Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރަބިއްޔާ ސްކޫލުގެ މަސައްކަތް

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

އަރަބިއްޔާ ސްކޫލުގެ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2024 | އާދީއްތަ 08:27
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ތައުލީމީ ދާއިރާއަށް ހެޔޮ އެދިގެން އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ ނިޒާމެއްގެ ތެރެއިން ހަރުދަނާ ގޮތެއްގައި ހިނގާ ސްކޫލަކަށް އަރަބިއްޔާ ސްކޫލު ހެދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން ޕޮއިންޓް ހޯދުމަށް ނުވަތަ ސިޔާސީ މަންފާތަކެއް ހޯދުމަށް ބޭނުންކުރާ ޓޫލްއެއް ގޮތަށް އަރަބިއްޔާ ސްކޫލު ބޭނުންކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ކުރީ ސަރުކާރުގައި އަރަބިއްޔާ ސްކޫލު އެޅުމަށް މަސައްކަތް ކުރީ ބައު ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި ކަމަށާއި، ނަމަވެސް އެބިން އޮތީ މާލެސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އޭރު މޭޔަރކަށް ހުންނެވި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަމަށް ހުރަސްއެޅުއްވި ކަމަށް އިހުސާން ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުން ލަސްވެގެންދިޔައީ ރައްޔިތުންގެ ފައިސާއިން 80 ވަރަކަށް މިލިއަން ރުފިޔާ ސަލާމަތްކުރަން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ މިއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަރަބިއްޔާގެ އާ އިމާރާތް ހަދަން އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 29 ސެޕްޓެމްބަރު 2022 ގައެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 168.5 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް މިސަރުކާރުން ވަނީ އަރަބިއްޔާ އިމާރާތް އަޅާ ބިން ކުރީގެ ކުނިކޮށި ހުރި ބިމަށް ބަދަލުކޮށްފައެވެ. 24 ފެބްރުއަރީ 2024 ގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިނިސްޓަރު ޝަފީއު ވަނީ ފައްޓަވާދެއްވާފައެވެ. ދަރިވަރުންނާއި ޓީޗަރުން ހިމެނޭ ގޮތަށް ރަސްމިއްޔާތެއް ބޭއްވި ނަމަވެސް އެ ސްކޫލުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެއެވެ.

އެ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ޗާޓުގައި ހިމެނިގެން ކުރިއަށްދާ މަޝްރޫއެއްކަން ކަން ވެސް އޭރު އިއުލާން ކުރިއެވެ.

މިދިޔަ ސަރުކާރުގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި ނަމަވެސް އަގު ދަށްކުރަން އެއްބަސްނުވެވުމުން ސެޕްޓެމްބަރު މަސް ތެރޭ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. އަދި 17 ނޮވެންބަރު 2024 ގައި އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، އަށް ބުރީގެ އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފައެވެ. އާރްސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަރަބިއްޔާ ސްކޫލްއެމްޑީޕީމުހައްމަދު އިހްސާން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު