Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް

ފުރަތަމަ މެޗުގައި 20 ލަނޑުޖަހައި، އަހުމަދިއްޔާގެ ފެށުން ރަނގަޅުކޮށްފި

މުބާރާތުގެ ދެވަނަ މެޗުގައި ވިލާ ސްކޫލްގެ މައްޗަށް ކެޔޮދޫ ސްކޫލް ކުރިހޯދީ 2-1ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 11:13
އަހުމަދިއްޔާއާއި އަރަބިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

އަހުމަދިއްޔާއާއި އަރަބިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 20 ލަނޑު ޖަހައިގެން މޮޅުވެ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތް ފެށީ ބުދަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުމަދިއްޔާއާއި އަރަބިއްޔާ ސްކޫލެވެ. މި މެޗު އަހުމަދިއްޔާއިން ކާމިޔާބުކުރީ 20-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަހުމަދިއްޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ހޫދު އަހްމަދު، އިބްރާހީމް ނަވާފް ސައީދު، މުހައްމަދު އައިހަމް، މައިޝަން މުހައްމަދު ރަޝީދު، މުހައްމަދު ލީވާން ހުސައިން، ރަޒާން އިބްރާހީމް އަފްރާހް އަދި މުހައްމަދު ވިއާމް ލަތީފްގެ އިތުރުން ޝައިބާން އަބްދުލް ހަސީބްއެވެ. މި މެޗުގައި އައިހަމް ވަނީ ހަތް ލަނޑު ޖަހާފައެވެ. ނަވާފް ހަތަރު ލަނޑު ޖެހިއިރު، މައިޝަން ތިން ލަނޑު، އަދި ހޫދު ދެލަނޑު ވަނީ ޖަހާފައެވެ. ބާކީ ކޮންމެ ކުޅުންތެރިއަކު ޖެހީ އެއް ލަނޑެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ކެޔޮދޫ ސްކޫލެވެ. މި މެޗު 2-1ން ކާމިޔާބުކުރީ ކެޔޮދޫ ސްކޫލެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައި ލީޑް ނެގީ ވިލާ ސްކޫލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫޝައު ބިން އަލީ ނަޝީދެވެ. ނަމަވެސް ދެވަނަ ހާފުގައި ކެޔޮދޫ ސްކޫލުން ދެލަނޑު ޖަހައި ނަތީޖާ އަނބުރާލީއެވެ. ކެެޔޮދޫ ސްކޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޒާން އާދަމް ރަޝީދެވެ. މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ އަހްމަދު މާހިލް އިބްރާހީމެވެ.

މި މުބާރާތް ކުރިއަށް ދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭއިރު ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ކުޅޭ ސެމީ ފައިނަލުންނެވެ. ހުރިހާ މެޗެއްވެސް ކުރިއަށްދަނީ އެފްއޭއެމްގެ އެއްނަންބަރު ޓާފުގައެވެ.

މުބާރާތުގައި ދެން މެޗެއް އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރު 16:00ގައި ބައްދަލުކުރާނީ ވިލާ ސްކޫލާއި އަރަބިއްޔާ ސްކޫލެވެ. ރޭގަނޑު 21:00ގައި އޮންނާނީ ކެޔޮދޫ ސްކޫލާއި ސީއެޗްއެސްއީ ބައްދަލުކުރާ މެޗެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއަރަބިއްޔާ ސްކޫލްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު