Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރުވަމަވަންތަ އަދި އަރަބިއްޔާ ސްކޫލުގެ މަސައްކަތް

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތަށް

ދަރުމަވަންތަ ސްކޫލަށް ވަރަށް އަވަހަށް ދަރިވަރުން ބަދަލުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2023 | ހުކުރު 13:14
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތް

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެންމެފަހުގެ މަސައްކަތްތައް ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް ދަރިވަރުންނަށް އެއިމާރާތަށް ވަދެވޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެންމެފަހުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް ސްކޫލެއްކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ އައު އިމާރާތަށް ދަރިވަރުން ބަދަލުކުރެވިގެންދާއިރު، ސްކޫލުގައި ދަރިވަރުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައި ހުންނާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލް ގެ މަސައްކަތަށް އަލިއަޅުއްވާލައްވާ މިއުވާން ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން އައު އިމާރާތަށް ބަދަލުކޮށް ނިމުނުހާ އަވަހަށް ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި ތައުލީމް ހާސިލް ކުރަމުންދާ އަރަބިއްޔާގެ ދަރިވަރުން ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތަށް ބަދަލުކުރާނެ ކަމަށެވެ. އަދި ދަރުމަވަންތަ ސްކޫލު ހިންގަމުންދާ އިމާރާތަކީ މިހާރު އަރަބިއްޔާ ސްކޫލު ހިންގަމުންދާ އިމާރާތަށް ވުރެ ރަނގަޅު ގާޖަގައިގެ ތަނަވަސް ބޮޑު ސްކޫލެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުން އަންނަނީ ވެލާނާގެއާ ޖެހިގެން ހުރި އިމާރާތުގައެވެ. އަދި އަރަބިއްޔާ ސްކޫލުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށްގެންދަނީ ހުޅުމާލެ ފެރީ ޓާމިނަލާ ޖެހިގެން ހުންނަ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގައެވެ.

މި ދެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްތައް ވެސް ކުރިއަށްދާއިރު، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތަކީ ވެސް ޖާގައިގެ ގޮތުން ތަނަވަސް ބޮޑު ސްކޫލަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ދަރުމަވަންތަ ސްކޫލްއަރަބިއްޔާ ސްކޫލްރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
05 މެއި 2024

މިފަހަރު ފޮތް ލިސްޓަށް ފޮތް ނަގަންވީ އެމް7 އިން، ފޮތްތައް ހުންނާނީ ފަހާފައި، ކޮލިޓީވެފައި ރީތިވާނެ

05 މެއި 2024
މިފަހަރު ފޮތް ލިސްޓަށް ފޮތް ނަގަންވީ އެމް7 އިން، ފޮތްތައް ހުންނާނީ ފަހާފައި، ކޮލިޓީވެފައި ރީތިވާނެ
28 ނޮވެމްބަރު 2023

މާލެ ޖަލުގެ ތެރެއިން ދަރުމަވަންތައިގެ ދަރިވަރުންނަށް ގޮވުން: މިނިސްޓަރު ވިދާޅުވަނީ އަވަހަށް ޖަލު ބަދަލުކުރެވޭނެ ކަމަށް

28 ނޮވެމްބަރު 2023
މާލެ ޖަލުގެ ތެރެއިން ދަރުމަވަންތައިގެ ދަރިވަރުންނަށް ގޮވުން: މިނިސްޓަރު ވިދާޅުވަނީ އަވަހަށް ޖަލު ބަދަލުކުރެވޭނެ ކަމަށް
22 ނޮވެމްބަރު 2023

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

22 ނޮވެމްބަރު 2023
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި
20 ނޮވެމްބަރު 2023

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

20 ނޮވެމްބަރު 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި
09 އޮކްޓޯބަރު 2023

ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

09 އޮކްޓޯބަރު 2023
ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން
16 ސެޕްޓެމްބަރު 2023

މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

16 ސެޕްޓެމްބަރު 2023
މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟
16 ސެޕްޓެމްބަރު 2023

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން

16 ސެޕްޓެމްބަރު 2023
އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން
13 ސެޕްޓެމްބަރު 2023

ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

13 ސެޕްޓެމްބަރު 2023
ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު