Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަރަބިއްޔާ ސްކޫލުގެ މައްސަލަ

ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު

ޔުނީފޯމް ކޯޑާ އެއްގޮތަށް ޔުނީފޯމް ބޭނުން ކުރުމަށް އިލްތިމާސްކުރުމަކީ ސުކޫލުން އަބަދު ވެސް ކުރަމުންދާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 04:24
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް

އެއްވެސް ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ސްކޫލްގެ އެއްވެސް މުވައްޒަފަކު ބުނެފައި ނުވާ ކަމަށާއި ފަތުރަމުން ދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އަރަބިއްޔާ ސްކޫލުން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލުން ބުނީ ޔުނިފޯމު އުސޫލާ އެއްގޮތަށް ބައެއް ދަރިވަރުން ޔުނީފޯމު ބޭނުން ނުކުރާތީ ދޭތެރެ ދޭތެރެއިން އެފަދަ ދަރިވަރުންނާއި ބެލެނިވެރިންނަށް އެކަން ހަނދާންކޮށްދީ، ޔުނީފޯމް ކޯޑާ އެއްގޮތަށް ޔުނީފޯމް ބޭނުން ކުރުމަށް އިލްތިމާސްކުރުމަކީ ސުކޫލުން އަބަދު ވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ޔުނީފޯމު ކޯޑާ އެއްގޮތަށް އަމަލުކުރުމަށް އެންގުނު އެއްވެސް ދަރިވަރަކަށް އެއްވެސް ގޮތަކުން ބިރު ދައްކާފައިނުވާނެ ކަމަށާއި، މިފަދަ އެއްވެސް ދަރިވަރަކު ސްކޫލަށް ނައިސް ނުހުންނަ ކަމުގެ ޔަގީންކަން އަރަބިއްޔާ ސްކޫލުން ދީފައިވެއެވެ.

Advertisement - newsAdvertisement

ނަމަވެސް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގައި ސްކޫލު ބަދުނާމުވާ ގޮތަށް ތަފާތު ވާހަކަތައް ހިއްސާކުރަމުންދާކަން ފާހަގަކޮށް އަރަބިއްޔާ ސްކޫލުން ބުނެފައިވަނީ މިހުރިހާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، ސްކޫލުގެ އެއްވެސް މުވައްޒަފަކު ދުވަހަކު ވެސް ދަރިވަރުންނަކީ ޓެރަރިސްޓުންނަށް ހަދާފައިނުވާނެ ކަމަށެވެ. އަދި އެފަދަ މާނައެއް ދޭހަވާ ފަދަ އިބާރާތެއް ވެސް ބޭނުންކޮށްފައިނުވާ ކަމަށް އަރަބިއްޔާ ސްކޫލުން ބުނެއެވެ.

އަރަބިއްޔާ ސްކޫލުން ބުނީ ސްކޫލާ ގުޅޭގޮތުން އެކިއެކި ގޮތްގޮތަށް ފަތުރަމުން ގެންދާ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ މަދު ފަރާތްތަކުގެ ބޭނުމަކީ ފިތުނަ ފަސާދައުފެއްދުއް ކަމަށެވެ. މިކަމުގެ ސަބަބުން ސްކޫލު ބަދުނާމުވަމުން ދިއުމަކީ ނުހަނު ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް އަރަބިއްޔާ ސްކޫލުން ބުނެއެވެ. މިކަމާ މެދު ގިނަ ބެލެނިވެރިންނާއި މުވައްޒަފުން ވެސް ކަންބޮޑުވާކަން ފާހަގަކޮށް އަރަބިއްޔާ ސްކޫލުން ބުނީ މިފަދަ ހަގީގަތެއް ނެތް ބިރުވެރި ވާހަކަތައް ފެތުރުމަކީ ނަފުސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލަށް އަންނާނޭ މުދައްރިސުން ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ސްކޫލު ބަދުނާމުވާ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ފޮޓޯތަކާއި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އަސްލެއްނެތް އަމަލުތައް ނުހިންގުމަށް އަރަބިއްޔާ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަރަބިއްޔާ ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

22 ނޮވެމްބަރު 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

20 ނޮވެމްބަރު 2023
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ގަދަ 10ގައި ވާދަ ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ގަދަ 10ގައި ވާދަ ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

06 އެޕްރީލު 2023

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު