިލާއިން ކާމިޔާބުކުރީ 14-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިލާއިން ނުވަ ލަނޑު ޖެހިއެވެ. މުބާރާތުގައި ވިލާ ސްކޫލް ކުޅުނު ފުރަތަމަ މެޗުގައި ކެޔޮދޫ ސްކޫލާއި ވާދަކޮށް ބަލިވީ 2-1ންނެވެ. އެހެންކަމުން މި މެޗުގައި ތަފާތު ބޮޑު ނަތީޖާއެއް ހޯދުމަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ވިލާ ސްކޫލަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި ކެޔޮދޫ ސްކޫލެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓު ހޯދައިގެން އޮތީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ދެވަނައިގައި އޮތް ވިލާ ސްކޫލާއި ތިން ވަނައިގައި އޮތް ކެޔޮދޫ ސްކޫލަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ހަތަރުވަނައިގައި ސީއެޗްއެސްއީ އޮތީ އެއް ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކުޅުނު ދެމެޗުންވެސް ބޮޑު ތަފާތަކުން ބަލިވި އަރަބިއްޔާ ސްކޫލެވެ.

ފަސް ޓިމު ވާދަކުރާ މި މުބާރާތް ކުރިއަށް ދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭއިރު ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ކުޅޭ ސެމީ ފައިނަލުންނެވެ. ހުރިހާ މެޗެއްވެސް ކުރިއަށްދަނީ އެފްއޭއެމްގެ އެއްނަންބަރު ޓާފުގައެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ ބުދަ ދުވަހުއެވެ. ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ އަރަބިއްޔާ ސްކޫލާއި ކެޔޮދޫ ސްކޫލެވެ. އަހްމަދިއްޔާ އާއި ސީއެޗްއެސްއީ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެރޭ ނުވައެއް ޖަހާއިރުއެވެ.

އަރަބިއްޔާ ސްކޫލްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް