Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ އާއި ޗައިނާގެ ގުޅުން

ސަލާމަތަށްވުރެ ޗައިނާއަށް މުހިންމީ ޒާތީ މަންފާ ބޮޑު، ދޭދޭ ގުޅުންތަ؟

ޗައިނާއާއި ރަޝިއާއިން "ހައްދެއް ނެތް މިންވަރުގެ" ބަދަހި ގުޅުމެއް ގާއިމުކޮށް އެކަން އިއުލާން ކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 ޖޫން 2022 | ބުރާސްފަތި 06:11
ޔޫންއެން ޖެެނެރަލް އެސެމްބްލީގެ ތެރެއިން

ޔޫންއެން ޖެެނެރަލް އެސެމްބްލީގެ ތެރެއިން

ހުޅަނގުގެ މީޑިއާގައި މި ދުވަސްވަރު އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކައަކީ ބައިނަލްއަގުވާމީ އިންޒާރުތަކާ އެކުގައިވެސް، އުތުރު ކޮރެއާއިން ރެކޯޑް އަދަދަކަށް ބެލިސްޓިކް މިސައިލް ޓެސްޓުތައް ލޯންޗު ކުރަމުންދާ ވާހަކައެވެ.

މި ހަފުތާ ތެރޭގައިވެސް އުތުރު ކޮރެއާއިން ރެކޯޑް އަދަދަކަށް މިސައިލް ޓެސްޓުކޮށް، ސަރަހައްދީ މަސްރަހު ނުތަނަވަސް ކުރުވާފައި ވާ އިރު، އެ ފަދަ ޓެސްޓުތައް ކުރިއަށް ގެންދިއުމަކީ އދއިން އެ ގައުމަށް މަނާ ކޮށްފައި އޮންނަ ކަމެކެވެ.

އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް މަޝްރޫއާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އދގައި އެންމެ ފަހުން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. އެއީ އުތުރު ކޮރެއާގެ ބައިނަލްއަގުވާމީ ދޯސްތުން ކަމުގައި ޗައިނާއާއި ރަޝިއާއަށް އދގައި ލިބިފައި އޮންނަ ވީޓޯ ބާރުގެ ސަބަބުންނެވެ.

ކަން މިހެން އޮތް އިރު، އެމެރިކާއިން، ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް، ޗައިނާއާއި ރަޝިއާއިން، "ހައްދެއް ނެތް" އިސްތިރާޖީ ގުޅުންތައް އިސް ކުރަނީތޯ، އދގައި ސުވާލު އުފައްދާފައެވެ.

އުތުރު ކޮރެއާގެ ދިފާއުގައި ޗައިނާއާއި ރަޝިއާއިން ވީޓޯ ކާޑުގެ ބާރުގެ ބޭނުން ކުރުމާ ގުޅިގެން، އެމެރިކާގެ ސީނިއާ ޑިޕްލޮމެޓް ޖެފްރީ ޑިލޮރެންޓިސް ވަނީ، އެ ޗައިނާއާއި ރަޝިއާއިން ކުޅުނު ވީޓޯ ކާޑަކީ "ބައިވެރިޔާ"ގެ ހައްގުގައި ކުރި ކަމަކަށް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފައެވެ.

ޗައިނާއާއި ރަޝިއާއިން "ހައްދެއް ނެތް މިންވަރުގެ" ބަދަހި ގުޅުމެއް ގާއިމުކޮށް އެކަން އިއުލާން ކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އުތުރު ކޮރެއާއަ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އދއިން ކުރި މަސައްކަތަށް ރަޝިއާއާއި ޗައިނާއިން ވީޓޯ ބާރުގައި ހުރަސް އަޅާ، އދގެ ސަލާމަތީ މަޖިލީސް ބައިބައިކޮށްފައި މި ވަނީ، 2006 ވަނަ އަހަރު އުތުރު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށެވެ.

އެމެރިކާގެ ވާހަކަތަކަށް، ޗައިނާ އަދި ރަޝިއާގެ އދއިން މިޝަންއިން އަދި އިޖާބައެއް ދީފައި ނުވެއެވެ.

ޑިލޮރެންޓިސް ވަނީ ކޮރެއާ ސަރަހައްދުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ނައްތާލުމަށްޓަކާ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި މަޝްވަރާތައް ފެށުމަށް އެމެރިކާއިން ތަކުރާރުކޮށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

ސިއްރާއި ފާޅުގައިވެސް މެސެޖުތައް ފޮނުވާފައި ވާނެ ކަމަށާ، ނަމަވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ ޑިޕްލޮމެޓް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝާންގް ޖުން ވަނީ، ސަރަހައްދީ މަސްރަހު ނުތަނަވަސް ވަމުން ދަނީ އެމެރިކާއިން ގެންގުޅޭ "ހަމައެއް ލަމައެއް ނެތް" ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ޝާންގް ވިދާޅުވީ އެމެރިކާއަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި ކަމަށާ، އެގޮތުން އުތުރު ކޮރެއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި، ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތައް ހުއްޓާލުން ހިމެނޭ ކަމަށް މަންދޫބު ވިދާޅުވިއެވެ. މުހިންމީ، ޝަރުތުތަކަކާ ނުލާ މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށް ކިޔަކިޔާ އޮތުން ނޫން ކަމަށާ، މުހިންމީ، އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުން ކަމަށްވެސް ޗައިނާގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާގެ ވާހަކަވެސް ހުރީ އެފަދަ ރޫހެއްގައެވެ. މިސައިލް ލޯންޗްތައް ދިފާއު ކުރަމުން އުތުރު ކޮރެއާއިން ބުނެފައި ވަނީ، އެއީ އެމެރިކާގެ ފަރާތުން ކުރިމަތިވާ "ސީދާ ނުރައްކާތަކުން" ސަލާމަތް ހޯދުމަށް އެ ގައުމުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް ޑިލޮރެންޓިސް ވަނީ، އުތުރު ކޮރެއާގެ މިސައިލް ލޯންޗްތަކާއި ނިއުކްލިއާ ޓެސްޓުތަކަކީ، ބަޔަކު ބިރު ދައްކައިގެން ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާ އާއި ޗައިނާގެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!"

"ސިޔާސީ ވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ޒާތީވުމެވެ!"

24 ޑިސެމްބަރު 2020
އަމިއްލަ އެދުމުން ފޯވެ، ސައީދުމެން ޗައިނާއަށް ވެސް ދިނީ ލަނޑު؟

އަމިއްލަ އެދުމުން ފޯވެ، ސައީދުމެން ޗައިނާއަށް ވެސް ދިނީ ލަނޑު؟

08 އޮކްޓޯބަރު 2020
ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރެއްކޮށް، ހުން އައިސް ކެއްސާ ނަމަ ސަމާލުވެލައްވާ!

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރެއްކޮށް، ހުން އައިސް ކެއްސާ ނަމަ ސަމާލުވެލައްވާ!

26 ޖެނުއަރީ 2020
މެހެމާންދާރީ އަދާކުރުމުގައި ޗައިނާއަށް ސައްތައިން ސައްތަ

މެހެމާންދާރީ އަދާކުރުމުގައި ޗައިނާއަށް ސައްތައިން ސައްތަ

02 ޑިސެމްބަރު 2019
ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

12 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު